އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު
ކުރިއަށް އޮތް ރޯދަމަހު މާލެ ސަރަޙައްދުގައި ވިޔަފާރި ބޭނުންތަކަށް މުދާ އުފުލޭނެ ވަގުތުތައް ކަނޑައަޅުއްވައިފިއެވެ.
މިކަމާގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް މާލެ ސަރަހައްދުގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ވަކި ގަޑިތަކެއްގައިކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާއި ހަމައަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި ހެނދުނު 9:30 އިން 16:30 އަށް މުދާ އުފުލޭނެކަމަށެވެ. އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށްވެސް މުދާ އުފުލޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުވެސް މުދާ އުފުލޭނީ މި ގަޑިތަކުގައިކަމަށް އެ ވުޒާރާއިން ބުނެއެވެ.
ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަސް ނިމެންދެން މުދާ އުފުލޭނީ ހެނދުނު 6:00 އިން ފެށިގެން 16:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށްކަމަށާއި އަދި ހުއްދަދީފައިވާ ވަގުތުތަކުގެ ބޭރުން މުދާ އުފުލާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
Advertisement
5 މާޗް 2024