އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ އިގްތިސޯދު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ

ރާއްޖޭގެ އިގްތިސޯދު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ރާއްޖޭގެ އިގްތިސޯދު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވެފައި ވަނީ ޑޮލަރުގެ ތާށިކަން ބޮޑުވެ ބޮޑުވެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ބޭރު ގައުމުތަކުގައި ތިބެގެން މުއާމަލާތް ކުރެވޭ މިންވަރު ކުޑަ ކުރުމަށް ނިންމާފަައިވާ ކަމަށް ބުނެ އަޑުފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ވައްޓާލާފައި އޮތް ނުރައްކާތެރި މާލީ ހާލަތުން މަސައްކަތްކޮށް، ދަރަނި އަދި ނުދައްކާ ހުރި ބިލްތައް ދައްކަމުންދާ ކަމަށާއި މި އަހަރު ރާއްޖޭގެ އިގްތިސާދަށް 5.5 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ. 

އަދި ހަމައެހެންމެ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ސަރުކާރުން މިހާރު ޑޮލަރު ވެސް ޖަމާކުރަމުންދާ ކަމަށްވެސް ސައީދު ވިދާޅުވެފައި ވެއެވެ. އެސްޑީއެފް އަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި ދަރަނި އަދާކުރުމަށާއި އިންވެސްޓު ކުރުމަށް އުފައްދާފައިވާ ފަންޑެކެވެ. އެސްޑީއެފް އުފެއްދުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކޭނެ މަގު ފަހިކުރުމެވެ.

ޑޮލަރު ނެގޭ ލިމިޓް 225 އަށް ބަދަލުކުރުމަށްފަހު ހާލަތަށް ބަދަލު ނައިސްފި ކަމަށްވަނީ ނަމަ 25 އަށް ތިރިކުރަން ރާވާފައިވާ ކަމަށް ބުނެ ބައެެއް މަސްދަރުތަކުގައި ބައެއް މަސްދަރުތަކުގައި މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.

އެކަން ދޮގުކޮށް ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ބަލާ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް ގެނެއުމަށް މި މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ބޭންކް އޮފް މޯލްޑިވްސް އިން ގުޅިގެން ދަނީ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ހަމައެހެންމެ ރާއްޖޭގެ މާލީ އިގްތޮސާދުގެ ހާލަތު ރަނގަޅުކޮށް ދަރަނީގެ ހިރާސްތައް ކުޑަކޮށް ބޭރު ފައިސާ ލިބުން ފަސޭހަ ކުރެވޭނެ މަގުތައް ފަހު ކުރުމަށް ސަރުކާރުން ކެނޑިނޭޅު މަސައްކަތް ކުރަމުންދާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު