އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއްގޮތަކަށް ވެސް ގަޓު ކަމެއް ނޫން‍: ހެލްތު މިނިސްޓަރ

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއްގޮތަކަށް ވެސް ގަޓު ކަމެއް ނޫން‍: ހެލްތު މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއްގޮތަކަށް ވެސް ގަޓު ކަމެއް ނޫން‍ ކަމަށް ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ނ. މަނަދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި ޑރ.ޙަލީލް ވިދާޅުވީ ސިނގިރޭޓު ބުއިމަކީ ނުވަތަ ޝީޝާ ބުއިމަކީ މިއީ އެއްގޮތަކަށް ވެސް ހިތްވަރު ހުރި ކަމެއް ނޫންކަމަށެވެ.

"މީ އެއްގޮތަކަށް ވެސް ގަޓު ކަމެއް ނޫން. އަމިއްލަ ނަފުސު ބިނާކުރަން، އަޅުގަނޑުމެން މުޖުތަމައު ތެރެއަށް ނިކުމެ އަޅުގަނޑުމެންނަކީ ހައިބަތު ހުރި މީހަކަށް ވާން ކުރާ މަސައްކަތް އެއީ ގަޓު މަސައްކަތަކީ،" ޑރ.ޙަލީލް ވިދާޅުވިއެވެ.

ދުންފަތުގެ ވަބާ އަށަގަނެފައިވާ މިންވަރާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ވިދާޅުވީ އެންމެ އަށް އަހަރުގައި ބައެއް ކުދިން ދުންފަތުގެ އިސްތިއުމާލާއި، ވޭޕް ކުރަން ފަށާ ކަމަށެވެ. އަދި ވަރަށް ގިނަ ގޭބިސީތަކުގައި ވޭޕްއަކީ މާ ބޮޮޑު ކަންބޮޑުވުމެއް އޮތް އެއްޗެއް ނޫން ކަމަށާއި، ވަރަށް ގިނަ ގޭބިސީތަކުން ވޭޕް ގޭގެ މޭޒުމަތީގައި އޮއްވާ ފެންނަ ކަަމަށްވެސް ޑރ.ޙަލީލް ވިދާޅުވިއެވެ.

"މިއީ ބެލެނެވެރިންގެ ބައެއް ވާހަކަަތަކުން އަޅުަގަނޑުމެންނަށް އެނގިފައި ހުރި ވާހަކަތައް މި ދަންނަވަނީ، އެކަމަކު މީގެ ނުރައްކާތެރި ހުރި މިންވަރަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވޭޕް ދަނީ މަނާ ކުރަން، ބޭނުން ކުރުން މަނާ ކުރަމުން، އެތެރެ ކުރުން މަނާ ކުރަމުން އެ ދަނީ، ނުރަައްކާތެރިކަން އިންތިހާއަށް ބޮޑުވެގެން،".

މިނިސްޓަރު ވަނީ ބެލެނިވެރިން މި ކަމާއި މެދު ވިސްނާ ފިކުރުކޮށް ދަރިން އެކަމުން ސަލާމަތްކުރަން މަސައްކަތްކުރުން މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް ބެލެނިވެރިން މިހާރަށްވުރެ ވިސްނަންޖެހޭ ކަންކަން ހުރިކަމަށެވެ.

ކުޑަކުދިންނާއި ޒުވާން ޖީލު ދުންފަތުން ސަލާމަތް ކުރުމަށް "ދަފަރާ"ގެ ނަމުގައި ހެލްތް ޕްރޮޓަކްޝަން އެޖެންސީ، އެޗްޕީއޭއިން ޚާއްސަ ކެމްޕެއިނެއް ރޭ ވަނީ އިފްތިތާހުކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު