އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުންވާހާ ކަމަކަށް އެދެން ލިބުނު ފުރުޞަތުގަ ކަންކަމަށް އެދުމުން އާދައާ ޚިލާފް އަޑަކުން ލިބުނު ޖަވާބުތައް- އެނގުމުން ވަރަށް ފައިދާކުރާނެ!

ބޭނުންވާހާ ކަމަކަށް އެދެން ލިބުނު ފުރުޞަތުގަ ކަންކަމަށް އެދުމުން އާދައާ ޚިލާފް އަޑަކުން ލިބުނު ޖަވާބުތައް- އެނގުމުން ވަރަށް ފައިދާކުރާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

އަހުރެން މިކިޔައިދެނީ ހުވަފެނެއްގައި އަހުރެންނަށް ފެނުނު ކަންތަކެވެ. އަހުރެންނަށް ހުރެވެނީ ހަނަފަސް ބިމެއްގައެވެ. އަހުރެންނަށް އިވެނީ އަޑެކެވެ. ބުނެވެނީ ކަލޭ ބޭނުންވާ ކަންކަމަށް އެދި ދަންނަވާށެވެ! 

އަހުރެން ފުރަތަމަ އެދުނީ ކެތްތެރިކަން ދެއްވެވުމަށެވެ. ޖަވާބުގައި ބުނެވުނީ ކެތްތެރިކަމަކީ ކަލޭގެ އަމިއްލަ މަސައްކަތުން ލިބިގަންނަންޖެހޭ ކަމެއް ކަމަށެވެ. 

ދެން އަހުރެން އެދުނީ އަހުރެންނަށް ފާފައެއް ނުކުރެވޭނެ ގޮތް ހައްދަވައި ދެއްވެވުމަށެވެ. ޖަވާބުގައި ބުނެވުނީ އެއީ އަހުރެން އަމިއްލައަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. ނުބައި ޢަމަލުކުރުން ހުއްޓައިލުމަކީ އަހުރެން އަމިއްލައަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. 

ދެން އަހުރެން އެދުނީ އުފާވެރިކަން ދެއްވެވުމަށެވެ. ޖަވާބުގައި ބުނެވުނީ ކަލެއަށް ވަނީ ވަރަށް ގިނަ ނިޢުމަތްތައް ދެއްވަވާފައި ކަމަށާއި ޝުކުރުވެރިވެ އުފަލުގައި ހުރުމަކީ އަހުރެން ކުރަންޖެހޭ ކަމަށެވެ. 

ދެން އަހުރެން އެދުނީ ތަކްލީފްތައް ކުރިމަތި ނުކުރެއްވެވުމަށެވެ. ޖަވާބުގައި ބުނެވުނީ ތަކްލީފްތައް އަބަދުވެސް ކުރިމަތިވާނެ ކަމަށާއި އެއީ އަހުރެން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމުގެ ފުރުޞަތު ދެއްވެވުމަށް ކަމަށެވެ. 

ދެންވެސް ވަރަށް ގިނަ ކަންކަމަށް އެދުނީމެވެ. ލިބުނު ޖަވާބު އެހެން ފަހަރަކުން ބުނާނަމެވެ. އަދި އެއް ވާހަކަ ބުނެލާނަމެވެ. އެއަޑަކީ ވަރަށް އާދައާ ޚިލާފް އަޑެކެވެ. މިހައި ތަނަށް އެހައި އާދައާއި ޚިލާފް އަޑެއް އިވިފައެއް ނުވެއެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި އެއީ ހުވަފެނެއް ނަމަވެސް އަހުރެންނަށް މިވަނީ ވަރަށް މުހިންމު ފިލާވަޅުތަކެއް ލިބިފައެވެ. އެހެންވެ އެންމެންނަށް ޙިއްޞާކޮށްލީއެވެ.  

މިއީ އަޅުގަނޑަށް އެކުވެރިއަކު ޙިއްޞާކުރި ވީޑިއޯ ކްލިޕެއްގެ ކުރު ޚުލާޞާއެކެވެ. އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިޑާކުރާނެ ކަމަށެވެ.

 

- ފާތުން / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް