އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 4 ސިކުންތު
ޝައިޚް މުޙައްމަދު ޣާލިބް
މުސްލިމުންނަށް ނަސްރު ލިބޭނޭ ކަމާއި ދޭތެރޭގައި އެއްވެސް ޝައްކެއްނެތީ ކީއްވެގެންތޯ؟
އާދެ، ޤުރުއާނުން އާޔަތެއްގައި ނުވަތަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްއެއްގައި، މިވެނި ކަމެއް ފަހުޒަމާނުގައި މިވެނި ގޮތަކަށް ވާނޭ އައިސްފަ ނުވާހާ ހިނދެއްގައި އަޅުގަނޑުމެންނަށް އެކަން އެގޮތަށް ވާނެކަމަކަށް ނުބުނެވޭނެ. އެހެން ނަމަވެސް ފަހުޒަމާނުގައި މުސްލިމުންނާއި ޔަޙޫދީންނާއި ކުރެވޭނެ ހަނގުރާމައެއްގެ ވާހަކަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަޅުގަނޑުމެނަށް ބަޔާން ކޮށްދެއްވާފަ. ފަހުޒަމާނުގެ އަލާމާތް ތަކުގެ ތެރެއިން ޢިލްމުވެރިން ވަނީ މިކަން ގެންނަވާފަ.
އާދެ، އިމާމް ބުޚާރީ އާއި މުސްލިމް ވަނީ އެބޭކަލުންގެ ޞަޙީޙުގައި މި ޙަދީޘް ރިވާ ކުރައްވާފަ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާ ކަމުގައި (އަރަބި) "ޤިޔާމަތް ޤާއިމް ނުވާނެއޭ މުސްލިމުން ޔަހޫދީންނާއި ހަނގުރާމަ ކޮށްފުމަށް ދާންދެން." (އަރަބި) "އެ ހަނގުރާމައިގައި މުސްލިމުން ޔަޙޫދީންތައް ޤަތުލް ކުރާނެއެވެ." (އަރަބި) " އަދި ޔަޙޫދިންތައް ފިލަން ގޮސް ހިލަތަކާއި ގަސްތަކުގެ ފަހަތަށް ވަންނާނެއެވެ." (އަރަބި) " އަދި އެ ހިލަތަކާޢީ ގަސްތައް ބުނަމުން ދާނެއެވެ." (އަރަބި) "އޭ މުސްލިމުންނޭ އޭ ﷲ ގެ އަޅުންނޭ! މިހުރީ ޔަހޫދީއެކޭ ތިމަންގެ ފަހަތުގައި." (އަރަބި) "އަންނާށޭ އަދި އައިސް އޭނާ ޤަތުލް ކޮށްލާށެވެ." (އަރަބި) "ޣަރަޤަދައޭ ކިއުނު ގަހެއް ފިޔަވައެވެ." މާނައަކީ ޣަރަޤަދައޭ މިކިޔުނު ގަސް، އެގަހެއް އެގޮތަކަށް ނުބުނާނެއެވެ. (އަރަބި) " އެހެނީ އެ ގަހަކީ އެއީ ޔަހޫދީންގެ ގަހެކޭ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި މިވަނީ"
އާދެ، މި ޙަދީޘުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އިނގިގެން ދޭ، ފަހު ޒަމާނުގައި މުސްލިމުންނާއި ޔަހޫދީންނާ ހަނގުރާމަ ކުރެވި އެ ހަނގުރާމައިގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މުސްލިމުންނަށް ނަޞްރު ދެއްވާނެކަން.
އާދެ، ޒަމާންތަކެއް ވަންދެން މަސްޖިދުލް އަޤްޞާ އާއި އަލް ޤުދުސް މުސްލިމުންގެ ތަނެއްގެ ގޮތުގައި އޮތުމަށްފަހުގައި، ފަހުގެ ތާރީޚުގައި ޔަހޫދީން ވަނީ އެތާގެ މައްޗަށް އަތް ގަދަކޮށްފައި. އަދި 1948 ވަނަ އަހަރު އެބައިމހުންގެ ދައުލަތެއް އެތާގައި އިޢުލާނުކޮށް އެތަނުގެ މައްޗަށް ވެރިވެގެންފައި. އަދި އޭރުންސުރެ މިއަދާ ހަމައަށް އެތަނަށް ވެރިވެގެން އެތިބި ޔަހޫދީން ދަނީ މުސްލިމުންނާ އިދިކޮޅަށް އެކި ކަހަލަ އަނިޔާވެރި ޤަތުލްއާއްމު ތައް ހިންގަމުން. އާދެ، ފަލަސްތީނުގެ މައްޗަށް އަތްގަދަކޮށްގެން ތިބި ޔަހޫދީންގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރުގައި، އެތާގައި ތިބި މުސްލިމުންނަށް ނަޞްރު ލިބުމަކީ އަޅުގަނޑުމެން އެންމެންވެސް އެދެމުން ދާކަމެއް.
އާދެ، ޔަހޫދީންގެ މައްޗަށް މުސްލިމުންނަށް ނަޞްރު ލިބޭނެކަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިވަނީ އިސްވެދިޔަ ޙަދޘްގައި ބަޔާން ކުރައްވާފައި. އަދި ވޭތުވެ ދިޔަތާގައި ކުރިން ފަލަސްތީނުގެ ބިމުގައި މުސްލިމުންނަށް ލިބިފައިވާ ނަޞްރުތަކަކީ އެއީ ނަޞާރާއިންގެ މައްޗަށް ލިބިފައިވާ ނަޞްރު ތަކެއް.
ޢުމަރު ރަޟިޔަﷲ އަންހުގެ ޚިލާފަތުގައިވެސް އަދި ޞަލާޙުއްދީން އައްޔޫބީވެސް ހަނގުރާމަ ކުރައްވާފައި ވަނީ ނަޞާރާއިންނާ އިދިކޮޅަށް ކަމުން އަޅުގަނޑުމެންނަށް އިނގިގެން ދަނީ ޔަހޫދީންގެ މައްޗަށް މުސްލިމުންނަށް ލިބެން އޮތް ނަޞްރު އަދި ކުރިއަށް އޮތީކަން.
އާދެ، މިއަދު އެތަނަށް އަތް ގަދަކޮށްފައިވާ ޔަހޫދީންވެސް އެބައިމީހުންގެ މައްޗަށް މުސްލިމުން ނަޞްރު ހޯދާނެކަން ދަންނާތީވެ، އެބައިމހުންވެސް ޣަރްޤަދުއޭ އެކިއުނު ގަސް ވަރަށް ގިނައިން އެތާގައި ހައްދަމުން އަންނަ ކަމުގައި ފަލަސްތީނުގެ އަހުލުވެރިން ބުނަމުން އަންނަނީ.
އާދެ، ފަލަސްތީނުގެ މައްޗަށް އަތްގަދަކޮށްގެން ތިބި ޔަހޫދީންނާ އިދިކޮޅަށް އޮކްޓޯބަރު 7ގެ ކުރިންވެސް ވަނީ ހަނގުރާމަ ތަކެއް ކުރެވިފަ. އެހެން ނަމަވެސް މީގެ ކުރިން ކުރެވިފައވާ ހަނގުރާމަތަކަކީ އެއީ ސީދާ لا إله إلا الله މި ޝިޢާރުގެ ދަށުން ކުރެވިފައިވާ ހަނގުރާމަ ތަކަކަށް ނުވާތީ، އެހެންކަލަހަ ޝިޢާރުތަކެއްގެ ފަހަތުގައި ކުރެވިފައިވާ ހަނގުރާމަތަކަކަށް ވާތީވެ، އެ ހަނގުރާމަތަކުން ޔަހޫދީން ވަނީ ކާމިޔާބު ހޯދާފަ. ޢަރަބީންށް ވީތީވެ ނުވަތަ ވަކި ޤައުމެއްގެ ބަޔަކަށް ވީތީވެ، ޔަހޫދީންނާ އިދިކޮޅަށް މީގެ ކުރިން ހަނގުރާމަ ކުރެވިފައިވަނީ.
އާދެ އަޅުގަނޑުމެންނަށް ޔަހޫދީންގެ މައްޗަށް ނަޞްރު ލިބޭނީ لا إله إلا الله މި ޝިޢާރުގެ ދަށުން ކުރެވޭ ހަނގުރާމަޔަކުން ކަން، މުސްލިމުންނަށް ވީތީވެ، ޔަޙޫދީންނާ އިދިކޮޅަށް ކުރެވޭ ހަނގުރާމައަކުން ކަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިސްވެދިޔަ ޙަދީޘުންވެސް އަޅުގަނޑުމެންނަށް އެނގިގެން ދޭ. ސަބަބަކީ އެ ޙަދީސްގައި ހިލަތަކާއި އަދި ގަސްތައްވެސް ގޮވަމުން އެ އަންނަނީ (އަރަބި) އޭ މުސްލމުންނޭ! އެފަދަ ގޮތަކަށް މުޚާތަބުކޮށް އެ ހިލަތަކާ ގަސްތައްވެސް ގޮވަމުން އެ އަންނަނީ.
އެހެންކަމުން ފަލަސްޠީނުގެ ބިން ފޭރިގަނެގެންތިބި ޔަހޫދީންގެ އަތުން އެބިން އަނބުރައި މުސްލިމުންނަށްލިބި، އެބިމުގައި ޔަހޫދީންގެ މައްޗަށް މުސްލިމުންނަށް ނަޞްރު ލިބޭނެކަން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގިގެންދޭ.
އެހެނެއް ކަމަކުން، އަޅުގަނޑުމެން ދަންނަންޖެހޭނީ އަޅުގަނޑުމެންނަށް އެ ނަޞްރު ލިބޭނި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް ނަޞްރު ދީގެންކަން. އާދެ، ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ ސަބަބުތަގައި އަޅުގަނޑުމެން ހިފައިގެންކަ(އަރަބި) " ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް ތިޔަބައިމހުން ނަޞްރު ދީފިކަމުގައި ވާނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެއެވެ، އަދި ފައިތިލަތައް ސާބިތު ކުރައްވާނެއެވެ.
އެހެންކަމުން އަޅުގަނޑުމެން އުންމީދުކުރަނީ 7 އޮކްޓޯބަރުގައި ފެށިފައިވާ ޠޫފާނުލް އަޤްޞާ އަކީ لا إله إلا الله މިޝިޢާރުގެ ދަށުންފެށިފައިވާ ހަނގުރާމައަކަށް ވާނެކަން. އަދި ޠޫފާނުލް އަޤްޞާއަކީ އެކަލާންގެ އަޅުގަނޑުމެންނަށް ހިފަން އަންގަވާފައިވާ ސަބަބުތަކުގައި ހިފައިގެން ފަލަސްޠީނު މިނިވަންކުރުމުގެ ގޮތުން ފެށީފައިވާ މަޝްރޫޢުއަކަށްވާނޭކަން. އާދެ އެހެންކަމުން ޔަހޫދީންގެ ހަތިޔާރުތައް ކިތަންމެ ގިނަވި ކަމުގައ ވިޔަސް، އަޅުގަނޑުމެންނަށް ނަޞްރު ލިބޭނެކަން އެނގިގެން ދަނީ މީގެ ކުރިންވެސް މުސްލިމުންނަށް ނަޞްރު ލިބިފައިވަނީ މުސްލިމުންގެ ޢަދަދު ގިނަވެގެން ނޫނީ މުސްލިމުންގެ އަތުގައުވާ ހަތިޔާރުގެ މޮޅު ކަމަކުމުގެ ސަބަބުން ނޫންކަމުގައި ވާތީވެ. އާދެ، މިއަދުވެސް އަޅުގަނޑުމެންނަށް ނަޞްރު ލިބުމުގައި އަޅުގަނޑުމެންގެ އަދަދު ގިނަވާކަށް ނުޖެހޭ. އަދި ޓެކްނޮލޮގީގެ ގޮތުން އެންމެ މޮޅެތި ހަތިޔާރުތައް ގެންގުޅޭބަޔަކަށްވެސް ވާކަށް ނުޖެހޭ.
ﷲ ސުބޫޙާނަހޫ ވަތަޢާލާ އެކަލާންގެ ފޮތުގަވެސް ވަހީ ކުރައްވާފައިވަނީ (އަރަބި) " ކިތައް ކިތައް ކުޑަކުޑަ ލަޝްކަރުހެއްޔޭ، ޢަދަދުގެ ގޮތުންގިނަ، ބޮޑެތި ލަޝްކަރުތަކުގެ މައްޗަށް ގަދަވެގެންފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިޒްނައާއި އެކު.
އާދެ، އެހެންކަމުން އެކަލާންގެ ފޮތުގައި އަންގަވާފައިވާ ގޮތަށް ނަޞްރު ހޯދުމަށްޓަކައި ހިފަންޖެހޭ އެންމެހާ ސަބަބުތަކުގައި ހިފައި، ކުޅަދާނަކަން ލިބިގެންވާ މިންވަރުން ކުރެވެންހުރި ހުރިހާކަމެއް ކޮއްފިނަމަ މުސްލިމުންނަށް ނަޞްރު ލިބޭނެ ކަމަކީ ސައްތައިން ސައްތަ ޔަޤީން ކަމެއް.
އަޅުގަނޑުމެންގެ ނަފްޞާ ކޮށްލަން އޮތް ސުވާލަކީ މި ނަޞްރު ދިނުމުގައި އަޅުގަނޑުމެން ކުރަނީ ކޮށް މަސައްކަތެއްތޯ؟ މުސްލިމުންނަށް ލިބޭ މި ނަޞްރުގައި އަޅުގަނޑުމެންގެ ޙިއްސާއެއް އެބައޮތްތޯ؟ އަޅުގަނޑުމެންގެ ޖާނާއި މާލުން ފަލަޞްޠީނައްޓަކައި ހޭދަކުރިންތޯ؟ އަޅުގަނޑުމެން އިޒުރޭލަށް ވާގިވެރިވާ ކުންފުނިތަކުގެ ޕްރޮޑަކްޓުތަކާއި އުފެއްދުންތަށް ބޯއިކޮޓް ކުށް ބޭނުންކުރުން އެއްކޮށް ހުއްޓާލިންތޯ؟ އިޒުރޭލާއި އަދި އެބައިމީހުންނަށް ވާގިވެރިވާ އެމެރިކާއާއި ހުޅުނގުގެ ގައުމުތަކާއި އިދިކޮޅަށް އަޑުއުފުލިންތޯ؟ އިޒުރޭލުގެ ޕާސްޕޯޓު ބޭންކޮށް އަޅުގަނޑުމެންގެ ދޮންވެލި ގޮނޑުދޮށްތަކުގައި ފައިބީއްސާލާނޭ ފުރުސަތުވެސް ޒަޔޮނިސްޓު ޔަހޫދީންނަށް ނޯންނާނޭކަން އިޢުލާނު ކުރިންތޯ؟
ނުވަތަ އަޅުގަނޑުމެން އިސްކުރާނީ އަޅުގަނޑޫމެންގެ ދުނިޔަވީއެދުންތައްތޯ؟ ފަލަސްޠީނަށްޓަކައި ލޭތިއްކެއް އޮހޮރާލަން ނުކެރޭތާގައި ދާތިއްކެއް އޮހޮރާލާނެހާ ހިއްވަރުވެސް އަޅުގަނޑުމެންގެ ނެތީތޯ؟ އަޅުގަނޑުމެންގެ އިޤްތިޞާދަށް ހީނަރުކަމެއް އައިސްދާނެކަމުގެ ބިރަށްޓަކައި، ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުން ބަނޑަށް މަރުވާން ދޫކޮށްލާނީތޯ؟
އާދެ. ޤިޔާމަތްދުވަހު الله تعالى ގެ ދަރުބާރުގައި ހުއްޓި މިސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ދުވަސް އައުމުގެ ކުރިން މިއަދު މިސުވާލުތަކުގެ ޖަވާބު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ތައްޔާރުކުރުން ޖެހޭ.
- ޝައިޚް މުޙައްމަދު ޣާލިބް
Advertisement
12 ޖޫން 2024