އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޭސްބުކާއި އިންސްޓަގްރާމް ޑައުންވެއްޖެ

ފޭސްބުކާއި އިންސްޓަގްރާމް ޑައުންވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ދުނިޔޭގެ އެންމެ މަގުބޫލު ދެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކާއި އިންސްޓަގްރާމް މިރޭ  ޑައުންވެއްޖެއެވެ. އެ ދެޕްލެޓްފޯމްގެ އިތުރުން ތްރެޑްސް އަށްވެސް މައްސަލަ ދިމާވުމުގެ ސަބަބުން އެތައް މިލިއަން ބަޔަކަށްވަނީ އެ ހިދުމަތް ތައް ބޭނުން ނުކުރެވޭ ގޮތް ވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ޕްލެޓްފޯމްތަކުން މައްސަލަތައް ފާހަގަވާން ފެށީ ޖީއެމްޓީ 15:00 (ރާއްޖެ ގަޑިން 20:00)ހާއިރުއެވެ.

މިރޭ 8:00 ގެފަހުން ފޭސްބުކަށް ނުވަދެވިގެން ދިވެހިންގެ ގިނަބަޔަކުވެސް، އެވާހަކަ އެކަކު އަނެއްކަކަށް ހިއްސާކޮށްފައިވާއިރު،  ފޭސްބުކަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން، އެކައުންޓުތަކުން ދަނީ އޮޓޮމެޓިކްކޮށް ލޮގްއައުޓް ވަމުންނެވެ. އަދި އެކައުންޓަށް އަލުން ވަންނަން މަސައްކަތް ކުރި ނަމަވެސް އެކައުންޓަށް ނުވަދެވެއެވެ. ޕާސްވޯޑާއި ޔޫޒަރނޭމް ނުބައި ކަމަށްވެސް ބައެއް ފަހަރަށް ދައްކައެވެ.

އިންސްޓަގްރާމުން އެކައުންޓަށް ވަދެވުނު ނަމަވެސް، ގިނަ މީހުންނަށް ފީޑް ރިފްރެޝް ނުކުރެވެއެވެ. އަދި ބައެއް އެކައުންޓުތަކުން ސްޓޯރީސް އާއި ކޮމެންޓްސް ލޯޑުނުވެއެވެ.

މެޓާގެ އެންމެ ފަހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތްރެޑްސްއަށް ވަނުމުން އަރަނީ މައްސަލައެއް އުޅޭ ކަމަށް ބުނާ މެސެޖެކެވެ.

މެޓާގެ މި ތިން ޕްލެޓްފޯމަށް ދިމާވި މައްސަލަ މިހަރުވަނީ ހައްލުކޮށްފައެވެ. މައްސަލަ ހައްލުނުވެ ހޭދަވީ ގާތްގަޑަކަށް ގަޑިއެއްހާ އިރުކަމަށް ލަފާކުރެވެއެވެ.

ސައިބާ ސެކިއުރިޓީގެ ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މިއީ ޕްލެޓްފޯމްތަކުގެ ސާވާތައް ބަގް ޓްރެފިކުން ބޮޑުކުރުމުގެ މަގްސަދުގައި ޑިސްޓްރިބިއުޓެޑް ޑިނައިލް އޮފް ސާވިސް (ޑީޑީއޯއެސް) ހަމަލާއެއްގެ ނަތީޖާއަކަށް ވެދާނެއެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ފޭސްބުކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެ އެޕްތަކަށް މައްސަލަތައް ދިމާވި ނަމަވެސް، މެޓާގެ ދަށުން ހިންގާ ވަޓްސްއެޕް ބަރާބަރަށް ބޭނުންކުރެވެއެވެ.

ފޭސްބުކަށް އެންމެ ފަހުން މިފަދަ މައްސަލައެއް ދިމާވީ 2021 ވަނަ އަހަރު ކަމަށާއި އިންޖިނިއަރުންނަށް ހިދުމަތް އަލުން ދޭން ފެށުނި ކެނޑުނުތާ ހަ ގަޑިއިރަށް ވުރެ ގިނަ އިރު ވީފަހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ