އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 35 ސިކުންތު
ބިންވެރިޔާ ސްކީމުގެ ސަބަބުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާ ގެއްލުންވެފައިވާކަމަށް އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓް އޮފީހުން އާންމުކުރި މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައި ހުޅުމާލެ އިން ދޫކުރި ބިން ތަކުގެ ސަބަބުން 7.2 ބިލިއަން ރުފިޔާއާއި 10.5 ބިލިއަން ރުފިޔާ ދެމެދު ގެއްލުން އެޗްޑީސީއަށް ވެފައިވާކަން ފާހަގަކުރިއެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ތެރެއިން ހުޅުމާލެ އިން 1.2 މިލިއަން އަކަފޫޓުގެ ބިމެއް ކަނޑައަޅައި އެތަނުން 1،000 ގޯތި ވަނީ ދޫކޮށްފައެވެ.
މި ގެއްލުންތައް ފޫބެއްދަންޖެހެނީ ދިވެހި ދަޢުލަތުން ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
Advertisement
10 ޖޫން 2024