އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިނުގައި އެޓީއެމްގެ އިމާރާތް އެޅުމުގެ މަސައްކަތް ކައުންސިލާ ހަވާލުކޮށްފި

ފައިނުގައި އެޓީއެމްގެ އިމާރާތް އެޅުމުގެ މަސައްކަތް ކައުންސިލާ ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ރ. ފައިނުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ އިމާރާތް އެޅުމުގެ މަސައްކަތް ފައިނު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ. މިކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރެވުނެވެ.

މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، ބަދުރުއްދީން ޙަސަނެވެ. އަދި ފައިނު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކެވެ.

މިއީ މުޅި ރާއްޖެއަށް ބޭންކުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ކަމެކެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށްތަކަށް ބޭންކުގެ ޚިދުމަތް ފުޅާކުރުމެވެ. މި މަޝްރޫޢުގެ ދަށުން ފައިނުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުން، އެ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކުގެ އަސާސީ ޚިދުމަތްތައް ލިބިގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު