އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންނަ ރަމަޟާން މަހުވެސް ދިވެހިންނަށް އުފާވެރިކަން،- އޯގާތެރިކަމާއި އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި މިސަރުކާރަކީ ނަމޫނާ ސަރުކާރެއް!

އަންނަ ރަމަޟާން މަހުވެސް ދިވެހިންނަށް އުފާވެރިކަން،- އޯގާތެރިކަމާއި އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި މިސަރުކާރަކީ ނަމޫނާ ސަރުކާރެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 52 ސިކުންތު

ކޮންމެ އަހަރެއްގެވެސް މުސްލިމުން އެންމެ ބޮޑަށް އިންތިޒާރު ކުރާ މަހަކީ ރަމަޟާން މަހެވެ. ދިވެހިންގެ ތެރޭގައިވެސް ޒަމާނުއްސުރެ އޮންނަ އާދަކާދައާއި ސަގާފީ އުސޫލުތަކުގެ ތެރެއިންވެސް އެންމެ އިސްކަމެއް ދީގެން ރޯދަމަހަށް ތައްޔާރުވާކަމީ ހަގީގަތުގައި ވެސް މުސްލިމު ގައުމެއްގެ ފަރުދުންތަކެއްގެ ގައިން ފެންނަ ރަނގަޅު ސިފައެއްކަން ޔަގީނެވެ. ޒަމާނާއެކު ބަދަލުވަމުން އަންނަ އެކިކަހަލަ ކަންތައްތަކުގެ ތެރެއިން ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެކުވެސް ރަމަަޟާން މަހަށް ބަހައްޓާ ހާއްސަ ކަން ބަދަލުނުވުމަކީ އުފާހުރި ކަމެކެވެ.

އެހެންނަމަވެސް، ރޯދަމަސް ކައިރިވަމުން އަަންނަަ ވަރަކަށް ކަންބޮޑުވުންތައް ވެސް ދަނީ އިތުރުވަމުންނެވެ. ހަރަދުތަކުގެ ކަންބޮޑުވުމެވެ. ކެއިން ބުއިމަށް އަންނަ ބަދަލުތަކުން، ކެއުމުގެ ގަޑިތައް މަދުވިޔަސް، ކާ ވަގުތުތަކުގައި ގޭގޭގެ ސުފުރާތައް މަތީ ކިތަންމެ އާދައިގެ އާއިލާއިންވެސް ބޭނުންވާނީ، އެއާއިލާއެއްގެ މެންބަރުންނަށް ވީއެންމެ ރަނގަޅު ގޮތަކަށް ކެއިން ބުއިން ހަމަޖެއްސޭތޯއެވެ. ހާއްސަކޮށް ރޯދަވީއްލާ ވަގުތުގައެވެ. އަނެއް ކަންބޮޑުވުމަކީ ރޯދަމަހުގެ އަޅުކަންތަކަށް ވަގުތު ދޭން ބޭނުންވާ މިންވަރަށް ނުދެވޭނެތީވެ އެކަމާ ކުރެވޭ ހިތާމައެވެ. އަދި އާއިލާއާއެކު ރޯދަމަހުގެ ދުވަސްތައް ހިމޭންކަމާއި ހަމަޖެހުމާއެކު އުޅެން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ނުލިބޭތީ ކުރެވޭ ފިކުރެވެ. އެއްވެސްއިރެއްގައި ވަކި ރޯދަ މަސްވީތީ މަސައްކަތްތަކަަށް ހުއްޓުމެއް ނާދެއެވެ. ވަޒީފާގެ ގަޑިތަކަށް ބަދަލުތަކެއް އައި ކަމުގައިވިޔަސް އެއްވެސް ވަރަކަށް ވަޒީފާއިން ހާއްސަ ޗުއްޓީއެއް ނުލިބެއެވެ. ގޭގޭގެ ބިލުތައް ނުހަނު ބޮޑުވަމުން އަންނަ ދުވަސްވަރަކަށް ވުމުން ރޯދަ މަހު ފެނާއި ކަރަންޓު ބިލުތަކަށް އިތުރުވާ އަދަދާމެދުވެސް ފިކުރުބޮޑުވެއެވެ، އެހެންކަމުން ރޯދައަށް ތައްޔާރުުވުމުގައި ކިތަންމެ އުފަލެއް ފާޅުކުރި ނަމަވެސް މިކަންބޮޑުވުންތައް އޭގެ ޖާގައިގައި އޮތީ ހަމަ އޮތްގޮތަށެވެ. އެހެންނަމަވެސް، އަހަރުތަކަކަށްފަހު ގައުމުގެ ހިންގުމުގެ އޮނިގަނޑަށް ތަފާތެއް އަތުވެއްޖެކަހަލައެވެ. ކަހަލައެއް ނޫނެވެ. ހަގީގަތުގައިވެސް ބަދަލުތަކެއް އަތުވެއްޖެއެވެ.

ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އަދުގެ ސަރުކާރުން މީގެ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާ ކަމެއް ވަނީ ކޮށްފައެވެ. މިސަރުކާރު ވެރިކަމަށް އައިތާ މާގިނަ ދުވަސްތަކެއް ނުވެ ދިމާވި ރަމަޟާން މަހަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވީ އުފާވެރިި ހަބަރުތަކެކެވެ. 

މިދިޔަ ރަމަޟާން މަހުގެ ފަހު ދިހައެއް، ސަރުކާރުގެ މުވައްޒަފުންނަށް ލުއިކޮށްދިން ވާހަކަ އަކީ ހައިރާން ކުރުވި ވާހަކައެކެވެ. ޔަގީންކުރަން އުނދަގޫވެގެން ދިޔަ ވާހަކައެކެވެ. އެދުވަހުގެ އެވަގުތާ ޖެހެންދެން ރަމަޟާން މަހުގެ ފުރަތަަމަ 10 އެކޭ ފަހު 10 އެކޭ އެއްވެސް ތަފާތެއް ނެތި ކަންތައް އޮތީ ހަމަ އެއްގޮތެއްގައެވެ. އެހެންނަމަވެސް މުޅި އާއިލާ ގޮވައިގެން ފަހު ދިހައެއްގެ ދަރުމައާއި، ސަވާބު ހޯދުމަށް ވަގުތު ހުސްކުރަން ބޭނުންވާ މީހާއަށް ވަޒީފާވެސް އެހާ މުހިންމެވެ، އެހެންކަމުން އެދެކަން އޮތީ ހިތަށާއި ސިކުނޑިއަށް ބުރައަކަށްވެފައެވެ. މި ބުރަ ނައްތާލަ ދިނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.

ހަމަމިއާއެކު ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރި ކާޑުގެ ބާވަތްތަކަކީވެސް ދިވެހިން، އެކަމަކަށް ފަށްފަށުން ޝުކުރުއަދާ ކުރި ކަމެކެވެ. ހަމަމިއާއެކު އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކާބޯތަކެތީގެ ހަރަދު ވަކިމިނެއްގައި ހިފެހެއްޓުމަށް، ރޯދަމަސް ވިޔަތީ އަގުބޮޑު ވިޔަނުދިނުމަށް، ތަކެތީގެ އަގު އުފުލިގެންް ނުދާނެ ހެން އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް މަޝްވަރާތައްކޮށް އެކަމަށްވެސް ހައްލު ހޯދިއެވެ. މިދިޔަ ރަމަޟާން މަހެކޭ އެއްގޮތަށް ކުރިއަށް އޮތް ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލިގެންް ނުދާނެހެން އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް މަޝްވަރާތައް މިހާރު ކުރަން ފަށާފައި ވުމަކީ، މިސަރުކާރުން ކޮށްދޭން ފަށާ އެއްވެސް ކަމަކީ ހުއްޓުމެއް ނާންނާނެހެން، އެއްމިންގަނޑެއްގައި ދެމިއޮންނާނެހެން ކުރިއަށްދާނެ ކަމެއްކަން ދޭހަވާކަމެކެވެ.

މިދިޔަަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރޯދަމަހަށް ދުރާލާ ތައްޔާރުވުމަށް، މިސަރުކާރުން މަސައްކަތް މިވަނީ ފަށާފައެވެ. އެގޮތުން ސަަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯ އިން މިވަނީ ރޯދައާއި ދިމާކޮށް ތަކެތީގެ އަގު އުފުލިގެން ނުދާނެހެން އަގުތައް ކޮންޓްރޯލްކުރުމުގެ މަސައްކަތް ފަށައިފިއެވެ. ރޯދަމަހަށް ތައްޔާރުވުމުގެ މަސައްކަތް ފެށުމަށް އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ވަނީ އެސްޓީއޯގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. އިގުތިސާދީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އެސްޓީއޯއާއެކު މަޝްވަރާ ކުރެވުނީ ތަކެތީ އަގު ހިފެހެއްޓުމަށާއި، މެދުނުކެނޑި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މިކަންކަން އިންތިޒާމު ކުރެވިގެންދާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހަށް އެސްޓީއޯއިން ތައްޔާރުވެއެވެ. އެގޮތުން ކާޑުގެ ބާވައްތަކުގެ އިތުރުން، ފިޔާ ބިސް އަލުވި ފަދަ ތަކެތީ އަގު އުފުލިގެން ނުގޮސް ހިފެހެއްޓުމަށް، މަސައްކަތްތަކެއް ކުރެއެވެ. މީގެ އިތުރުންވެސް ބާޒާރުގައި އަގު އުފުލޭ އެހެން ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށް ވިއްކުމުގެ މަސައްކަތް އެކުންުފުނިން ކުރެއެވެ.

ރޯދަމަހާ ދިމާކޮށް ކާބޯތަކެތީގެ އަގުހެޔޮކުރައްވާނެ ކަމަށް މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާން ކުރައްވާފައެވެ. ހަމައެހެންމެ މިދިޔަ ރޯދަމަހު ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހިލޭ ދިން ކާޑުގެ ބަދަލުގައި މި ފަހަރުގެ ރޯދަމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމަވާފައިވާކަމަށްވެސް ރައީސް ޑރ މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

ހަމަމިއާއެކު ނިމިގެން ދިޔަ ރޯދަމަހު، ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް އެކަމަށް ހާއްސަކޮށްގެން، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ދުރުކޮށްދިން ފަދައިން އަންނަ ރަމަޟާން މަހުވެސް ރައްޔިތުންނަށް އެއުފާވެރިކަން ދޭން ވަނީ ނިންމާފައެވެ. ރައްޔިތުންގެ އެންމެ ބޮޑު ހާސްވުމަކަށް ވެފައިވާ ފެނާއި ކަރަންޓު ބިލުތަކުން އަންނަ ރޯދަމަހުވެސް ލުޔެއް ދިނުމަށް މިސަރުކާރުން ވަނީ ނިންމާފައެވެ.

ކޮންމެއަކަސް އަދުގެ ސަރުކާރުން، ދިވެހި ރައްޔިތުންނާމެދު އޯގާތެރިކަމާއި އަމިއްލަވަންތަ ކަމުގެ އިހުސާސް ކުރުވާފަދަ ގާތްކަމެއް ބަހައްޓައެވެ. ދިވެހިން މިގައުމުގެ ވެރިކަމުގެ އަމާނާތް ހަވާލު ކުރި އަދުގެ ރައީސް ޑރ މުއިއްޒަކީ ދިވެހިންގެ ފުރިހަމަ (ޕާފެކްޓް ޗޮއިސް) ހޮވުމެކެވެ. އިތުބާރުހުރި ޔަގީންކަން ދެވިދާނެ ވެރިއެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު