އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެފައި ބުރިކޮށްލަންޖެހިފައިވާ ޙަލީމާ، ތިއަބޭފުޅުންގެ ދީލަތި އެހީއަށް އެދި ކުރާ އާދޭސް-

ދެފައި ބުރިކޮށްލަންޖެހިފައިވާ ޙަލީމާ، ތިއަބޭފުޅުންގެ ދީލަތި އެހީއަށް އެދި ކުރާ އާދޭސް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

އަޅުގަނޑު، ޙަލީމާ ޙުސައިން، (ފިލްޓަރުގެ، ޅ. ހިންނަވަރު) ގެ ކިޑްނީ ފޭލްވެގެން ބަދަލުކުރަންޖެހުމުން މީގެ 2 އަހަރުވަރުކުރިން ހެޔޮއެދޭ ފަރާތްތަކުން އަޅުގަނޑަށް ފޯރުކޮށްދެއްވި ދީލަތި އެހީތެރިކަމަށްޓަކައި އަބަދުވެސް އެންމެބޭފުޅުންނަށް ޝުކުރުދަންނަވައި ހެޔޮދުޢާކުރާ ޙާލު އަނެއްކާވެސް މިވަނީ އަދި މާބޮޑުކަމެއްގައި ތިއަ އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި ޢާޑޭސްދަންނަވަން ޖެހިފައެވެ. 

އަޅުގަނޑަކީ ހަކުރުބައްޔަށްވެސް ބޭސްކުރަމުން އައި ބަލިމީހަކީމެވެ. ހުރިހާ ބަލިތަކެއް ގުޅި ލާމެހުމުން އަޅުގަނޑުގެ ދެފައިން ލޭ ދައުރެއް ނުކުރެއެވެ. ޑޮކްޓަރުން ބުނަނީ ޖެހޭނީ ދެފައިވެސް ބުރިކޮށްލަން ކަމަށާއި ވީހާއަވަހަކަށް ފަރުވާ ހޯދުމަށެވެ. 

އަޅުގަނޑަށް ވަނީ އާސަންދަ ލިބިފައެވެ. އާސަންދަ ލިބުނު ނަމަވެސް ހޮސްޕިޓަލުގެ ބިލްފިޔަވައި އެހެނިހެން ހުރިހާ ޚަރަދުތަކެއް ކުރަންޖެހެނީ އަތުންނެވެ. އަދި ދެފައި އެކުގައި ބުރިކޮށްލަން ޖެހުމުން ބޭސްފަރުވާއަށް ހޭދަކުރަންޖެހޭނެ މުއްދަތެއް ލަފާކުރަންވެސް ނުއެނގެއެވެ. 

ވީމާ ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް މިއެދެނީ އެހެން އެއްވެސް މަގެއް ފެންނަން ނެތުމުންނެވެ. ވީމާ އެހީތެރިވެދެއްވެން އޮތް މިންވަރަކުން އަޅުގަނޑަށް އެހީތެރިވެދެއްވުން އެދި އާދޭސް ދަންނަވަމެވެ. 

އަދި މިފުރުޞަތުގައި އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މާތް ﷲ ގެ ވާގިފުޅުން ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމާއިއެކު އަޅުގަނޑަށް ކިޑްނީ ބަދަލުކުރެވުނީ އަޅުގަނޑުގެ ފިރިމީހާ (އާދަމަ އިބްރާހީމްކޮއި) އޭނާގެ ކިޑްނީ އަޅުގަނޑަށް ހަދިޔާކުރީތީއެވެ. އަޅުގަނޑަށް ލައްވާފައި މިވަނީ ފިރިމީހާގެ އެއްކިޑްނީއެވެ. 

- ޙަލީމާ ޙުސައިން، (ފިލްޓަރުގެ، ޅ. ހިންނަވަރު)

އިތުރު މަޢުލޫމާތު: އާދަމް އިބްރާހީމްކޮއި (ފިރިމީހާ)

ފޯން: 7727867

އެހީތެރިވެދެއްވުމަށް:

7704278069101 އާދަމް އިބްރާހީމްކޮއި

7730000416214 ޑޮލަރު އެކައުންޓް ނަންބަރު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް