އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 12 ސިކުންތު
ތިރީގައިވާ ސުވާލާއި ސުވާލުގެ ޖަވާބު ލިޔަންއިންދައި ގުޅި ކިޔުންތެރިއަކު އެވަޤުތު އަޅުގަނޑު ކުރަނީ ކޮން މަސައްކަތެއްތޯ ސުވާލުކުރުމުން އެސުވާލާއި ޖަވާބު އެކުވެރިއަކަށް ޙިއްޞާކޮށްލީމެވެ!
އަޅުގަނޑަކީ 32 އަހަރުގެ އަންހެނަކީމެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އަޅުގަނޑަށްއަދި ކައިވެނީގެ ނަސީބު ލިބިގެނެއް ނުވެއެވެ. އެކަމާއި އަޅުގަނޑުއިންތިހާއަށް ހިތާމަ ކުރަމެވެ. އަޅުގަނޑާއި ކައިވެނިކުރަން އެދުނީވެސް އަދިމިހާތަނަށް އެންމެ މީހެކެވެ. އެހެންނަމަވެސް އޭނައަކީ ދޮގުވެރިއެއް ކަމާއިޙީލަތްތެރިއެއްކަން އަޅުގަނޑަށް އެނގިގެން އެކަމާއި ބެހޭ ގޮތުންސުވާލުކުރުމުން އޭނަ އަޅުގަނޑާއި ކައިވެނިވެސް ނުކުރާނެ ކަމަށްބުނެދިޔައީއެވެ. އަޅުގަނޑު ޙަމްދު ކުރަމެވެ. ކަންތައް އޮތީ މިހެން ކަމަށްވީއިރުވެސް، އަޅުގަނޑު ދަންނަ ކޮންމެ މީހަކުވެސް އަޅުގަނޑާއި ދިމާލަށްބުނަނީ އަޅުގަނޑުގެ ޝަރުޠުތައް ގިނަކަމުން އަޅުގަނޑަށް ކަމުދާ މީހަކާއިދިމާނުވާތީ އަދިވެސް ހުންނަނީ ކަމަށެވެ. ނަމަވެސް އެއީ ޙަގީގަތެއް ނޫނެވެ. އަޅުގަނޑު ވީހާވެސް އަވަހަކަށް ކައިވެންޏެއް ކުރަން އެދެމެވެ. ނަމަވެސް މިޒަމާނުގައި މި އުޅޭކަހަލަ އަންހެނަކަށް އަޅުގަނޑުނުވާތީ މީހަކަށް އަޅުގަނޑުނުވެސް އެނގެނީއެވެ. އަޅުގަނޑުގެ ސުވާލަކީ، ކައިވެންޏަކަށް އެދިގެންކީރިތި ވަންތަ އޯގާވަންތަ ﷲ ގެ ޙަޟްރަތުގައި ދަންނަވާނެ ވަކި ދުޢާއެއްއޮވޭތޯއެވެ. ނޫނީ ކައިވެންޏަކަށް އެދިގެން ދީނީ ގޮތުން އަޅުގަނޑު ކުރަންޖެހޭނީ ކޮންކަހަލަ ކަންތައްތަކެއްތޯއެވެ. ވިދާޅުވެދެއްވުން އެދެމެވެ
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم, وبعد:
ޞާލިޙް ރަގަޅު ފިރިޔަކު ދެއްވާތޯ ގިނަގިނައިން ދުޢާ ކުރާށެވެ. ދިވެހި ބަހުން ދުޢާ ކުރި ނަމަވެސް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އެކުވެރިޔާ ބުންޏެވެ. މިކިޔައިދޭ ބައިވެސް އިތުރުކޮށްލާށެވެ! "އަޅުގަނޑުގެ އެކުވެރި އަންހެނަކަށް ކައިވެނިނުކުރެވި ޢުމުރުން 30 އަހަރު ފާއިތުވިއެވެ. އެކަމަށް އެކި ގޮތްގޮތުން މަސައްކަތްކުރެވުނެވެ. އެހެން އުޅެމުން އައިސް ރުޤްޔާކުރާ މީހެއްގެ ގާތަށް ދެވުނެވެ. އަދި އެއީ ދެވުނު އެފަދަ 3 ވަނަވެސް މީހާއެވެ.
އަޅުގަނޑުގެ އެކުވެރިޔާއަކީ މާލޭގަ ގެދޮރުހުރި ރަނގަޅު ވަޒީފާއެއްގައި އުޅޭ އަންހެނަކުކަން އެނގުމުން ރުޤްޔާކޮށްދޭ މީހށާ ބުނީ އެކަމަށް ރުޤްޔާ ކުރާނެ ކަމެއް ނެތްކަމަށާއި އޭނާ ކައިވެނިކޮށްފާނެ ކަމަށެވެ.
އޭނާގެ ބަސްމަގާއި ބަލާގޮތުން މަކަރުވެރިއަކު ކަމަށް ޝައްކުވިއެވެ. އެހެންވެ އެކުވެރިޔާ މީހާއާ ކައިވެނިކުރަން އެއްބަސްނުވުމުން ބުނީ "ދުވަހަކުވެސް ކަލެއަށް ކައިވެނި ނުކުރެވޭނެ" ކަމަށެވެ. "ތިއަހެން އިނދެ ޖެހޭނީ ޢުމުރު ހޮސްކޮށްލަން" ކަމަށެވެ.
އެހިސާބަށް ވާހަކަދިއަތަނާ ސަލާމްގޮވާފައި ގެއަށް ވަނީ އެކުވެރިޔާގެ ދެވަނަ ލޯބިވެރިޔާއެވެ. އޭނާއަކީ އަބަދުވެސް ހިނިތުންވެގެން ހުންނަ މީހެކެވެ. އެއިރުވެސް ހުރީ ހިނިތުންވެގެންނެވެ. އެކަމަކު ތަންކޮޅެއް ބޮޑަށް ހިނިތުންވާހެން ހީވެގެން ތިއައުޅެނީ ކޮންފަދަ ބޮޑު އުފަލެއް ލިބިގެންތޯ ސުވާލުކުރީމެވެ.
ޖަވާބުގައި ބުންޏެވެ. "ކުރިއާލައި މިހެނީ ފަހުން ހިނިތުންވެވޭނެ ކަމުގެ އުންމީދުގައެވެ. ބުނަން ހެއްޔެވެ؟ ކޯސް ނިންމާލައިފީމެވެ. ވަޒީފާވެސް ލިބިއްޖެއެވެ. މާދަމާ މިއޮތީ ވަޒީފާއަށް ނުކުންނަންވެފައެވެ. މުސާރަވެސް ފަޓުލޫނު ޖީބަށް އެޅޭނީ 500 ރުފިޔާއިން ދިނިއްޔާއެވެ. ދެން އެހެން ނޫނަސް މިޖަމާކުރުމުގެ ޒަމާންތާއެވެ.
މިހާރު މަދުވަޒީ ހަމައެކަނި ވާޞިފާއެވެ. ވާޞިފާ ރުހިއްޖެނަމަ އަވަހަށް ފޯމުލައި އެކަންވެސް ނިންމާލީމާ އެނިމުނީއެވެ. ކުޑަކޮށް އެއިރު ބްރޭކެއް ނަގައިލީ ރަނގަޅު ވަޒީފާއެއް ނެތި ވާޞީފާ މެންފަދަ ކުދިންނާ ގުޅެން ނުވާނެތީއެވެ. ދަތްތައް އެހައި ބޮޑަށް މިދައްކަނީ ވާޞިފާ ރުހޭނެ ކަމަށް އުންމީދުކުރެވޭ ވަރުންނެވެ."
އެހިސާބަށް ވާހަކަދާއިރަށް ރުޤްޔާކުރާ މީހާ ތެދުވެ ނުކުންނަން ހިނގައިގެންފިއެވެ. އަޅުގަނޑު ބުނީމެވެ. "އަންނަ ރުޅީގައި ކައިވެނި ނުކުރެވޭނެ ގޮތަށް ނުކުރައްޗެވެ! ކޮށްފިއްޔާ ބޮޑުދަތީގަލާނަމެވެ! އިން ޝާ ﷲ"
ކޮންމެއަކަސް ދުވަހަކުވެސް ކައިވެނި ނުކުރެވޭނެކަމަށް ބުނިތާ 2 ވަނަ ރޭ ކައިވެނިކޮށްފިއެވެ. އެކައިވެންޏަށް މިހާރު 4 ދަރިންވެސް ލިބިއްޖެއެވެ. ހަމަ އުފަލުގައި އެތިބަ އުޅެނީއެވެ.
މިއަދުނޫހަށް މިވާހަކަ ކިޔައިދިން އެކުވެރިޔާ މިފަދަ 3،4 ހާދިސާއެއް އޭނާއަށް އެނގިފައިވާ ކަމާއި ޙައްލަކީ ހަމަ ދުޢާކުރުން ކަމަށެވެ. ރުްްޔާ ކުރާނަމަ ކުރަންވީ އަމއްލައަށް ކަމަށާއި މީހަކު މެދުވެރިކޮށްފިނަމަ އަމިއްލަ ފައިދާ ނަގަން މަސައްކަތްކުރާނެ ކަމަށެވެ.
Advertisement
8 މާޗް 2023