އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސަރުކާރުން އަމިއްލަ އުފެއްދުންތަކުގެ ހައްގު ހިމާޔަތްކުރުމަށް މަގުފަހިކޮށްދީފި

މިސަރުކާރުން އަމިއްލަ އުފެއްދުންތަކުގެ ހައްގު ހިމާޔަތްކުރުމަށް މަގުފަހިކޮށްދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 49 ސިކުންތު

ދިވެހިރާއްޖޭގެ އުފެއްދުންތެރިންނަށް އައު އުއްމީދެއް ލިބިއްޖެއެވެ. އެއީ އެމީހުންގެ އަމިއްލަ އުފެއްދުންތަކުގެ ހައްގު ރައްކާތެރިކޮށްދިނުމުގެ މަގު ހުޅުވިގެން ދިއުމެވެ. މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކޮށްދީ އޮތް ކަމެކެވެ. މިކަމަކީ ރާއްޖޭގެ އުފެއްދުންތެރިންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަށް ހައްލެއް ގެނެސްދިން ކަމެކެވެ.

ރާއްޖޭގައި މީގެ ކުރިން އުފެއްދުންތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ އެމީހުންގެ އުފެއްދުންތަކަށް ރައްކާތެރިކަމެއް ނެތުމެވެ. ތިމާގެ އަމިއްލަ އުފެއްދުންތައް، ކިތަންމެ މޮޅު ހުނަރަކާއި ޤާބިލުކަމެއް ހުރެގެން، ކިތަންމެ ހިންމަތަކާއި މިންނަތަކާއި ގުރުބާނީތަކެއް ވެގެން، އަދި ހަރަދުތަކެއް ކޮށްގެން ވިޔަސް އުފައްދާ އެ އުފެއްދުމަށް ރައްކާތެރިކަމެއް ނޯންނަކަމުގެ ވާހަކައަކީ އަބަދުަކީ އަބަދުވެސް އެކި ކަހަލަ އުފެއްދުންތެރިންގެ ފަރާތުން އިވޭ ބޮޑު ޝަކުވާއެކެވެ.

މިއަދު މިކަމަށް ވެސް އަދުގެ ސަރުކާރުން މިވަނީ ހައްލެއް ހޯދައިދީފައެވެ. އެހެން އެއްވެސް ސަރުކާރަކުން މިކަމާމެދު ވިސްނައި އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އެޅުމާމެދު ވިސްނާފައެއް ނެތެވެ. އެހެންނަމަވެސް އަދުގެ ސަރުކާރުން މިވަނީ ރާއްޖޭގެ ދިވެހި އުފެއްދުންތެރިންނަށް އަމިއްލަ އުފެއްދުންތަކަށް ރައްކާތެރި މާހައުލެއް އޮތްކަމުގެ ޔަގީންކަން ހޯދައިދީފައެވެ.

މީހެއްގެ އަމިއްލަ ވިސްނުމުން، އޭނާގެ އަމިއްލަ ހިޔާލާއި ފިކުރުން އުފައްދާ ޅެމެއް، ލަވައެއް، ފިލްމެއް، ނުވަތަ ވާހަކައެއް ވިޔަސް އަދި ލިޔުމެއް ވިޔަސް، އޭގެ ހަގީގީ އުފާ އެހެން ބަޔަކު ލިބިގަތަސް މީގެ ކުރިން ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. އާއެކެވެ. އެތަކެއް މަސައްކަތަކުން އޭގެ ކޮޕީރައިޓް ހައްދާ ފާސްކޮށްގެން އަގެއް ދީގެން ނޫނީ އެ އުފެއްދުމަކަށް ރައްކާތެރިކަމެއް ނުލިބެއެވެ. އެފަދަ ގޮތަކަށް އޮތްއިރު އެކަމާ ނޫޅެވޭ މީހެއްނަމަ އެމީހާގެ ހުނަރާއި ގާބިލުކަމުގެ ފޮނިމީރުކަން އެހެން މީހަކު ނިގުޅައިގަތަސް ކުރެވޭނެ ކަމެއްވެސް ނޯވެއެވެ. އެހެންނަމަވެސް މިހާރު އެ ދުވަސް ހިނގައްޖެއެވެ.

ބޮޑެތި އަދަދުތަކުން ޖޫރިމަނާތަކާއި ބަދަލު ނަގައިދެވޭ ގޮތަށް ކޮޕީރައިޓްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަސްދީގު ކުރެއްވުމަކީ ދިވެހި އުފެއްދުންތެރިންނަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެކެވެ.

މިއީ، މިމަހުގެ 2 ވަނަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 56 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ.

މަޖިލީހުން ފާސްކޮށްފައިވާ ބިލުގައިވާގޮތުން މި ގާނޫނަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ސަރަޙައްދުގައި އުފައްދާ އަދަބީ އަދި ފަންނީ އުފެއްދުންތަކާއި ޕަފޯމަންސްތަކާއި އަޑުގެ ރެކޯޑިންތަކާއި ބްރޯޑްކާސްޓްތައް ހިމާޔަތް ކުރެވިގެންދާނެއެވެ. އަދި ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަނެތި އެ މީހެއްގެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އުފެއްދުމާއި ފޯރުކޮށްދިނުން މަނާވާނެއެވެ. ނަމަވެސް އުނގަންނައިދިނުމުގެ ބޭނުމުގައި އެފަދަ އުފެއްދުމެއް ހުއްދައާނުލައި ބޭނުންކުރެވިދާނެއެވެ.

މި އިސްލާހުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ޙައްޤަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ހައްގު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ ކޯޓެއްގައި ދަޢުވާކުރުމުގެ ހައްގު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބެއެވެ. އަދި ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދޭ ހައްގުގެ ބޭނުންކޮށް އެފަރާތުގެ އެ ހައްގަށް އަރައިގަތުން ހުއްޓުވުމަށް ނުވަތަ އެކަމުގެ ސަބަބުން ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމެއްގެ ބަދަލު ހޯދުމަށް ގާނޫނު ހުއްދަކުރާ ކޮންމެ ފިޔަވަޅެއް އަޅައިދިނުމަށް އެދި ދައުވާކުރުމުގެ ހައްގުވެސް އެފަރާތަށް ލިބިގެންދާނެއެވެ.

މި އިސްލާހުގެ ދަށުން ކޮޕީރައިޓަޑް އުފެއްދުންތަކަށް ޙިމާޔަތް ލިބޭ މުއްދަތު 50 އަހަރުގެ ބަދަލުގައި 70 އަހަރަށް ވަނީ އިތުރުކޮށްފައެވެ. މިއީ އުފެއްދުންތެރިންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތުމުގެ ގޮތުން އެ ހައްގަށް އަރައިގަތް ފަރާތުން ގަސްދުގައި ނުވަތަ އެކަށީގެންވާ ފަރުވާ ނުބަހައްޓައި ކުރި އަމަލުގެ ކުޑަބޮޑުމިނަށް ބަލައި އަދަބެއްގެ ގޮތުން އެފަރާތް 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވޭނެއެވެ. މިއީ އުފެއްދުންތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްދީފައިވާ ޙައްޤަކަށް ގަސްތުގައި އުނިކަމެއް އަންނަގޮތަށް އަމަލުކޮށްފިނަމަ ޖިނާއީ އަދަބެއްގެ ގޮތުގައި އޭގެ ކުޑަބޮޑުމިނަށް ބަލައި 50،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް އިސްލާހުގައި ވަނީ ހިމަނާފައެވެ. މިފަދަ ހަރުކަށި އަދަބުތަކެއް ކަނޑައެޅުމަކީ އުފެއްދުންތެރިންގެ ހައްގުތަކަށް އަރައިގަތުން ހުއްޓުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

މި އިސްލާހަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން އުފެއްދުންތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ނެތުމުގެ ސަބަބުން ގިނަ އުފެއްދުންތެރިން ދިމާވެފައިވާ ގޮންޖެހުންތަކަށް މި އިސްލާހުގެ ސަބަބުން ޙައްލު ލިބިގެންދާނެއެވެ.

މި އިސްލާހުގެ ސަބަބުން އުފެއްދުންތެރިންނަށް ލިބޭ ފައިދާތަކުގެ ތެރޭގައި:

1. އުފެއްދުންތަކުގެ ހައްގުތައް ދިގު މުއްދަތަކަށް ރައްކާތެރިކުރެވުން

2. ހައްގުތަކަށް އަރައިގަންނަ ފަރާތްތަކަށް ހަރުކަށި އަދަބު ކަނޑައެޅުން

3. ހައްގުތަކަށް އަރައިގަތުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތު ލިބުން

4. އުފެއްދުންތެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހިތްވަރު ލިބުން

މި އިސްލާހަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާއަށް އައު ފުރުސަތުތަކެއް ހުޅުވައިދޭނެ ކަމެކެވެ. މީގެ ސަބަބުން ގިނަ އުފެއްދުންތެރިން އެމީހުންގެ ހުނަރާއި ގާބިލިއްޔަތު ބޭނުންކޮށްގެން އިތުރު އުފެއްދުންތައް އުފެއްދުމަށް ހިތްވަރު ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ގައުމުގެ އިގުތިސާދަށްވެސް ފައިދާތަކެއް ކުރާނެކަން ޔަގީނެވެ.

މި އިސްލާހުގެ ސަބަބުން އުފެއްދުންތެރިންގެ ޙައްޤުތައް ރައްޤުތައް ރައްކާތެރިކުރެވި، އެމީހުންގެ އުފެއްދުންތަކުގެ އަގު ހިފެހެއްޓި، އެކަށީގެންވާ އަގެއް ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މިއީ އުފެއްދުންތެރިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އެމީހުންގެ މަސައްކަތަށް އިތުރު ހިތްވަރު ލިބިގެންދާނެ ކަމެކެވެ.

އަދި މި އިސްލާހުގެ ސަބަބުން ބޭރުގެ އުފެއްދުންތެރިންނަށްވެސް ދިވެހިރާއްޖޭގައި އެމީހުންގެ އުފެއްދުންތައް ޙިމާޔަތްކުރެވޭނެކަމުގެ ޔަޤީންގެ ޔަޤީންކަން ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މި އިސްލާހު ތަންފީޒު ކުރުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ކަމާބެހޭ އިދާރާތައް ހަރުދަނާކުރުމާއި، އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. މިކަމުގެ ސަބަބުން މި ޤާނން މި ގާނޫނު ތަންފީޒުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

މި އިސްލާހަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާއަށް އައިސްފައިވާ އެންމެ ބޮޑު ކުރިއެރުންތަކުގެ ތެރެއިން އެއް ކުރިއެރުމެވެ. މިއީ އުފެއްދުންތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެމީހުންގެ މަސައްކަތަށް އެކަށީގެންވާ އަގު ލިބި، އުފެއްދުންތެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައި ދިއުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މި އިސްލާހުގެ ސަބަބުން ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާއަށް އައު ޢަޞްރެއް ފެށިގެންދާނެކަން ޔަގީނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު