އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ބަލިވެއިނުމުން ފިރިމީހާ ދައްތައާއި ގުޅުން ހިންގުމުން ދައްތައަށް ފިރިމީހާ ހަދިޔާކުރި އަންހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ބަލިވެއިނުމުން ފިރިމީހާ ދައްތައާއި ގުޅުން ހިންގުމުން ދައްތައަށް ފިރިމީހާ ހަދިޔާކުރި އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

މިހުންނަނީ އަޚްލާޤީ މިންގަނޑުން ބެލިނަމަވެސް ވަރަށް ލަދުވެތި ކަންކަމެވެ. ނަމަވެސް ހިތާމައަކީ ވިސްނާނުލައި ބައެއް މީހުންނަށް ކުރެވޭ ކަންކަމެވެ. އެފަދަ ކަންކަން ކުރެވުމުން ގެއްލުން ލިބެނީ ހަމައެކަނި ޒަވާޖީ ޙަޔާތަކަށް ނޫނެވެ. ދެބެއިންގެ ގުޅުމަށްވެސް ބޮޑެތި މައްސަލަތައް ޖެހެއެވެ. 

ތިރީގައިވާ ވާހަކައަކީ އެންމެންނަށްވެސް ވަރަށް ރަނގަޅު ފިލާވަޅެކެވެ. ޢިބްރަތް ޙާޞިލްކުރައްވާށެވެ. 

އަޅުގަނޑުމެންގެ ތިބީ ދެބެއިންނެވެ. ދެ އަންހެނުންނެވެ. ދައްތައަށްވުރެ ކުރިން ކައިވެނިކުރީ އަޅުގަނޑެވެ. ކައިވެންޏަށް 3 ވަނަ އަހަރު ބަލިވެ އިނދެ ވިހަން ދާދި ގާތްވެފައި އިންދާ އެނގުނީ ފިރިމީހާ އާއި ދައްތައާއި ދެމެދުގައި ލޯބީގެ ކުޅިގަނޑެއް ހިނގާކަމެވެ. 

އެނގުނު ކަމަށްވެސް ނުހަދައި މަޑުކުރީމެވެ. ވިހާ ގަދަވެ ކަންކަން ހަމައަކަށް އެޅުމުން ފިރިމީހާ ގާތުން ވަރިއަށް އެދުނީމެވެ. އަދި ވަރިކޮށްފައި ދައްތައާއިއެކު އުފާވެރި ދިރިއުޅުމެއް އުޅުމަށް އެދުނީމެވެ. ބުނީމެވެ. "ކަލޭ ދެކެ ވަރަށް ލޯބިވެއެވެ. ކަލޭ ލޯބިވީ ދައްތަ ނޫން އަންހެނަކު ދެކެ ނަމަ ދެއަންތބަށް ކައިވެނިކުރަންވެސް ރުހުނީމުހެވެ. ދައްތަވީމާ އެކަމެއްވެސް ނުކުރެވޭނެއެވެ. ދެބެން އެއްފަހަރާ ހުއްދަނުވާނެތީއެވެ." 

ފިރިމީހާ މާފަށް އެދުމުން ބުނީމެވެ. "މަންމަގެ އުމުރު ކުރުވީ ބައްޕައަށް އަބަދު މާފުކުރަން ހަދައިގެންނެވެ. އެކުށް ތަކުރާރުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ." ފިރިމީހާ އަހަރެން ވަރިކޮށްދިނެވެ. އެހިސާބުން އެދެމީހުންގެ ގުޅުންތައްވެސް ނިމުމަކަށް އައެވެ. 

އެހައިތަނަށް ގެ ހުރީ ނުބަހައެވެ. ތިބީ ދެބެންކަމަށްވުމުން އެކަމަށް ސަމާލުކަން ނުދެވި އޮތީއެވެ. ދުވަހަކުވެސް މިބާވަތުގެ ކަމެއް މެދުވެރިވެދާނެކަމަށް ހީވެސްކުރެވިފައި ނެތުމުންނެވެ. ނަމަވެސް އެހިސާބުން ގެ ބެހުމުގެ މަސައްކަތް ފެށީމެވެ. 

ދައްތަ ވެސް ވަރަށް ދެރަވެފައި މާފަށް އެދުމުން ބުނީމެވެ. "ދައްތައަށް މާފުކޮށްފީމެވެ. ނަމަވެސް އަހަރެން މިހާރުވެސް މިއިނީ ކައިވެނިކުރަން ބޭނުންވެގެންނެވެ. ފިރިއަކާއި ނުލާ ދިރިއުޅޭކަށް ބޭނުމެއް ނޫނެވެ. ދެން ގެންނަ ފިރިމީހާ އާއިމެދު ދައްތަ ކަންކަން ކުރާނެ ގޮތަކަށް އަބަދުވެސް ހުންނަން ޖެހޭނީ ކަންބޮޑުވެގެންނެވެ. ވީމާ ދައްތަ އާއިއެކު އެއް ގެއެއްގައި ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ދައްތަގެ ކައިވެންޏަށްވެސް އެތައް ބައަކު އެދެއެވެ. އެއިން މީހަކާއި ނުގުޅި ގުޅެން ތިއަ ފެނުނީ ކޮއްކޮގެ ފިރިމީހާއެވެ." 

ގެބަހައި ދެބެން ވަކިން ދިރިއުޅެން ފެށިނަމަވެސް ދައްތަ އާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބާއްވަމެވެ. އެހީތެރިވަމެވެ. ނަމަވެސް އަޅުގަނޑު ގޭގައި ނުއުޅޭ ވަގުތު ގެއަށް ވަނުން މަނާކުރީމެވެ. އެކަން ނިމުމަކަށް ގެނެވުނީ ވަރަށް ގިނަ ދުވަހުންނެވެ. ދައްތަވެސް ކައިވެނިކޮށް ދަރިން ވެސް ލިބުނު ފަހުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިނަށް ބުނެލަން އޮތީ ރަޙިމުގެ ގުޅުން ކެނޑޭނެ ފަދަ ކަންކަން ނުކުރާށެވެ. މިއުޅެނީ ފިރިހެނުން ހުސްވެގެނެއް ނޫނެވެ. އަދި ހުރިހާ އުޚުތުންނަށް ބުނެލަން ބޭނުންވަނީ ބަލިވެ އިނދެ ފިރިމިހާ ބޭނުންވާހައިކަންކަން ބޭނުންވާހައި ވަގުތަކު ކޮށްނުދެވޭ ޙާލަތަށް ދިއުމުން އެމީހުންގެ ބޭނުންތައް ފުއްދަން ފިރިހެނުން ކޮންމެ ފަދަ މަޅިއެއްވެސް ޖަހައިފާނެއެވެ. އަޅުގަނޑަށްވެސް ދިމާވީ އެފަދަ ގޮތެކެވެ. ބަލިވެ އިނުމާއިއެކު ބަލިވެއުޅެން ޖެހުމުން ފިރިމީހާ އިޚްތިޔާރުއެކުރީ އެންމެ ނުބައި މަގެވެ. މިފަދަ ކަންކަމުން ސަލާމަތްވެ ތިބެވޭނީ އަހަރެމެން އަންހެނުން ހޭލުންތެރިވީވަރަކުންނެވެ. 

- ސާމިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް