އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕާކިސްތާނުގައި ބާއްވާ ޕެޓްސް ކޮމްޕެޓިޝަންގައި އެމްއެންޑީއެފްގެ ޓީމެއް ބައިވެރިވެއްޖެ

ޕާކިސްތާނުގައި ބާއްވާ ޕެޓްސް ކޮމްޕެޓިޝަންގައި އެމްއެންޑީއެފްގެ ޓީމެއް ބައިވެރިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ޕާކިސްތާނުގައި ބާއްވާ ހަތްވަނަ ”އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2024“ ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޓީމެއް ބައިވެރިވެއްޖެއެވެ.

މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ އެމްއެންޑީއެފް މެރިން ކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕް (އެސްއޯޖީ) ގެ 10 މެރިންސްއާއި އޮފިޝަލެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މިފަހަރުގެ މުބާރާތުގައި 60 ގަޑިއިރުގެ ތެރޭގައި ޓެކްޓިކަލް ޕްރޮފެޝެންސީ ބެލުމާއި، ވޯޓަރ އޮބްސްޓިކަލް ކްރޮސިންގ، ފިޒިކަލް އެންޑިއުރެންސް ބެލުމާއި، މެންޓަލް އެޖިލިޓީ ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހުގެ 25 ވަނަ ދުވަހު ޕާކިސްތާންގެ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބި، ގައި ފެށި މި މުބާރާތުގައި 20 ޤައުމެއްގެ އަސްކަރިއްޔާއިން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ޕާކިސްތާން، ބަހްރައިން، ޖޯޑަން، ކަޒަކިސްތާން، ސައުދީއަރަބިއްޔާ، ދިވެހިރާއްޖެ، މޮރޮކޯ، ޤަތަރު، ސްރީލަންކާ، ތައިލެންޑް، ތުރުކީ، އެމެރިކާ އަދި އުޒްބަކިސްތާން ހިމެނެއެވެ. މީގެ އިތުރުން އަޒަރުބައިޖާން، ބެލަރުސް، ޗައިނާ، މިއަންމާ، ޖަރުމަނު، އިންޑޮނޭޝިއާ، ޖަޕާން އަދި އޮމާންގެ އަސްކަރިއްޔާއިން އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ.

ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ ”ޕެޓްސް ކޮމްޕެޓިޝަން“ އަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގައި އަސްކަރީގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ކުރިއަށް ގެންދާނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު