އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހަށް އެމްއެންޑީއެފް އިން އިތުރުކޮށްފިއެވެ. ކުރިން ސިފައިންގެ ވަޒީފާއަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 2023 ފެބްރުއަރީ 15 ވަނަ ދުވަހެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއްކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ. އޭގެއިތުރުން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާގެ އިތުރުން އިސްކޮޅާއި ހަށިގަނޑުގެ ރޫފައަށް ބެލޭނެއެވެ. އަދި، އުމުރުފުރާ ބަލާނީ 2024 ފެބްރުވަރީ 20 ވަނަ ދުވަހުގެ ނިޔަލަށެެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓު www.defence.gov.mv އަދި އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ. ވަޒީފާއަށް އެދޭ ފޯމު 2024 ފެބްރުވަރީ 29 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތަކުންނާއި ޑިފެންސް މިނިސްޓްރީން ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، އީމެއިލް މެދުވެރިކޮށް ވެސް ފޯމް ހުށަހެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާނީ [email protected] އަށެވެ. އީ މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމް ވުޒާރާއަށް ލިބުނުތޯ ބެއްލެވުމަށް 7522601 މެސެޖްކޮށްދެއްވުން އެދެމެވެ. މެސެޖް ފޮނުއްވާ ފަރާތްތަކަށް ފޯނުން ޖަވާބު ދެވޭނެއެވެ.

ސިފައިންގެ ވަޒީފާއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު، ފޯނު ނަމްބަރު 3035830 ، އަދި އެމްއެންޑީއެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބެން ހުންނާނެއެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު