އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު
ރެޑްސީ ނުވަތަ ރަތްކަނޑުން ދަތުރުކުރާ ބޯޓުފަހަރުގެ ތެރެއިން އިޒްރޭލަށް ނުވަތަ އިޒްރޭލަށް ވާގިވެރިވާ ޤައުމުތަކުގެ މުދައު އުފުލާ ބޯޓުތަކަށް ހޫޘީ ހަނގުރާމަވެރިން ހަމލާދޭން ފެށުމާއި ގުޅިގެން އުފެދިފައިވާ ހަމަނުޖހުންތަކާއި ގުޅިގެން ޔޫރަޕުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު އުފުލިގެންދާނެއެވެ.
ޙަމަލާއެއް އަރައިފާނެ ކަމުގެ ބިރަށް ބޯޓުފަހަރުގެ ދަތުރުތައް މިހާރުވަނީ ރެޑްސީ ހުރަސްކުރުމުގެ ބަދަލުގައި އެފްރިކާގެ ކޭޕްޓައުން ހުރަސްކޮށް ކުރަން ފަށައިފައެވެ. އެބަދަލުގެ ސަބަބުން ދަތުރަށް 10 ދުވަސް އިތުރުވެގެންދާނެއެވެ. ނަތީޖާއަކަށްވާނީ މުދައު އުފުލުމުގެ އަގު ނުވަތަ ފްރެއިޓްބޮޑުވުމެވެ. ފްރެއިޓް ބޮޑުވުމަކީ މުދައު ވިއްކާ އަގު އުފިލގެންދާނެ ސަބަބެކެވެ.
ރާއްޖޭގެ ބާޒާރަށް ބަލައިފިނަމަ ކޯސްޓްކިރާއި އޯލްޑަންބާގާ ކިރަކީ ޖަރުމަންވިލާތުގެ އުފެއްދުންތަކެވެ. އިޔުރޯ ސްޓޯރަށް ގެންނަ ގިނަ ބާވަތްތައްވެސް ގެންނަނީ ޔޫރަޕުންނެވެ. އަދި މިނޫންވެސް ގިނަ ކުންފުނިތަކަކުން ޔޫރަޕުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރެއެވެ.
މައްސަލަ ގޯހުން ގޯހަށް ބަދަލުވެ ބޮޑު އިޤްޠިޞޯދީ ކާރިސާއެއްގެ ތެރެއަށް ވެއްޓިގެން މިދަނީ އިޒްރޭލުން ފަލަސްޠީނަށް ދެމުން ގެންދާ ޙަމަލާތައް ހުއްޓުވަން މަސައްކަތްކުރުމުގެ ބަދަލުގައި އެމެރިކާއާއި އިނގިރޭސިވިލާތުން އިޒްރޭލަށް ހިތްވަރުދީގެން ހަނގުރާމަ އިތުރަށް ކުރިއަށް ގެންދަން މަސައްކަތްކުރާތީއެވެ.
އެމެރިކާއިން މަސައްކަތްކުރަމުން ގެންދަނީ ދުނިޔޭގެ އިޤްޠިޞޯދު އިނދަޖައްސުވާލާފައިވެސް އެމެރިކާގެ ހަތިޔާރު ޢަރަބި ޤައުމުތަކަށް ވިއްކޭތޯކަން ފާހަގަކުރެވެއެވެ. އިޒްރޭލަށް އެންމެ ޒަމާނީ ހަތިޔާރު ދީގެން ކުރުވާ ހަނގުރާމައިގެ ބޭނުމަކީ އެމެރިކާގެ ހަތިޔާރު އިޝްތިހާރުކޮށް މާކެޓް ކުރުމެވެ.
Advertisement
13 ޖެނުއަރީ 2024