އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުރުކީގެ ރިޔާސީ އިންތިޚާބް ރައީސް އުރްދުޤާން ކާމިޔާބުކުރެއްވުން- މުޅި އިސްލާމީ އުންމަތަށް ލިބުނު ކާމިޔާބީއެއް!

ތުރުކީގެ ރިޔާސީ އިންތިޚާބް ރައީސް އުރްދުޤާން ކާމިޔާބުކުރެއްވުން- މުޅި އިސްލާމީ އުންމަތަށް ލިބުނު ކާމިޔާބީއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

އިދިކޮޅު ލީޑަރު ބުންޏެވެ. "އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުންވެސް ހުއްދަކުރާނަމެވެ. މުސްލިމުންނަށް ޙަރާމް ކުރެއްވެވިގެންވާ ހުރިހާ ކަންކަން ހުއްދަކުރާނަމެވެ. ހުޅަނގުގެ ފުރިހަމަ ޤައުމަކަސް ތުރުކީ ހަދައިލާނަމެވެ." 

އިންތިޚާބް ކާމިޔާބްކުރެއްވުމަސްފަހުގައިވެސް ރައީސް އުރްދުޤާން ފުރަތަމަވެސް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނިކުރުން ޙަރާމް ކަމަށެވެ. އަންހެނުންނަށް އަނިޔާވެރިވުން ދީނުގައި ޙަރާމް ކަމަށެވެ. 

ހުޅަނގާއި އެމެރިކާއިން އިދިކޮޅު ލީޑަރަށް އެންމެ ފުރިހަމައަށް ތާއީދުކުރިއެވެ. އިންތިޚާބް ކާމިޔާބްކޮށްދޭން ކުރެވެންހުރި ހުރިހާ ކަންކަން ކޮށްދިނެވެ. އެހެނަސް އެންމެފަހު ވަޤުތު ދުނިޔޭގެ ހުރިހާ ލީޑަރުންނަށް ޖެހުނީ ރައީސް އުރުދްޤާނަށް ތަހުނިޔާކިޔާށެވެ! މަރުޙަބާ އާއި ތަހުނިޔާގެ މެސެޖްތައް ފޮނުވާށެވެ. 

އަންގައިދިނީ ކޮންކަމެއް ހެއްޔެވެ؟ ހުޅަނގާއި އެމެރިކާ ބޭނުންވި ގޮތް ތުރުކީގެ ރައްޔިތުން ބޭނުން ނުވިކަމެވެ. އެކަމާއި އުފާކުރަންވީ ހަމައެކަނި ތުރުކީގެ ރައްޔިތުންނެއް ނޫނެވެ. މުޅި އިސްލާމީ އުންމަތެވެ. 

މުސްލިމުންނާއިމެދު ކޮންމެ ގޮތަކަށް ކަންކަން ކުރި ނަމަވެސް ހުޅަނގާއި އެމެރިކާ އާއި ދެކޮޅަށް ކަމެއްކުރަން ނުކެރޭތަނުގައި ބަހެއް ބުނެލަން ކެރޭ ލީޑަރަކު ނެތިފައިވާ މިދަނޑިވަޅުގައި ރައީސް އުރްދްޤާނަށް ލިބިވަދައިގެންނެވި ބޮޑު ކާމިޔާބީއަކީ މުސްލިމުންގެ ނިވެމުން ދިއަ ބައްތި އަލުން ދިއްލުން ފަދަ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. 

ރައީސް އުރްދްޤާންގެ ފުރަތަމަ ވާހަކަފުޅުގައިވެސް ވިދާޅުވީ އިންފްލޭޝަން މަތިވަމުން އަންނަ އައުމަސް ޙައްލެއް ހޯއްދަވާނެ ކަމަށެވެ. އަގުތައް ތިރިކުރައްވާނެ ކަމަށެވެ. ފަޤީރުންނަށް ލުއިފަސޭހަކަމާއިއެކު ދިރިއުޅެވޭނެ މަގެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި އައިއެމްއެފަށް ބޯލަނބައިގެން ތުރުކީ ނޯންނާނެ ކަމުގެ ބަސްފުޅެއްވެސް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ދާދިފަހުން ކުރިމަތިވި ބޮޑު ބިންހެލުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންގެ މައްސަލައާއި ހަލާކުވެގެންދިއަ އަވަށްތަކުގެ ކަންކަމަށް އިސްކަންދެއްވާނެކަމަށާއި އިންޞާފް ޤާއިމްކުރުމުގައި ފަހަތަށް ޖެހިވަޑައިނުގެން އެންމެން ގުޅިގެން ތުރުކީ އަލުން ބިނާކުރައްވަން މަސައްކަތްކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް