އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަލްޙާފިޒާ ނަވާރު ފިރާގް އާއި އެކު ވަގުތުކޮޅެއް!

އަލްޙާފިޒާ ނަވާރު ފިރާގް އާއި އެކު ވަގުތުކޮޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 37 ސިކުންތު

ކީރިތި ގުރްއާން ހިތުދަސްކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައަކު އެމީހެއްގެ ދަރިއަކަށް ދެކޭނެ އެންމެ ބޮޑު ހުވަފެނެވެ. ދިވެހިރާއްޖޭގައިވެސް ހާފިޒުންގެ ޢަދަދު ގިނަވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އެގޮތުން މިއަދު އަޅުގަނޑު ލިޔެލާން މިއުޅެނީ ޅ.ނައިފަރު ވިންޓަރގްރީން އަލްހާފިޒާ ނަވާރު ފިރާގް އާއި ބެހޭގޮތުންނެވެ.

ޅ ނައިފަރު ވިންޓަރގްރީން އަލްޙާފިޒާ ނަވާރު ފިރާގް ނުވަތަ ޢާއްމު ނަމުން ނަމަ ނަވާރު އަކީ މަރިޔަމް ޝިޔާޒާ އާއި ފިރާގް މުހައްމަދުގެ 3 ދަރީންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. 1 އޯގަސްޓް 2007 އުފަންވި ނަވާރު މިހާރު ކިޔަވަމުން ދަނީ އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 9 ގައެވެ. ނަވާރު ބުނި ގޮތުގައި އެންމެ ފުރަތަމަ ވާން ބޭނުންވީ ގުރްއާން ޓީޗަރ އަކަށެވެ.

ނަވާރު އެންމެ ފުރަތަމަ ގުރްއާން ހިތުދަސްކުރުމަށް ޝައުގުވެރިވީ ނަވާރުގެ މަންމަގެ ސަބަބުންނެވެ. ގިނަ ވަގުތު ގޭގައި ހުންނަނީ މަންމަ ކަމަށާއި މަންމަ ކިޔެވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާތީ އަވަހަށް ކުރިއަށް ދިޔައީ ކަމަށް ނަވާރު ބުނެފައިވެއެވެ. ދެން ބައްޕަވެސް ގޭގައި ނުހުރެވުނު ކަމުގައިވިޔަސް ވަަރަށް ބޮޑަށް ހިތްވަރު ދެއްވާ ކަމަށާއި، ކާފައަށް ވެސް ވަރަށް އެހީތެރިވެދެއްވި ކަމަށެވެ. އެންމެ ކުޑައިރުވެސް މަންްމަ ވަރަށް ބޮޑަށް ބާރުއަޅާ ކަމަށާއި 3 އަހަރު ވީއިރު ޢަންމާ ފޮތް އެއްކޮށް ހިތުދަސް ކޮށްފައިވެއެވެ. އަދި ޔޫކޭޖީ ނިންމިއިރު 9 ފޮތް ދަސްކޮށް، އެއަށްފަހު ގުރްއާނާ ބެހޭ މަރްކަޒަށް 2019ވަނަ އަހަރު ކިޔައިދީ ނިންމާލިއެވެ. ސަނަދު ލިބުނީ 2020 ގައެވެ. އަދި އިޖާޒާ ނިމުނީ 2022 ގެ ސްޕްޓެމްބަރ މަހުގައެވެ. 

ނަވާރު އަންނަނީ ކޮންމެ އަހަރަކުވެސް ހަމަ އޮންނަ ކޮންމެ މުބާރާތެއްގައި ބައިވެރިވެ، އެކި ވަނަތައް ހޯދަމުންނެވެ. އެގޮތުން ނަވާރުގެ އުމުރުފުރާއިން 2 ވަނަ ނުވަތަ 3 ވަނަ ހޯދައެވެ. މީގެ އިތުރުން އެންމެ ފަހުން ބޭއްވި ގައުމީ ގުރްއާން ކިޔެވުމުގެ މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ލިބިފައިވެއެވެ.  

ނަވާރު ބުނި ގޮތުގައި މިފަހަރު ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުން ބޭއްވި، ކީރިތި ގުރްއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް، ކާމިޔާބު ކުރުމަށްޓަކައި ގޭގައި ކޮންމެ ދުވަހަކުވެސް 2 ފޮތް މުރާޖަޢާ ކުރާ ކަމަށާއި ގުރްއާން މުބާރާތް ގާތް ވުމުން މުބާރާތުގައި ކިޔަވަން ހަމަޖެހިފައިވާ މުގައްރަރު ފަރިތަކުރާ ކަމަށެވެ. އަދި ނަވާރް އަށް ގުރްއާން ކިޔަވަން އެންމެ ފަސޭހަ ގަޑިއަކީ ފަތިސް ގަޑި އާއި ދަންވަރުގެ ވަގުތު ކަމަށެވެ.އަދި ސްކޫލުން ތަޖްވީދު ބައިތައް ފަރިތަ ކޮށްދޭ ކަމަށެވެ. ނަތީޖާއަކަށްވީ މުބާރާތުގައި ވަނައެއް ލިބޭނެ ކަމަށް މިފަހަރު އުއްމީދު ނުކުރި ނަމަވެސް ﷲ ގެ ހެޔޮ ރަޙްމަތުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ލިބުމެވެ.   

އަލްހާފިޒާ ނަވާރު ފިރާގް ތަޢުލީމީ ހަޔާތް ދަނީ ވަރަށް ކާމިޔާބު ކަމާއި އެކީގައެވެ. އެގޮތުން މިހާރު އަދާކުރަމުން ދަނީ ޕްރިފެކްޓްގެ މަގާމެވެ. ކޮންމެ އަހަރަކުވެސް ގަދަ 10 އަކަށް އަރާކަމަށް ނަވާރު ބުނެފައިވެއެވެ. މީގެ އިތުރުން ކިޔެވުމުގައި ކިހާ ވަގުތެއް ހޭދަކުރެވޭތޯ އެހުމުން ނަވާރު ބުނެފައިވަނީ ސްކޫލް ނިންމާފައި އައިސް ފިލާވަޅު ހެދުން އެކަމަކު ދިރިއުޅޭނީ ހުޅުމާލޭގައި ކަމުން މާލެއަށް އެކި ކަންކަމުގައި ދާން ޖެހޭތީ ވަގުތު ނަގާ ކަމަށެވެ. ނަަމަވެސް ހިތްވަރު އެލުވާ ނުލާ ލިބޭ ކޮންމެ ހުސް ވަގުތެއްގައި އަދި ރޭގަނޑުވެސް ފިލާވަޅު ދަސްކުރަން އިންނަ ކަމަށެވެ.

އަބަދުވެސް ހިތްވަރާ އެކީގައި މަސައްކަތް ކުރާ ވަރަށް ގިނަ ކަންކަން ހާސިލް ކުރުމަށާއި، ދިރާސާ ކުރަން ބޭނުންވާ ނަވާރު އަމިއްލަ މުސްތަގްބަލާ ދޭތެރޭ ދެކެނީ ވަރަށް ފޮނި އުއްމީދުތަކެކެވެ. ނަވާރު ބުނި ގޮތުގައި މަދަރުސީ ދައުރު ނިންމުމަށްފަހު މިދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އިތުރު ރިވާޔަތްތަކުން އިޖާޒާ ނެގުމެވެ. އަދި މިހާތަނަށް އެންމެ ފަޚުރުވެރި ވަނީ އިޖާާޒާ ނެގުނީމަ ކަމަށްވެސް ބުނެފައިވެއެވެ. މިހާރު ފުރުސަތު ލިބިއްޖެނަމަ އެންމެ ބޭނުންވަނީ ބޭރަށް ކިޔަވަން ދާން ކަމަށެވެ. އެންމެ ބޭނުންވަނީ ޙަދީޘް ޢިލްމާ ތަފްސީރު ޢިލްމާ އުނގެނުމަށެވެ. މީގެ އިތުރުން އެސްޓްރޮނޮމީގެ ޢިލްމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށްވެސް ނަވާރު ބުނެފައިވެއެވެ.

ނިންމާލުމުގެ ކުރިން ގުރްއާން ޢިލްމުގައި ކުރިއަރައިދާން ބޭނުންވާ ކުދިންނަށް ނަވާރު ދީފައިވާ މެސެޖަކީ އެއްވެސް ކުއްޖަކު ހިތްވަރު އެލުވާ ނުލާ މަސައްކަތް ކުރާށެވެ. ހިތްވަރާ އެކީގައި މަަސައްކަތް ކޮށްފިއްޔާ އެކުރަން އުޅޭ ކަމެއްގެ އެންމެ މަތީ ދަރަޖަ ހާސިލް ވާނެ ކަމަށެވެ. އަދި ކޮންމެ ކަމެއްގައިވެސް ﷲ އަށް ވަކީލް ކުރުމަށެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


35%
ވ.ރަނގަޅު
6%
ރަނގަޅު
28%
އޯކޭ
28%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު