އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަގީގަތުގައި ނެތް ގަރާޖު ތަކަކަށް އެތައް އުޅަނދެއް ރަޖިސްޓްރީކޮށްފަ އެބަހުރިކަމަށް ވަޒީރު އިހްސާން ވިދާޅުވެއްޖެ

ހަގީގަތުގައި ނެތް ގަރާޖު ތަކަކަށް އެތައް އުޅަނދެއް ރަޖިސްޓްރީކޮށްފަ އެބަހުރިކަމަށް ވަޒީރު އިހްސާން ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

މާލޭގެ މަގުމަތީގައި ޕާރކު ކޮށްފައިވާ ވަރަށް ގިނަ ވެހިކަލަކީ ހަގީގަތުގައި ނެތް ގަރާޖުތަކެއް، އެއީ ހުރި ގަރާޖު ތަނެއް ކަމަށް ދައްކައިގެން އެތަން ތަނުގެ ނަމުގައި ރަޖިސްޓްރީކޮށް މާލެއަށް އެތެރެކޮށްފައިވާ ވެހިކަލްތައް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިހްސާން މިފަދައިން ވިދާޅުވެފައިވަނީ "ހޯމް ޓީމް" ގެ ނަމުގައި އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ނިމިދިޔަ އިބްރާޙިމް މުހައްމަދު ޞާލިހްގެ ސަރުކާރުން މާލެއަށް ގެންނަ ވެހިކަލްތައް އަގުހެޔޮކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތުތައް ވަރަށްބޮޑަށް ހުޅުވާލައިފައިވާ ކަމަށާއި، އޭގެ ބޭނުންހިފައިގެން ގިނަ އަދަދެއްގެ ވެހިކަލްތައް މާލެ ގެނެސް މާލޭގެ މަގުތަކުގައި ޕާކުކޮށްފައި އެބަހުރި ކަމަށެވެ.

"ގަރާޖުތަކުގެ ގޮތުގައި ހަގީގަތުގައި ފިޒިކަލީ ނެތް ތަންތަނަށް އެތައް ބައިވަރު ކާރެއް ރަޖިސްޓްރީކޮށްފައި. ވެހިކަލްތައް ރަޖިސްޓްރީކޮށްފައި. އެ ތަކެތި މިހާރު މަގުމަތިން އެ ފެންނަމުން މި ދަނީ،"މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މާލޭގެ ޓްރެފިކުގެ ކަންތައްތައް ހައްލުކުރުމަށްޓަކައި ޤަވާޢިދާއި ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުފަހަރުތައް ނަގަން ފަށާނީ އެ ތަކެތި ނަގަން ވެސް މުހުލަތެއް ދިނުމަށް ފަހުގައި ކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

."ގާނޫނާ އެއްގޮތަށް ޕާކުކުރެވޭ ތަންތަނަށް ގެންދިއުމަށް ފުރުސަތެއް ދީފައި އަޅުގަނޑުމެން ޓޯ ކުރާނީ،" މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.މިއަދުގެ މިބައްދަލުވުމުގައި އެންމެހައި ރައްޔިތުންނަށް އިލްތިމާސެއްގެ ގޮތުގައި މިނިސްޓަރ އިހްސާން ވިދާޅުވީ ޕާރކިންގ ސްޓީކާޖެހުން ވަގުތީ ގޮތުން ހުއްޓާލައިފައިވީ ނަމަވެސް އެންމެންގެ ރައްކަލަކަށްޓަކައި ކަނޑައެޅިފައިވާ ހަމަ އާއި އުސޫލުގެ މަތިން މާލޭގެ މަގުތަކުގައި އުޅަނދުތައް ޕާކުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު