އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށް ދިނުމެއް! އަޅުކަމާ ދުޢާކުރުމުގެ މޫސުން ފެށެނީ! ތިމާއަށާ މައިންބަފައިންނަށް އަދި ހުރިހާ މުއުމިނުންނަށް ކުރަން ރަނގަޅު ދުޢާއެއް!

ހަނދުމަކޮށް ދިނުމެއް! އަޅުކަމާ ދުޢާކުރުމުގެ މޫސުން ފެށެނީ! ތިމާއަށާ މައިންބަފައިންނަށް އަދި ހުރިހާ މުއުމިނުންނަށް ކުރަން ރަނގަޅު ދުޢާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ރަމަޟާން މަސް ފެށެނީއެވެ. އަޅުކަންކުރުން އިތުރުކޮށް ދުޢާކުރުން ގިނަކުރުމުގެ މޫސުން ފެށެނީއެވެ. ތިމާއަށްޓަކައި ދުޢާކުރާފަދައިން މައިންބަފައިންނަށާއި ހުރިހާ މުއްމިނުންނަށްޓަކާ ދުޢާކުރުން ގިނަކުރާށެވެ! 

މިއީ އިބްރާހީމްގެފާނު ކުރެއްވެވި ދުޢާތަކުގެތެރެއިން ދުޢާއެކެވެ. އެމީހަކަށާއި އެމީހެއްގެ މައިން ބަފައިންނަށާއި އަދި އެންމެހައި މުއުމިނުންގެ ފާފަ ފުއްސެވުން އެދި މި ދުޢާކުރުން ގިނަ ކުރާށެވެ. (އިބްރާހީމް ސޫރަތުގެ 41) 

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ 

"އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބު ޤާއިމުވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިން ތަކުންނަށް ފާފަފުއްސަވާނދޭވެ!" 

މައިންބަފައިން މަރުވުމުން އެމީހުންގެ މައްޗަށް ހެޔޮލަފާ ދަރިން ކުރާ ދުޢާގެ ސަބަބުން ސުވަރުގޭގައި އެމީހުންގެ ދަރަޖަ އުފުލިގެންދެއެވެ. އެހެންކަމުން މައިން ބަފައިންގެ މައްޗަށް ވީހައި ގިނައިން ހެޔޮ ދުޢާ ކުރުމަކީ އެކަމުގެ ސަވާބު ދުޢާ ކުރި މީހަކަށްވެސް ލިބިގެންދާނެ ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް