އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާސީ މަސްރަހު ހަލަބޮލިކޮށްލަން މަސައްކަތްކުރި ވަރަކަށް ގައުމު ދާނީ ނިކަމެތިވަމުން: ޤާސިމް

ސިޔާސީ މަސްރަހު ހަލަބޮލިކޮށްލަން މަސައްކަތްކުރި ވަރަކަށް ގައުމު ދާނީ ނިކަމެތިވަމުން: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ސިޔާސީ މަސްރަހު ހަލަބޮލިކޮށްލަން މަސައްކަތްކުރި ވަރަކަށް ގައުމު ދާނީ ނިކަމެތިވަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، "2025 ވަނަ އަހަރު ދައްކަންޖެހޭ ސުކޫކާއި ލޯނުތައް ދައްކާކަށް ފައިސާއެއް ނުލިބޭނެ" ކަމަށެވެ. އަދި މިކަން ކެރިވަޑައިގެން ވިދާޅުވާ ކަމަށާއި، ގައުމު ހަލަބޮލިވަމުން ދިޔަ ވަރަކަށް މި ފައިސާ ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާސިމް ދެއްވި އިންޒާރުގައި ވަކިން ޚާއްސަކޮށް ފާހަގަކުރެއްވީ ގައުމު ހަލަބޮލިވެއްޖެނަމަ ރާއްޖެއަށް އިންވެސްޓްކުރާނެ ފަރާތްތަކެއް ނުލިބޭނެ ކަމެވެ. އަދި ގައުމުގެ މަސްލަހަތާއި އަމާންކަން ރިވެތި ގޮތުގައި ދެމެހެއްޓިގެން މެނުވީ އިންވެސްޓްމަންޓްގެ ދޮރުތަކެއް ނުހުޅުވޭނެ ކަމަށާއި، ދަރަނިތައް ވެސް ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޤްތިޞާދީ، އިޖްތިމާޢީ، ސިޔާސީ އަދި ޤާނޫނީ ދާއިރާގައި އުޅުއްވާފައިވާ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން، ދުނިޔޭގެ އެހެން ޤައުމުތަކުގައި ދިވެހިރާއްޖެ 'ބްލެކްލިސްޓް' ކުރުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ މެދު ޤާސިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެހެންނަމަވެސް، ޤާސިމް ސާފުކޮށް ވިދާޅުވެފައިވަނީ މި ވާހަކަތައް ދައްކަވަނީ ވަކި ފަރާތަކަށް ތާއީދުކުރުމުގެ ގޮތުން ނޫން ކަމަށެވެ. އަދި މިހާރުގެ ސަރުކާރާ މެދު ވާހަކަދެއްކުމަށް އަދި އަވަސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު