އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިއްޔެއަކީ މާލެ ސަރަހައްދުގައި އެންމެ ގިނަ ޒުވާން ޚަތީބުން އިމާމުވެ ހުކުރު ކުރި ދުވަސް: ޑރ. ޝަހީމް

އިއްޔެއަކީ މާލެ ސަރަހައްދުގައި އެންމެ ގިނަ ޒުވާން ޚަތީބުން އިމާމުވެ ހުކުރު ކުރި ދުވަސް: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

އިއްޔެއަކީ މި ފަހުގެ ތާރީޚެއްގައި މާލެ ސަރަހައްދުގައި އެންމެ ގިނަ ޒުވާން ޚަތީބުން އިމާމުވެ ހުކުރު ކުރި ދުވަސްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިއްޔެއަކީ މި ފަހުގެ ތާރީހެއްގައި މާލެ ސަރަހައްދުގައި އެންމެ ގިނަ ޒުވާން ޙަތީބުން އިމާމުވެ ހުކުރު ކުރި ދުވަސް ކަމަށާއި މި ޒުވާން ހަތީބުންނަކީ ސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި ކުރިއަށް ގެންދެވި ހަތީބުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމު ފުރިހަމަކޮށްފައިވާ ދަރިވަރުންކަމަށެވެ.

އިއްޔެ މާލެ ސަރަހައްދުގެ 12 މިސްކިތެއްގައި މި ޒުވާން ޚަތީބުން އިމާމުވެ ހުކުރު ކޮށްފައިވެއެވެ. މި މިސްކިތްތަކުގެ ތެރޭގައި މަސްޖިދު މުޙައްމަދު، މަސްޖިދު އަމީލް ޖަލީލް، މަސްޖިދު ޢުޘްމާން، މަސްޖިދު ސަލާމް، މަސްޖިދްޖިދު ޙަސަން އާދަމް، މަސްޖިދުލް އަޞްދިޤާ، މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން، މަސްޖިދު އިސްކަންދަރު، މަސްޖިދުލް ޖަލާލުއްދީން، މަސްޖިދުލް ފުރްޤާން، މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ އަދި މަސްޖިދުއް ނޫރު ހިމެނެއެވެ.

ޒުވާން ޚަތީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުންނަށް ދީނީ ޢިލްމު އުނގެނުމަށާއި މުޖުތަމަޢުގައި ޒިންމާދާރު ދައުރެއް އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ޕްރޮގްރާމުގެ ކާމިޔާބީއާއެކު، ކުރިއަށް އޮތް ތަނުގައި އިތުރު ޒުވާން ޚަތީބުން ތަމްރީނުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކުގައި ހުކުރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު