އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެންޔޫ ގެ ދެ މަގާމަކަށް ބޭފުޅުން އައްޔަނު ކޮށްފި

އެމްއެންޔޫ ގެ ދެ މަގާމަކަށް ބޭފުޅުން އައްޔަނު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދެ މަގާމަކަށް ބޭފުޅުން އައްޔަނު ކޮށްފިއެވެ.

އަލަށް މީހުން މިއަދު އައްޔަނު ކުރި ދެ މަގާމަކީ ޔުނިވާސިޓީގެ ރަޖިސްޓަރާ އަދި ޑީން އޮފް ރިސާޗުގެ މަގާމެވެ.

މިގޮތުން ޔުނިވާސިޓީގެ ރަޖިސްޓަރާ ގެ މަގާމަށް މުހައްމަދު ޟާމިރު އައްޔަންކޮށްފައިވާއިރު، ޑީން އޮފް ރިސާޗްގެ މަގާމަށް އައްޔަންކުރީ ޑރ. މަރިޔަމް ޝަހްނީޒާ ނަސީރެވެ.

މި ދެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅުންގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އެ ޔުނިވާސިޓީގައި ވަނީ ޚާއްސަ ހަފްލާއެއް  ބާއްވައިފައެވެ. މި ހަފްލާގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ މި ދެބޭފުޅުންނާއި އެކު ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފައެވެ.  

މިއީ ޔުނިވާސިޓީގެ ރަޖިސްޓަރާގެ މަގާމަށް ހޮވިވަޑައިގެން ޟާމިރުގެ ދެވަނަ ދައުރެވެ.

ޟާމިރަކީ 2011 ވަނަ އަހަރުން ފެށިގެން އެމްއެންޔޫއަށް ޚިދުމަތް ކޮށްދެއްވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން ޟާމިރު ޔުނިވާސިޓީއަށް ފުރަތަމަ ޚިދުމަތްކުރެއްވީ ލެކްޗަރާއެއްގެ ގޮތުގައެވެ. އެއަށްފަހު ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެސިސްޓަންޓް ރަޖިސްޓަރާގެ މަގާމުގައި ހުންނެވުމަށްފަހު، ރަޖިސްޓަރާއެއްގެ މަގާމަށް ބަދަލުވެވަޑައިގެން ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާއި ބެހޭ ބައި ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވިއެވެ.

މީގެ އިތުރުންވެސް، މިއަދު ޑީން އޮފް ރިސާޗާގެ މަގާމަށް އައްޔަނުކުރެއްވި ޑރ.މަރިޔަމް ޝަހްނީޒާ ނަސީރަކީ 12 އަހަރަށް ވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ރިސާޗުގެ ދާއިރާއިން ވެސް އޭނާ ވަނީ ޚިދުމަތް ކޮށްދެއްވައިފައިވާ  ޝަހްނީޒާ މިހާރުވެސް ގެންދަވަނީ އެ ދާއިރާއިން ޚިދުމަތް ކުރައްވަަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު