އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގަދައަވީގަވެސް ރައީސްގެ ފަހަތްޕުޅުގަ ގޭގެއަށް ވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ ރައްޔިތުންގެ ޙާލު އެބަބައްލަވާ! މިއީ ކުރިން މިގޮތަށް ފެނުނު ކަމެއް ނޫން!: ރެޑްވޭވް ސަލީމް

ގަދައަވީގަވެސް ރައީސްގެ ފަހަތްޕުޅުގަ ގޭގެއަށް ވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ ރައްޔިތުންގެ ޙާލު އެބަބައްލަވާ! މިއީ ކުރިން މިގޮތަށް ފެނުނު ކަމެއް ނޫން!: ރެޑްވޭވް ސަލީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 56 ސިކުންތު

އޭގެ އިތުރަށް ޢިއްޒަތްތެރި ރައީސުލް ޖުމްޙޫރިއްޔޭގެ އަނބިކަނބަލުން މެޑަމް ސާޖިދާ އަޅުގަނޑުމެންނަށް ފެނިގެންދަނީ ހިތްވަރާއެކީގަ ހުރިހާ ދިމާއަކަށް އެކަމަނާ ވަޑައިގަންނަވާ ތަން. އަޅުގަނޑުމެން މީ ފާހަގަ ކުރަން ޖެހޭނެކަމެއް. މީގަ އަޅުގަނޑު ފާހަކުރަންޖެހޭ ސަބަބަކީ، ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް އެންމެ  ހޫނުގަދަ މޫސުމުގަ، ދުވާލާއި ރޭގަނޑު އެމަނިކުފާނު ކެނޑިޑޭޓުން ގޮވައިގެން ގޭގެއަށް އެ ވަޑައިގަންނަވަނީ، މީ ރާއްޖޭގެ ތާރީޚުގައިވެސް ހަމަގައިމުވެސް އަޅުގަނޑު ދެކެފައިވާ މަންޒަރެއް ނޫން. 

އެމަނިކުފާނުގެ އަނބިކަނބަލުން އެ ހުންނެވީ އެމަނިކުފާނު އެ ވަޑައިގަންނަވާ ކޮންމެ ތަނެއްގަ ވަރުބަލިވުމެއްނެތި މަސެއްކަތް ކުރައްވަން. އަޅުގަނޑުމެން އަޑުއަހާނެ ކޮންމެ ކާމިޔާބު ފިރިހެނަކާ އެކީގަ ކާމިޔާބު އަންހެނެއްވެސް ހުންނާނެކަން. އެހެންވީމާ މެޑަމް ސާޖިދާއަށްވެސް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. 

ދެން މި ފަހުދިހައިގަވީމަ އަޅުގަނޑުމެން އެހާ މައްޗަށް ދާން ތަންކޮޅެއް އުނދަގޫވެސް ވާނެ، ތަންކޮޅެއް ރޫހުހޭލަންވެސް އެބަޖެހޭ އަޅުގަނޑުމެން އަދި އިތުރަށް ކުޑަކުޑަ އެއްޗެއް ދަންނަވާލާނަން. ޙަޤީގަތުގައި އަޅުގަނޑުމެންގެ ޕީ.ޕީ.އެމްއާ ބެހޭގޮތުންވެސް ކުޑަކޮށް އަޅުގަނޑު މިއަދު ވާހަކައެއް ދައްކާލަންޖެހޭ އިނގޭތޯ. ޕީ.ޕީ.އެމް ގެ ލީޑަރަކީ އަޅުގަނޑު އިނގޭތޯ، މި އިންނެވީ ނައިބު. ޕީ.ޕީ.އެމް އުފެދުނު ގޮތާ ބެހޭގޮތުން އަޅުގަނޑު ޖެހޭ ކުޑަކުޑަކޮށް ވާހަކަ ދައްކާލަން.ޕީ.ޕީ.އެމް އުފެއްދުމާ ބެހޭގޮތުން އެންމެ ފުރަތަމަ ރައީސް މައުމޫންގެ އަރިހަށް ދިޔަ ދެމީހުންނަކީ އަޅުގަނޑާ މި އިންނެވީ އަޅުގަނޑުމެންގެ ސީނިއަރ މިނިސްޓަރު އަބްދުއްރަޙީމް. ރައީސް މައުމޫން އަރިހަށް ގޮސް އަޅުގަނޑުމެން ދެންނެވީން، ދެން ނެތޭ ޑީ.ޢަރު.ޕީ މިހާރު އެއޮތީ ގޮއްސައޭ. އަޅުގަނޑުމެން އެހެން ޕާޓީއެއް އުފައްދަން ޖެހިއްޖެއޭ. ރައީސް މައުމޫން އަޅުގަނޑުމެން ދެކެ ކޯފާވެ އެކަން ހުއްޓުވި. ތިކަމެއް ތިހެނެއް ނުވާނެއޭ. އަޅުގަނޑުމެން ދުލެއް ނުދެން. ދުލެއް ނުދީ އަޅުގަނޑުމެން ވާހަކަދެއްކީ، ވާހަކަދައްކާބަހައްޓާފަ އަޅުގަނޑުމެން ދެން އިހައް ނުކުމެގެންއައީ، އަބްދުއްރަޙީމް މަޑުމޮޅިވެގެން އައިސް ވިދާޅުވީ ސަލީމޭ، ސަލީމް ނުވާނެ ނޫންހޭ ރައީސް މައުމޫން އަރިހުގަ އެހާ ހަރުކަށިކޮށް ވާހަކަ ދައްކާކަށް. އަޅުގަނޑު ދެންނެވިން ހަރުކަށިކޮށް ވާހަކަ ދައްކާ ހިސާބަށް ޖެހީމަ ޖެހޭނީ ހަރުކަށިކޮށްވެސް ވާހަކަ ދައްކާށޭ.

ކޮންމެއަކަށް އެދުވަހަކު ނުވި. ދެވަނަ ފަހަރަށް އަޅުގަނޑުމެން އަނެއްކަ ދިޔައީ، ހުސެންމަނިކު ދޮނަމަނިކާ އެކީ އަޅުގަނޑު ދިޔައީ ރައީސް މައުމޫން އަރިހަށް ޕާޓީގެ މައްސަލައިގަ. ޕާޓީގެ ބަދަލަށް މަސައްކަތް ކުރީ. އެދުވަހުވެސް އެއްބަހެއް ނުވި. ތިންވަނަ ދުވަހެއްގަ ގޮސްގެން ރައީސް މައުމޫން އެއްބަސްވީ ޕީ.ޕީ.އެމް އުފައްދަން. މީ އަޅުގަނޑުމެން ކުރި މަސައްކަތް މި ޕާޓީ އުފައްދަން. ނަތީޖާއަކީ ދެން މަޝްވަރާ ކުރަން ފެއްޓެވީ ހުރިހާ އިސްކޮށް ދިޔަ މީހުންނާ ރައީސް މައުމޫން މަސެއްކަތްޕުޅު ކުރެއްވި. އެ މަސްވަރާގެ ތެރޭގައި އެއްދުވަހެއްގައި މައުމޫނ ވިދާޅުވި ތިމަންނަ ވަރަށް ލޯބިވާ ޕާޓީއެކޭ ޑީ.އާރް.ޕީ އަކީ، އެހެންމަ ޑީ.އާރް.ޕީ ދޫކޮށްލާފަ ތިމަންނައަށް އެހެން ޕާޓީއެއް އުފެއްދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ވަރަށް އުނދަގޫ ކަމެކެވެ. އަޅުގަނޑު ދެންނެވިން ރައީސް މައުމޫންއޭ، އެދުވަހު އަޅުގަނޑަށް ލިބުނު ފުރުޞަތުގައި އަޅުގަނޑު ދެންނެވިން ތިކަހަލަ ހާލަތްތައް އެބަހުއްޓޭ ދިމާވެފަ. 

ރައީސް ވިސްނާވަޑައިގަންނަވާށޭ ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމަ މައްކާ ދޫކުރައްވާ މަދީނާއަށް ޙިޖުރަ ކުރެއްވީ އެއްގޮތަކަށްވެސް މައްކާދެކެލޯބިނުވާތީކީއެއް ނޫނެއެވެ. އެކަލޭގެފާނު މައްކާގެ ރަށްބޭރަށް އަރާ ވަޑައިގެން  އެކަލޭގެފަނު މައްކާއަށް ނިސްބަތްކޮށް ވިދާޅުވިއޭ " އޭ ލޯބިވާ މައްކާއޭ، ތިމަންނަ، ތިމަންކަލޭފާނު މި ނުކުމެގެންދަނީ އެއްގޮތަކަށްވެސް މައްކާދެކެ ލޯބިނުވާތީއެއް ނޫނެވެ. ތިމަންކަލޭގެފާނު އެންމެ ލޯބިވާތަނޭ މައްކާއަކީ. އެހެންނަމަވެސް މިރަށުގެ މީހުން ތިމަންކަލޭގެފާނު ބޭރުކޮށްލީމަ ތިމަބްކަލޭފާނު މި ވަޑައިގަންނަވަނީއެވެ." 

އެހެންވީމާ މިކަހަލަ ހާލަތްތައް އެބައާދޭ، މީ ތާރީޚުގަ ކަން ހިނގާފަ ހުރިގޮތޭ. އެއްގޮތް ނެތީމާ އެގޮތް ދޫކޮށްލާފަ ދިޔުން އެއީ އަޅުގަނޑުމެންނަށް ކުރަން މަޖުބޫރު ކަމެކެވެ. އެހިސާބުން ޕާޓީ އުފެދުނީ. އެންމެ ފުރަތަމަ ދަތުރަކަށް ކުރި ދަތުރަކީ އޭދަފުށި ދަތުރު. އެދަތުރުގައި އަބްދުއްރަޙީމް އަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ބުރަ މަސައްކަތުން އޭދަފުށިން އަޅުގަނޑުމެންނަށް ފުރުނީ އެންމެ 120 ފޯމް. އެންމެ 120 ފޯމް ފުރުނީ. އޭރު ތަސްނީމްގެ ނުފޫޒު ވަރަށް ގަދަ އޭދަފުށީގަ އެ ދާއިރާގަ. ނަތީޖާއަކީ އަޅުގަނޑުމެންނަށް ފޯމް ފުރަން އުނދަގޫވި. އެންމެ ފުރަތަމަ ޕީ.ޕީ.އެމް އުފައްދަން ދަތުރެއް ކުރެވުނު ތަނަކީ އޭދަފުށި. އެހެންވީމަ އޭދަފުށި މުހިއްމުވަނީ. މިތިބީ ހެކިން، މިއަކީ އިތުރަކަށް ހަދާނެ ދޮގެއް އެއްޗެއް ނުބުނެވޭނެ. އެ ހެއްކާ އެކީގަ މިދަންނަވަނީ. މީ އަޅުގަނޑުމެން ކުރި މަސެއްކަތް އިނގޭތޯ. ދެން މިއަދު އަޅުގަނޑުމެން އަދި ކޮންމެ ވާހަކައެއް ދެކެވުނު ކަމުގައި ވިޔަސް، ކަންހިނގިގޮތުގެ ނަތީޖާއަކީ މީ. ދެވަނަ ދަތުރަކަށް އަޅުގަނޑުމެން ކުރީ ރ އަތޮޅަށް ކުރި ދަތުރު. އެދަތުރުގައި އަޅުގަނޑުމެންނަށް ކޮންމެސްވަރަކަށް އެކަށީގެންވާ ވަރަށް ފޯމްކޮޅެއް ފުރުނު. މީ މިޕާޓީ އުފެދިގެން ދިޔަގޮތް. އެހެންމަ އަޅުގަނޑުމެން މިވާހަކަ އިތުރަށް ދިގުކޮށް ދައްކާކާށް ނެތިން. މިވާހަކަ އަޅުގަނޑުމެން އިތުރަށް ދެއްކިދާނެ. 

އޭގެ އިތުރަށް ދެން އަޅުގަނދު ދަންނަވާލަން އޮތީ، ނިކަން ވިސްނާ ބައްލަވާ މިދިޔަ 5 އަހަރުގެތެރޭގައި ދިވެހި ދައުލަތުގެ ބަޖެޓުން މަޝްރޫއުތައް ހިންގުމަށްޓަކައި، އަދި އެހެނިހެން ކަންތައްތައް ކުރުމަށްޓަކާ ދުއިސައްތަ ބިލިއަން ރުފިޔާ ގާތްގަނޑަކަށް އެބަހުރި ޚަރަދުކޮށްފަ. ދުއިސައްތަ ބިލިއަން( ދުއިސައްތަ ހާސް މިލިއަން ) މިޔަކީ 10 ވަރަކަށް ބޯޅަދަނޑު ގެ މައްޗަށް ފައިސާ އެޅިޔަސް އެ ފުރާ ނުލެވޭވަރުގެ ބޮޑު އަދަދެއްގެ ވާހަކަ މިދަންނަވަނީ. ރާއްޖޭގެ ކޮން ސަރަޙައްދެއްގަ ކޮން ތަނެއްގަތޯ އޮތީ އެކަށީގެންވާ ބޮޑު މަޝްރޫއެއް ހިންގާފަ. މަޝްރޫއެއް ހިންގާފަ އޮތިއްޔާ އޮތީ އެ މަޝްރޫއެއް ހުއްޓާލާފާ. ތަރައްޤީއާ ހިސާބަށް ހުރީ ހުރިހާ ދުވަސްވަރެއްގައިވެސް ޕީ.ޕީ.އެމް ސަރުކާރެއް އޮތް ދުވަސްވަރުގަ. ރައީސް މައުމޫންގެ ސަރުކާރާ، ރައީސް ވަޙީދުގެ ސަރުކާރާ، ރައީސް ނަޝީދުގެ ސަރުކާރުގެ މި 30 އަހަރުގެ 40 އަހަރުގެ ބަޖެޓް އެއްކޮށްލީމަވެސް ދުއިސައްތަ ބިލިއަނަކަށް ބަޖެޓެއް ނާރާ. އެވަރުގެ ބޮޑު ހޭދައެއް ކޮށްގެން ތިބޭފުޅުން ދައްކާބަލަ މިއޮއް މާލޭ ސަރަޙައްދުގަ ކޮންކަމެއްތޯ ކޮށްފައޮތީ. އެއްވެސް ކަމެއް އެބަހުރިތޯ ފެންނަން. އިންޑިއާ މީހުންގެ ހަވާލުގަ ހައެއްކަ ބިލްޑިންގް ހުޅުމާލޭގަ ހަދަންފަށާފަ ހުރި. އެވެސް ނިމުނިއްޔަކީއެއްނޫން. 

ދެން ދެއްކީ ރައްޔިތުންނަށް ޚިޔާނާތްތެރި ނުވާވާހަކަ. ކޮބާތޯ ރައްޔިތުންނަށް ޚިޔާނާތްތެރި ނުވެ. ކުރީގާ ޕީ.ޕީ.އެމް ގެ ސަރުކާރުން ހެދި ފްލެޓްތައް ތިމަންމެން ކުރިއަށް ގެންދިޔާމޭ، ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވި. އެކަމު ކިހިނެއްތޯ ހެއްދެވީ، މަނިކުފާނަކީ އެ މަސެއްކަތް ކުރެއްވި ބޭފުޅާ. އެ މަސެއްކަތް އެހުރިގޮތަށް ހުއްޓަ އެތާ ތަށިމުށީކޮޅެއްވެސް ނުޖަހަ، ކުލަކޮޅެއްވެސް ނުލާ، ލައިޓެއްވެސް ހަރުނުކޮށް ރައްޔިތުންނާ ހަވާލުކޮށްލީ. މިހިރީ ރައްޔިތުންނަށް ވީ ހަރާންކޯރު. މިއަދު މާލޭ މީހުންނޭ ކިޔައިގެން ތިމަންނަ ގޯތިދިނޭ ކިޔައިގެން އެހެން ބަޔަކު ހިއްކާފަ އޮތް ބިމަކުން، މަގުތަކާ އެއްކޮށް ގޯތިދީ މި ނިންމާލީ ތިމާމީހުންގެ މީހުންނަށް ނިސްބަތްކޮށް. އެކަމު ހުޅުމާލެއިން ގުރުއަތުލީ ވަކި ދުވަހެއްގަ، ވަކި ބަޔަކު ލިސްޓށް ލައިގެން. ހަމަ ސީދާ މަކަރާއި ހީލަތުން ކުރިކަމެއް. ދެން އަޅުގަނޑުމެން ކުރިމަތީގާ އިބްރާޙިމް މުޙައްމަދު ޞާލިހު އައިސް މާ މާތްވެގެން މިއަދު ނުކުމެގެން ދައްކާ ވާހަކަތައް މިއަކީ، ކޮން ވާހައެއް ދައްކާކަށް. އެންމެ މިހާތަށްނަށް، މި ދިވެހިޤައުމަށް އެންމެ ހަރާންކޯރުވި އެންމެ ބޮޑު ޣައްދާރަކީ ކުރީގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު. 

އެހެންމަ ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން، ޕީ.ޕީ.އެމް، ޕީ.އެން.ސީ ގެ މެންބަރުން ހޮވުމަށް. އެހެން މިދަންނަވާ ސަބަބަކި ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާވެ މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، 4 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ސަރުކާރު ހިންގުމަށްޓަކައި މަޖިލީހުންކުރި ޖެއްސުން. ފުރަތަމަ ދުވަހުން ފެށިގެންވެސް މަސެއްކަތްކުރީ ސަރުކާރު ވައްޓާލަން. އެހެން ނަމަވެސް އެތަނުތެރޭގަ ތިބި އެކަން ބޭނުންނުވާ މަދު މެންބަރުން ކޮޅެއްގެ ހިތްވަރާއެކީގައި، އަޅުގަނޑުމެންނާ ގުޅުމާއެކީގައި އެކަން އެމީހުންނަށް ނުކުރެވުނީ. ނަތީޖާއަކަށްވީ  އެކަން ހުއްޓާލަން ޖެހުނީ. އިރާދަކުރެއްވިއްޔާ މާތް ﷲ ގެ ރަޙްމަތްފުޅާ އެކީގައި ކުރިއަށް އޮތް ތަނުގައިވެސް އެކަމެއް ނުކުރެވޭނެ. އެކަންކުރާކަށް އަޅުގަނޑުމެން ފުރުޞަތެއް ނުދޭނަން. އިރާދުކުރެއްވިއްޔާ މާތް ﷲ ގެ ރަޙްމަތް ފުޅާއެކީގަ މި 5 އަހަރު ނަގާނީ އިރާދުކުރެއްވިއްޔާ ރައީސުލް ޖުމްޙޫރިއްޔާ ޑރ.މުޢިއްޒު. ދެން އޮތް 5 އަހަރަށްވެސް ރައްޔިތުންނަށް އެކަށިގެންވާ މަސެއްކަތްތަކެއް އެމަނިކުފާނު ކޮށްދެއްވީމަ، އެ ހޮވާނެކަމަކީ ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑުމެންނަށް އަދި މިހާތަނަށް ފެނުނު ކަންތައްތަކުން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ އެމަނިކުފާނު ރައްޔިތުންނާ ދޭތެރޭގައި އިޚްލާސްތެރިކަން ބަހައްޓާ މިންވަރު. އެހެންމަ އެގޮތައް އެމަނިކުފާނު މި 5 އަހަރުގެ ދައުރެއް ރަނގަޅަށް ފުރިހަމަ ކުރައްވައިފި ކަމަށްވަންޏާ އަޅުގަނޑުމެން ރައްޔިތުން ހަމަ ފަސޭހަކަމާ އެކީގައި 2028 ގައި ހޮވާނެކަމަކީ ޝައްކެއް އޮތް ކަމެއް ނޫން. 

އަޅުގަނޑުގެ ވާހަކަ މިޙާހިސާބުން ނިންމާލާނި، ފަހުދިހައިގެ ރެއަކަށްވާތީ ތަންކޮޅެއް ދަންވެސް ވެއްޖެ ކަންނޭންގެ. އެހެންމަ އަޅުގަނޑުއަދިވެސް މަނިކުފާނު ތި ކުރައްވާ ހިތްވަރަށް، މަނިކުފާނު ތި ކެނޑިޑޭޓުން ގޮވައިގެން ގޭގެއަށް ތި ވަޑައިގަންނަވާ ބުރަ މަސައްކަތްޕުޅަށް އަޅުގަނޑު އަދިވެސް އެއްފަހަރު މަނިކުފާނާއި މެޑަމް ސާޖިދާ އަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން.

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު. 

- އަހްމަދު ސަލީމްގެ ވާހަކަފުޅުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް