އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިނުގެ ފެނާއި ނަރުދަމާ ނިޒާމު ރަސްމީކޮށް ރައީސް ހުޅުވައިދެއްވައިފި

ފައިނުގެ ފެނާއި ނަރުދަމާ ނިޒާމު ރަސްމީކޮށް ރައީސް ހުޅުވައިދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރ. ފައިނުގެ ފެނާއި ނަރުދަމާ ނިޒާމު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. 64.2 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ކޮށްފައިވަނީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއިންނެވެ.

މި މަޝްރޫޢުގެ ދަށުން ފައިނުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގައި ހިމެނެނީ 3 ޕަމްޕް ސްޓޭޝަނާއި، ސީ އައުޓްފޯލްއެވެ. މީގެ އިތުރުން، ފެނާއި ނަރުދަމާގެ ފުރިހަމަ ނެޓްވޯކެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ދުވާލަކު 20 ޓަނުގެ ޖުމްލަ ކެޕޭސިޓީ ހުރި 2 އާރް.އޯ ޕްލާންޓް ވެސް ވަނީ ބަހައްޓާފައެވެ.

ރަށުގެ ފެނުގެ ނިޒާމުގައި ފެން ރައްކާކުރުމަށް 2 ޓޭންކް ހިމެނޭއިރު، ވާރޭފެން ރައްކާކުރުމަށް ވަކި ޓޭންކެއް ވެސް ވަނީ ބަހައްޓާފައެވެ. މި ނިޒާމުގެ ޚިދުމަތް ރަށުގެ ހުރިހާ ގޭބިސީތަކަށް ފޯރުކޮށްދިނުމަށްޓަކައި ގޭގެއަށް ކަނެކްޝަން ދީފައިވާކަން ފާހަގަކުރެވެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު