އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ގިނަ އަދަދެއްގެ ފައިސާގެ އިނާމްލިބިގެންދާ ރާއްޖޭގެ އެންމެ ބޮޑު ރޯދަސޭލް ރެޑްވޭވްއިން ފަށައިފި

އެންމެ ގިނަ އަދަދެއްގެ ފައިސާގެ އިނާމްލިބިގެންދާ ރާއްޖޭގެ އެންމެ ބޮޑު ރޯދަސޭލް ރެޑްވޭވްއިން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަރމާކެޓް ވިޔަފާރި ހިންގަމުންއަންނަ ރެޑްވޭވުން 2024 ވަނައަހަރު ފެށީ ރެޑްވޭވް ރޯދަ ސޭލް އާއި އެކުގައެވެ. 

ރެޑްވޭވް އިން ބުނެފައިވަނީ ރޯދަ ސޭލް ފެށީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރެޑްވޭވްގެ ކަސްޓަމަރުންނަށްވެސް، ސްކޫލު ޗުއްޓީގެ ދުވަސްވަރު، ރޯދައަށް ބޭނުންވާ މުދާ ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުންކަމަށާއި މި ޕްރޮމޯޝަންގައި އެކި އެކި އައިޓަމް ތަކުން 5% - 50% ދެމެދު ބޮޑެތި ޑިސްކައުންޓްތައް ލިބޭނެ ކަމަށެވެ. އައި މި އަހަރުގެ ރޯދަ ޕްރޮމޯޝަންގައި ރޯދައަށް ހާއްސަ މުޅިންއާ އައިޓަމްތަކެއް ތައާރަފްކުރެވި، ވަރަށް ހާއްސަ އަގުތަކެއްގައި ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ރެޑްވޭވްއިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

ރެޑްވޭވް އިން ބުނެފައިވާގޮތުގައި މި ޕްރޮމޯޝަންގައި އެންމެ ޚާއްޞަކަމަކީ ނަގުދު ފައިސާއިން ބޮޑެތި އިނާމުތަކެއް ލިބިގެންދިއުމެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000 (އެއްލައްކަ ރުފިޔާ) ރުފިޔާގެ ފައިސާގެ އިނާމު ލިބޭއިރު، ނަސީބުވެރި އިތުރު 10 ފަރާތަކަށް 10،000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. އަދި މީގެ އިތުރުންވެސް ރެޑްވޭވްއިން ވިއްކާ ބްރޭންޑްތަކުން ގުރުއަތުން ހޮވާލެވޭ 5 ފަރާތަކަށް އަގުހުރި އެތައް އިނާމުތަކެއް ލިބޭނެއެވެ.

މީގެއިތުރުން އަދި ސޯޝަލް މީޑިއާގައިވެސް ވަރަށް ހާއްސަ ޕްރޮމޯޝަންތަކެއް ހިންގިގެންދާނެ ކަމަށް ރެޑްވޭވް އިން ބުނެފައިވަނީ ބުނެފައެވެ. 

ރޯދައަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުންފރުނީޗަރާ ބަދިގެއަށް ބޭނުންވާ ސާމާނާއި ހިފާގެންގުޅޭ ސާމާނު ނަންހުސްކޮށް މިފަހަރުގެ ޕްރޮމޯޝަންގައި ލިބެންހުންނާނެއިރު ޕްރޮމޯޝަންގެ ތެރެއިން އިތުރު އައިޓަމްސްތަކުން ޑިސްކައުންޓާއި އޮފާރތައް އެޅުވިގެންދާނެއެވެ.

މި ޕްރޮމޯޝަން 2024 އޭޕްރިލް 15ގެ ނިޔަލައް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.   

ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ ރަނގަޅު، އަގުހެޔޮ މުދާ ވިއްކަމުންދާ ރެޑްވޭވްއިން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ރޯދަ ސޭލަކީ ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިފައިވާ ޕްރޮމޯޝަނެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު