އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އަންތބަކު ނެތްކަމަށް ބުނެ ހަޤީޤަތް އޮޅުވާލި ފިރިހެނެއްގެ އަނބިމީހާގެ ނޯކަރަކަށްވެގެން ފުރިހަމަ ބަދަލެއް ހިފި އަންހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: އަންތބަކު ނެތްކަމަށް ބުނެ ހަޤީޤަތް އޮޅުވާލި ފިރިހެނެއްގެ އަނބިމީހާގެ ނޯކަރަކަށްވެގެން ފުރިހަމަ ބަދަލެއް ހިފި އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 38 ސިކުންތު

އެއިރު އަޅުގަނޑުގެ ޢުމުރަކީ 26 އަހަރެވެ. ހުރީ ކައިވެންޏެއް ކުރަން ބޭނުންވެގެންނެވެ. އެހެން ހުއްޓައި ބައްދަލުވި ފިރިހެނަކު ދެއްކި ވާހަކަތަކަށް ހެއްލެވުނެވެ. އޭނާ އަޅުގަނޑު ދެކެ ލޯބިވާކަމަށް ޤަބޫލުކޮށްގެން 2 އަހަރު އެކުގައި އުޅުނީމެވެ. 

2 އަހަރުވީއިރުވެސް ކައިވެނި ނުކުރުމުން ސުވާލު އުފެދޭގޮތްވިއެވެ. ކައިވެނީގެ ވާހަކަދައްކާއިރަށް ދައްކަނީ ގޭގައި ތަނެއް ހަދާ ވާހަކައާއި ވިޔަފާރީގައި ހަމަޖެހިލައިގެން ކައިވެނިކުރާނެ ވާހަކައެވެ. އެހެންވެ ޝައްކުތަކެއް އުފެދުނެވެ. 

އޭނާ ގޭގައި ނުއުޅޭނެ ވަޤުތު ބަލައި އެގެއަށް ދިއައިމެވެ. ބައްދަލުވި އަންހެންމީހާ ގާތުގައި ފުރަތަމަވެސް އަހައިލެވުނީ ތިއައީ އޭނާގެ އަނބިމީހާތޯއެވެ؟ އެހެން އަހައިލެވުނީ ކުޑަ 2 ކުދިން ފެންނަން ތިބުމުންނެވެ. އޭނާ އާނއެކެވެ ބުނުމުން ބުނީމެވެ. "އަހަރެންނަކީ ވަރަށް ނިކަމެތި އަނހެނަކީމެވެ. މިއުޅެނީ ވަޒީފާއެއް ލިބޭތޯއެވެ. މިގެއަށް ގެންގުޅޭނެ އަންހެނަކު ބޭނުންވާނަމަ ވަޒީފާދީފާނަން ހެއްޔެވެ؟ އަޅުގަނޑުގެ ތަޢްލީމީ ފެންވަރުވެސް ކިޔައިދިނީމެވެ. ވަޒީފާއަކަށް ނުދެވިގެން މިއުޅެނީ އުޅޭނެ ތަނެއް ނެތުމުން ކަމަށް ބުނީމެވެ. 

އެއީ ވަރަށް ރަނގަޅު އަންހެނެކެވެ. ބުނީ އެގޭގައި ކުރިން ބޭރު އަންހެނަކު ގެންގުޅުނީ މަހަކު 300 ޑޮލަރަށް ކަމަށާއި ވިސާ ދައްކަން ނުޖެހިފައި އަޅުގަނޑަކީ ދިވެއްސަކަށްވުމުން 400 ޑޮލަރުގެ ރުފިޔާ ދޭނެ ކަމަށެވެ. 

ވަޒީފާ ޤަބޫލުކޮށް ހަމައެދުވަހު އެގެއަށް ބަދަލުވީމެވެ. ހަވީރު އޭނާ ގެއަށް އައިއިރު އަޅުގަނޑު ހުރީ ތަޅުމުގައި މޮޕްލާށެވެ. އޭނާގެ އަނބިމީހާވެސް ހުއްޓެވެ. އެހެންވެ އަނގައަކުން ނުބުނެއެވެ. ކޮޓަރިއަށް ދިއައީއެވެ. އޭނާ ދިއުމުން މެޑަމް ބުނީ ދެމަފިރިންނަށް ސައިހެދުމަށެވެ. އަވަސް އަވަހަށް ސައިހެދީމެވެ. 

ކޮންމެއަކަސް އެރޭ ކޮޓަރީގައި ނިދަން އޮއްވައި ޓަކި ޖެހުމުން ނުހުޅުވަމެވެ. އަޅުގަނޑު މެޑަމް ގާތުގައި ބުނެފައި އޮންނާނީ އަޅުގަނޑު ނިދަން އޮށޯންނަފަހުން ކަމަކު ބޭނުންވެއްޖެނަމަ ފޯނުކުރުމަށެވެ. ދޮރުގައި ޓަކިޖެހުމަކީ ވަރަށް ބިރުގަންނަ ކަމެއް ކަމަށެވެ. އެހެންވީމާ އެއީ މެޑަމް ނޫންކަން އެނގޭތީ ނުހުޅުވީއެވެ. 

އޭނާއަށް އަޅުގަނޑު އެކަނި ހުއްޓައި ވާހަކަދައްކަން ފުރުޞަތެއް ލިބުނީ އެގޭގައި އުޅޭތާ 2 މަސްވީފަހުންނެވެ. ފުރަތަމަވެސް އަޅުގަނޑު ކުށްވެރިކުރިއެވެ. އަޅުގަނޑު ޖަވާބެއް ނުދެމެވެ. މަޑުންހުރީއެވެ. އެހެން ހުއްޓައި މެޑަމް އައިސް ހީނލާފައި ކުރަނީ ކޮން ސައްލާއެއްތޯ ސުވާލުކުރުމުން އޭނާ ބިރުން ތުރުތުރު އަޅައިގެންފިއެވެ. 

މެޑަމްއަށް ހީވީ އެގޭގައި ނީކަރަކަށް ހުރެގެން ފިރިމީހާ އާއި އަޅުގަނޑު ގުޅުން ހިންގަނީ ކަމަށެވެ. އެހެންވެ ޝައްކުގެ ބަހެއް ބުނުމުން އެއްވެސް ފޮރުވުމެއް ނެތި ހުރިހާ ކަމެއް ކިޔައިދިނީމެވެ. އަޅުގަނޑުގެ މިޝަނަކީ އެއްވެސް ޙާލެއްގައި އޭނާއާއި ގުޅުން ނޫން ކަމަށާއި އޭނާ ކަންބޮޑުވުމުގައި ބަހައްޓައިގެން ޑިޕްރެޝަނަށް ދުއްވާލުން ކަމަށްވެސް ބުނީމެވެ. އަދި މިއީ ބަދަލު ހިފުމެއް ކަމަށްވެސް ބުނީމެވެ. 

މެޑަމަށް ލިބުނީ ބޮޑު ޙައިރާންކަމެކެވެ. ބުނީ ކާރާއި ފިހާރައިގެ ތަޅުދަނޑި ފަތި ބާއްވާފައި ވަގުތުން ގެއިން ނުކުތުމަށެވެ. އަޅުގަނޑާއި ދިމާއަށް ބުނީ ޒުވާންކަން ހުއްޓައި މިފަދަ ނުބައި ނުލަފާ ފިރިއެއްގެ ކިބައިން ސަލާމަތްވުމުގެ ފުރުޞަތު ލިބުނީ އަޅުގަނޑުގެ ސަބަބުން ކަމަށްވުމުން އަޅުގަނޑަކީ އުޚުތެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. އަދި ގޭގައި ނޯކިރީ ކުރުމުގެ ބަދަލުގައި ފިހާރައިގެ މެނޭޖަރެއްގެ ވަޒީފާ ދޭނެ ކަމަށެވެ. 

މެޑަމް ބުނި ގޮތަށް މެޑަމް ކަންތައް ކުރިއެވެ. ދެއަންހެނުން އުޅެމުން މިގެންދަނީ އުޚުތުންގެ ގޮތުގައެވެ. ދެއަންހެނުންވެސް ކައިވެނިކޮށް އުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ. 

ކޮންމެއަކަސް އޭނާ މީހުންގެ ގާތުގައި ކިޔަނީ އަޅުގަނޑު އޭނާގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެ އޭނާގެ ދިރިއުޅުން ހަލާކުކޮށްލީ ކަމަށެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި އަޅުގަނޑުކޮށްލަން ބޭނުންވަނީ ސުވާލެކެވެ. އެސުވާލަކީ އޭނާގެ ދިރިއުޅުން ހަލާކުކޮށްލީ އަޅުގަނޑުކަމަށްވާނެތޯއެވެ؟ އަޅުގަނޑު ވައުވައްދައިގެން އަޅުގަނޑަށް ދިރިއުޅުމެއް ލިބުނަ ނުދޭން މަސައްކަތްކުރީ އޭނާ ނޫންތޯއެވެ؟ މިކަމުގައި އަޅުގަނޑުގެ އޮތީ ކޮން ކުށެއްތޯއެވެ؟ 

އަޅުގަނޑު ދެކޭ ގޮތުގައި ނިކަމެތި އަނހެންކުދިންގެ ހިތް އަތުލައި އަނިޔާދޭ ފިރިހެނުންނަށް އުފަލުގައި ދިރިއުޅުމުގެ ފުރުޞަތު ދިނުމެއް ނެތެވެ.

އަޅުގަނޑުގެ ވާހަކަ ވިދާޅުވެފައި ކިޔުންތެރިން ޖަވާބު ދެއްވާނެ ކަމަށް އުންމީދުކުރަމެވެ. 

- އިރާޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް