އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަފުސަށް ވަގުތުކޮޅެއް ދިނުން މުހިންމު..... ނަފުސު ހިސާބުކޮށް ދެނެގަތުމަށް ހަމަކުޑަ ވަގުތުކޮޅެއް ހުސްކޮށްލަބަލަ!

ނަފުސަށް ވަގުތުކޮޅެއް ދިނުން މުހިންމު..... ނަފުސު ހިސާބުކޮށް ދެނެގަތުމަށް ހަމަކުޑަ ވަގުތުކޮޅެއް ހުސްކޮށްލަބަލަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

ރަމަޟާން މަހަށް ދެތިން ދުވަހަށް ވެފައިވާއިރު، ނަފުސާމެދު ވިސްނާލަން ވަގުތުކޮޅެއް ހޭދަކުރެވުނު ދުވަހެއް ހަނދާން އެބަހުރިބާވައެވެ. އަމިއްލަ ހަޔާތުގެ ހެވާއި ނުބައި އަމިއްލަ ނަފުސުގެ ކުރިއެރުން އޮތް ހިސާބު ބަލާލެވުނީ ކޮން އިރަކުކަން ހަނދާން އެބަހުރި ހެއްޔެވެ.

ކަންކަމާމެދު ވިސްނުމަކީ، ރަނގަޅު ކަމެކެވެ. ވީއިރު އަމިއްލަ ނަފުސާމެދު، ނަފުސު ހިސާބުކޮށްލުމަށް ވަގުތުކޮޅެއް ހޭދަ ކުރުމަށް ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެެ. ކޮންމެ ދުވަހަކުވެސް ހެނދުނު ތެދުވެ، ބައިގަނޑިއެއްހައިއިރު ލޯމަރާލައިގެން ކަންކަމާ ވިސްނައިލަން ވަގުތުކޮޅެއް ހުސްކޮށްލުން އެއީ ބޭނުންތެރި ކަމެކެވެ. އެ ވަގުތުކޮޅަކީ މެޑިޑޭޓްކުރާ ވަގުތުކޮޅެއް ނޫނެވެ. އަދި ދުޢާކުރުމުގައި އިންނަ ވަގުތެއް ވެސް ނޫނެވެ. ތިމާ ކުރާ ކަންތައްތަކާއި ކުރަންއުޅޭ ކަންތައްތަކާއި އެ ކަންތައްތަކުގެ ނަތީޖާއާމެދު އަމިއްލައަށް ވިސްނައި ފިކުރުކޮށްލުމުގެ ވަގުތުކޮޅެކެވެ.

ތިމާ މިހާރު ހުރި ޙާލަތާއި އެ ޙާލަތު ބަދަލުކުރުމަށް ވިސްނާ ގޮތާމެދު، ވިސްނައިލުމުގެ ވަގުތުކޮޅެކެވެ.

އަހަރުމެންނަށް، ވަގުތު މިއީ ލިބެން އޮތް އެއްޗަކަށް ނުވެއެވެ. ހެނދުނު ތެދުވީއްސުރެ ރޭގަނޑު ނިދަންވަންދެން މި އުޅެވެނީ އެކި ކަންކަމުގައެވެ. ކޮން ކަމެއްގައިހެއްޔެވެ؟ އެކި ކަންކަމުގައެވެ. އެހެންވީމާ، އެ ކަންކަމުގެ ތެރެއިން އަމިއްލަ ކަންކަމާމެދު ހަނުއިނދެގެން ވިސްނައިލަން ބައިގަނޑިއެއްހައި އިރު ހުހެއް ނުކުރެވޭނެބާވައެވެ؟

ވިސްނުމަކީ، ރަނގަޅު ކަމެކެވެ. ވިސްނަނީ ވިޔަފާރި ކުރިއަރުވާށެވެ. އައު ކަންތައްތައް ފަށާށެވެ. ނޫނީ އަމިއްލަ ޙަޔާތާ މެދުގައެވެ. މި އުޅެވެނީ ހަމަ ރަނގަޅު ދިރިއުޅުމެއްތޯއާ މެދުގަ އެވެ. ހެޔޮކޮށް ކަންތައްތައް ކޮށްދޭން ޖެހޭ މީހުންނާ މެދު ހެޔޮކޮށް ކަންތައްތައް ކޮށްދީގެންތޯއާ މެދުގައެވެ. މާތް ﷲ އަންގަވައިފައިވާ ގޮތަށް ދިރިއުޅެވޭތޯއާ މެދުގައެވެ. ނަމާދު އަޅައިފައި ހުރެވޭތޯއާ މެދުގައެވެ. އާޚިރަތުގެ ދާއިމީ ސުވަރުގެ ޙާޞިލްކުރެވޭނެ ފަދަ ގޮތަކަށްތޯއާ މެދުގައެވެ. ދީނުގައި މަނާކުރައްވައިފައިވާ ކަންތައްތައް ކުރެވޭތޯއާ މެދުގައެވެ. އެފަދަ ކަންތައްތައް ނުރަނގަޅު ގޮތުގައި ކުރެވޭނަމަ، އެކަންކަމުން ދުރުހެލިވުމަށް ކުރާނެ ކަންތައްތަކާ މެދުގައެވެ. ހެނދުނު ކަންކަމާ ވިސްނައިލަން ހުސްވަގުތުކޮޅެއް ހޭދަކުރާ ވާހަކަ ބުނުމުން، އެއީ ބައެއް މީހުންނަށް ހެއްވާ ވާހަކައަކަށް ވެދާނެއެވެ. އެކަމަކު، ތިމާއަށް މި ދަތުރުކުރެވޭ ދިމާއާމެދު ވިސްނައިނުލައި ހުރުމަކީ އަދި މާ ހެއްވާ ކަމެކެވެ.

ކޮންމެ ދުވަހަކު، އެންމެންމެ މި އުޅެނީ އަވަދިނެތި އެވެ. އެގޮތަށް އުޅެ، ދުވަސް ނިމުމުން މިއަދު ކުރެވުނީ ކީއްތޯ ހިސާބު ކޮށްލަ ބަލާށެވެ. ވިސްނާށެވެ. ވަރަށް ފަރުވާތެރިކަމާއެކު، ވަގުތާއި ހަކަތަ ހޭދަކޮށްގެން މި ކުރެވުނީ ބޭކާރު ކަމެއްކަމުގެ އިޙްސާސް ކުރެވުމަކީ، ނުވިސްނާތީ ވާ ގޮތެވެ. އެހެންވިޔަ ނުދޭށެވެ. ވަގުތަކީ، އަގުބޮޑު އެއްޗެކެވެ.

ވަގުތަށް ކަމޭހިތާށެވެ. ތިމާއަށް އުޅެވޭގޮތާމެދު ރަނގަޅަށް ވިސްނައިފިނަމަ، އިޞްލާޙުކޮށް ރަނގަޅުކުރާނެ އެތައް ކަމެއް ފެނިގެންދާނެ އެވެ. އެފަދަ ކަންތައްތައް ހޯދައިލުމަށް، ވިސްނަން ހުސް ވަގުތު ކޮޅެއް، ހޭދަ ކޮށްލުމަކީ، ބޭކާރު ކަމެއް ނޫނެވެ. އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ދިނުމަކީ މޮޔަ ތާކުންތާކު ނުޖެހޭ ކަމެއް ނޫނެވެ. އަދި ހެއްވާ ކަމެއް ވެސް ނުމެ ނޫންމެ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު