އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑޮލަރު ލިބުމުގެ ދަތިކަން ޙަލުކުރެވި ރައްޔިތުންނަށް ފައިދާކުރާނީ ރާއްޖެއަށް ވަންނަންޖެހޭ ބޭރުފައިސާ ބޭންކްތަކަށް މާރުކުރެވިގެން! ސަރުކާރުން އަޅަމުން ގެންދަނީ ހަރުދަނާ ފިޔަވަޅުތަކެއް!

ޑޮލަރު ލިބުމުގެ ދަތިކަން ޙަލުކުރެވި ރައްޔިތުންނަށް ފައިދާކުރާނީ ރާއްޖެއަށް ވަންނަންޖެހޭ ބޭރުފައިސާ ބޭންކްތަކަށް މާރުކުރެވިގެން! ސަރުކާރުން އަޅަމުން ގެންދަނީ ހަރުދަނާ ފިޔަވަޅުތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 32 ސިކުންތު

"ޑޮލަރު ލިބުން ވަރަށް ދަތި! އަދިވެސް ގަންނަން ލިބެނީ ނަވާރަ ރުފިޔާއަށްވުރެ ބޮޑުކޮށް! މިހެން މިވީ ވިސްނާ ނުލައި ކަންތައްތައް އެމީހަކު ކުރާނެ ގޮތަކަށް ކުރަން ދޫކޮށްލާފަ އޮތުމުން. މިހާރު ގެނެވުނު ބަދަލަކުންވެސް އެކަށީގެންވާ ނަތީޖާއެއް ނުފެންނާނެ! އެހެން މިބުނަނީ އެބަދަލުގެ ސަބަބުން ބޭންކްތަކަށް މާރުކުރަންޖެހޭނެ ޢަދަދަކީ ރާއްޖެއަށް ޑޮލަރު ބޭނުންވާ ޢަދަދުގެ ނިޞްބަތުން ވަރަށް ކުޑަކުޑަ އާމްދަނީއަކަށްވާނެތީ. ނަމަވެސް އެއީ ރަނގަޅު ފެށުމެއް!  ކަމެއް ފަށައިގެން ނޫންތޯ ކުރިއަށް ގެންދެވޭނީ!" މިއީ ވިޔަފާރިވެރިއެއްގެ ބަސްކޮޅެކެވެ. 

"ރައީސް ޑރ. މުޢިއްޒު އެކުޅުއްވަނީ އެންމެ ނުރައްކާތެރި ކުޅިވަރު! އެއީ ދުންފަތުގެ އަގުބޮޑުވާނެ ގޮތް ހެދުމާ ޑޮލަރު މާރުކުރަން ޖެއްސުވުން! ނަމަވެސް މި 2 ކަންތަކަކީވެސް އެކަމުން ރައްޔިތުންނަށް ފައިދާކުރާނެ 2 ކަންތައް. އަޅުގަނޑަށް ވިސްނެނީ މި 2 ކަންތަކުގެ ހުރި ނުރައްކާ ރަނގަޅަށް އެނގި ހުންނަވައިގެންވެސް ފިޔަވަޅު އަޅުއްވާކަން އެއީ ރައްޔިތުންނަށްޓަކާ ކޮށްދެއްވާ ވަރަށް ބޮޑު ހެޔޮ ކަމެއްކަމަށް!" މިއީވެސް ހަމަ ވިޔަފާރިވެރިއެއްގެ ބަސްކޮޅެކެވެ. 

މިއަދު ބާޒާރުގައި ޑޮލަރު ލިބެންހުރި އަގަށްބަލާއިރަސްމީ ރޭޓަށްވުރެ 20 އިންސައްތަ ނުވަތަ 25 އިންސައްތަ ބޮޑެވެ. ނަތީޖާއަކީ ބާޒާރުގައި މުދަލުގެ އަގުތައް އުފުލެމުން ދިއުމެވެ. ނިކަމެތި ރައްޔިތުންނަށް ދަތިތައް އިތުރަށް ކުރިމަތިވުމެވެ. 

އިންޑިއާ ފަދަ އިޤްޠިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭރު ފައިސާއިން ވިޔަފާރިކޮށްފިނަމަ އެވިޔަފާރިން ލިބޭ ޑޮލަރު ޤައުމުގެ ބޭންކެއްގައި މަދުވެގެން 6 މަސްދުވަހު އަތްނުލައި ބަހައްޓަންޖެހެއެވެ. އެމުއްދަތުގައި ފައިސާ ބޭނުންނަމަ ޖެހޭނީ ބޭންކްރޭޓަށް މާރުކުރާށެވެ. މީގެ އިތުރުން ބޭރު ފައިސާއިން ކުރާ މުޢާމަލާތުތަކުގެ ފައިސާ ވަކިމުއްދަތެއްގައި ޤައުމަށް އެތެރެނުކޮށްފިނަމަ ޤާނޫނީ ފިޔަވަޅު އަޅައެވެ. 

މިފަދަ އެއްވެސް އިންތިޒާމެއް ރާއްޖޭގައި ހަމަޖެހިފައި ނެތުމުން ބޭންކްތަކަށް ޑޮލަރު ލިބުން ވަނީ ދަތިކަމަކަށްވެފައެވެ. އެހެންވެ ވިޔަފާރިތަކަށް ދޫކުރެވެނީ ކުޑަ މިންވަރެކެވެ. އިތުރަށް ބޭނުންވާ ބައި ޢާންމު ވިޔަފާރިވެރިންނަށް ޖެހެނީ ބޮޑު އަގުގައި ގަންނާށެވެ.  

ޑޮލަރު ލިބޭ ވިޔަފާރިކުރާ ފަރާތްތަކުން ބާޒާރުން ގިނަ ޢަދަދަކަށް ތަކެތި ގަނެއެވެ. އެއިގެ އަގު ރުފިޔާއިން ދެއްކުމުން ވިޔަފާރިތަކަށް ޖެހެނީ ބޮޑުއަގުގައި ޑޮލަރު ގަންނާށެވެ. 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ގިނަވިނަމަވެސް އެނިޞްބަތުން ޑޮލަރު ލިބުން އިތުރެއް ނުވެއެވެ. ސަބަބަކީ ރިޒޯޓްތަކަށްވުރެ ގެސްޓް ހައުސްތަކުގައި ތިބޭ ފަތުރުވެރިންގެ ޢަދަދު ގިނަވުމެވެ. ގެސްޓް ހައުސްތަކަށް ގަންނަ ތަކެތީގެ އިތުރުން ބޭނުންކުރާ ފެނާއި ކަރަންޓަކީ ސަރުކާރުން ޑޮލަރު ޚަރދުކޮށްގެން ފޯރުކޮށްދޭ ޚިދުމަތެކެވެ. 

ސަރުކާރުން ޑޮލަރާއިބެހޭ ޤަވާޢިދުތައް ހަދާއިރު މިކަންވެސް ބެލެންސް ކުރެވޭނެ ގޮތަކަށް ކަންކަންކުރުން މިހުންމެވެ. ހަމައެކަނި ރިޒޯޓްތަކަށް ބަރޯސާވެގެން މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ދެން ފިލުވައި ނުލެވޭނެތީއެވެ. 

ސަރުކާރަށާއި ބޭންކްތަކަށް ޑޮލަރު ލިބުން އިތުރުވެގެން ނޫނީ މައްސަލަ ޙައްލުކުރެވޭނެ ގޮތެއް ނެތެވެ. ވީމާ ޑޮލަރު ލިބޭފަރާތްތަކާއިއެކު މިކަމަށް ފުޅައު ދާއިރާއެއްގައި މަޝްވަރާކުރެވެން އެބަޖެހެއެވެ. ޙައްލު ހޯދޭނީ މަޝްވަރާކޮށް ރަނގަޅު ޙައްލެއް ހޯދިގެންނެވެ. ޑޮލަރު ލިބޭ ފަރާތްތަކުން ކަޅުބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައަށް ޙައްލެއް ހޯދިގެންނެވެ. 

ކަޅުބާޒާރުގައި ޑޮލަރަކަށް 5 ރުފިޔާ އާއި ގާތަށް ބޮޑުއަގުގައި އެވިއްކާ ޑޮލަރު އެބޮޑުއަގުގައި ވިއްކައިގެން އަމިއްލަ ނަފާ ހޯދައި އިތުރުކުރަމުން ގެންދާނަމަ ޑޮލަރުގެ ދަތިކަން ފިލުވައެއް ނުލެވޭނެއެވެ. ޙާލަތު ރަނގަލުކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ބައަކު ނުރުހެނީ އެމީހުންނަށް ކަޅުބާޒާރުގައި ޑޮލަރު ވިއްކައިގެން ލިބޭ ބޮޑު ނަފާ ލިބުމަށް ހުރަސްއެޅޭތީއެވެ.   

ޑޮލަރުގެ ދަތިކަން ޙައްލުކުރަން ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާއި އެކަމުން ރައްޔިތުންނަށް ކުރާނެ ފައިދާ ބަޔާންކޮށް ޕީއެސްއެމުން ވަނީ ވަރަށް ފުރިހަމަ ރިޕޯޓެއް ޢާންމުކޮށްފައެވެ.

 

ޕީއެސްއެމްގެ ރިޕޯޓް:

https://psmnews.mv/151791

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް