އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާއެއް: ފިރިމީހާގެ ކުށެއްނެތި ގަދަކަމުން ވަރިވެގެން ދިއަ އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ-

ޙަޤީޤީ ޙާދިސާއެއް: ފިރިމީހާގެ ކުށެއްނެތި ގަދަކަމުން ވަރިވެގެން ދިއަ އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 53 ސިކުންތު

ވަރިކުރުމާ ވަރިވުން ހުއްދަނަމަވެސް ބައިވެރިޔާގެ ކުށެއް ނެތި ކައިވެނި ރޫޅާލުމަކީ ކުރަންހެޔޮވާނެ ކަމެއްތޯ؟  

ކިޔުންތެރިޔާ ކުރައްވާފައިވާ ސުވާލަށް ދަންނަވާލަން އޮތީ ވަރިކުރުމާއި ވަރިވުން ހުއްދައެވެ. އެކަމަކު ބައިވެރިޔާގެ ހިތުގައި ޖެއްސުވުމާއި ބައިވެރިޔާއަށް އަނިޔާވެރިވުން ދެމީހުންކުރެ އެކަކަށްވެސް ހުއްދައެއް ނޫނެވެ. ހަމައެއާއިއެކު ބުނެލަން އޮތީ ބައިވެރިޔާގެ ކުށެއް ނެތި އެކެއްގެ އުފަލަށް ކައިވެނި ރޫޅައިލާ ވަރަށް ގިނަ ބައަކަށް ފަހުން ހިތާމަކޮށް ކަރުނައަޅަންޖެހެއެވެ.  

ފިރިމީހާ ލޯބިން ވަރަށް ރަނގަޅަށް ގެންގުޅެނިކޮށް ގަދަކަމުން ވަރިވާ އަންހެނުންވެސް ތިބެއެވެ. އަދި އަނބިމީހާ ވަރަށް ލޯބިން ވަރަށް އުޅެނިކޮށް ވަރިކޮށް އެއްލައިލާ ފިރިހެނުންވެސް ތިބެއެވެ. ވީމާ ވަކިބައަކު ކުށްވެރިކުރާކަށް ނެތީމެވެ.  

މިފަދަ މައްސަލަތަކާއި ގުޅިގެން ޢިބްރަތްތެރި ވަރަށް ގިނަ ވާހަކަތައް މިއަދުނޫހުގައި މިގެންދަނީ ޝާއިޢުކުރަމުންނެވެ. އަންހެނަކަސް އަދި ފިރިހެނަކަސް ހެޔޮލަފާ ރަނގަޅު ބައިވެރިއެއްގެ ހިތުގައި ޖައްސުވާފަ ކައިވެނި ރޫޅާލަން ހެޔޮ ނުވާނެއެވެ. އެއީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އެއީ އަންހެނަކަށް ދިމާވި ގޮތެވެ! އެފަދަ ޙާލުގައި ޖެހޭ ފިރިހެނުންވެސް މަދެއްނޫނެވެ! މިއީ ޝައިޚް ޢަލީ ޒައިދު ދަރުސެއްގައި ވިދާޅުވެފައިވާ ވަރަށް ޢިބްރަތްތެރި ޙަޤީޤީ ޙާދިސާއެއްގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!  

ސައުދި އަރަބިޔާގައި އުމުރުން ތަފާތު ބޮޑުކޮށް ކައިވެންޏެއް ކުރެވުނެވެ. ކައިވެންޏަށްފަހު ފިރިމީހާ އަންހެން ކުއްޖާގެ މައްޗަށް އިންތިހާއަށް ލޯބި ޖެހި އެކުގައި އުޅެން ބޭނުންވިއެވެ. ނަމަވެސް އަނބިމީހާ ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް ވަރިވާށެވެ. އެހެންކަމުން ފިރިމީހާ އާދޭސްކޮށްކޮށް ހުއްޓައި އޭނާ ވަރިވެގެން ދިއައީއެވެ.  

ދެން އެ ފިރިހެންމީހާ ހުރީ އޭނާއަށް އެ އަނބި މީހާ ދެއްވެވުން އެދި ދުޢާކުރުންމަތީގައެވެ. ހުއްޓައި ޚަބަރު ލިބުނީ ހަމަ އޭނާގެ ޢާއިލާގެ އޭނާއަށްވުރެ އުމުރުން ދުވަސްވީ މީހަކު އޭނާ ވަރިކުރި އަންހެން މީހާ އާއި ކައިވެނި ކުރި ޚަބަރެވެ. ލިބުނު މާޔޫސްކަން ވަރަށް ބޮޑުވިއެވެ.  

ނަމަވެސް ކަންކަން ވެގެންދިއައީ ކިހިނަކުން ހެއްޔެވެ؟ މަހެއްހައި ދުވަސް ފަހުން ހެދި ޓެސްޓަކުން އެނގުނީ އެ އަންހެންމީހާގެ ދެ އުރަމައްޗަށް ކެންސަރު ޖެހިފައިވާ ކަމެވެ. ފިރިމީހާއަށް ޖެހުނީ އަބަދު އަނބިމީހާ ގޮވައިގެން ހޮސްޕިޓަލުތަކުގައި އުޅޭށެވެ. އޭނާގެ ޓޭސްޓްތައް ހެދުމާއި ފަރުވާ ކުރުމުގައެވެ. އެގޮތަށް އެކަންކަމުގައި އަވަދި ނެތި އުޅެއުޅެ ހުއްޓައި 9 ވަނަ މަހުގައި އަންހެން މިހާ ވަނީ ދުނިޔެ ދޫކޮށްފައެވެ.

ވިސްނައިލާށެވެ! އޭނާގެ އަލަތު ފިރިމީހާ، އޭނާގެ އަނބިމީހާ ދެކެވާ ލޯބިން ދުޢާކޮށްކޮށްހުރީ ކައިވެނި ނުރޫޅުމަށެވެ. ނަމަވެސް ކައިވެނި ރޫޅުނީއެވެ. އެކަމުގައި ފޮރުވިގެންވާ ޙިކުމަތް އޭނާއަށް ނުއެނގޭތީ އޭނާ ހިތާމަވެސްކުރިއެވެ.  

ޙަޤީޤަތަކީ އަންހެން މީހާ އޭނާގެ ފިރިމީހާ ދެކެލޯބިނުވާތީ އޭނާއަށް އުފުލަންޖެހެން އޮތް ތަކްލީފުން އެ ފިރިމީހާ ސަލާމަތްކުރެއްވެވުން ކަމަށް ޥިސްނައިފިނަމަ ޢިބްރަތެއް ޙާޞިލުކުރެވޭނެއެވެ.  

ވީމާ ދުޢާ ކުރުމުން އެދޭ ގޮތަށް ކޮންމެފަހަރަކު އިޖާބަ ނުކުރެއްވެވުމަކީ ދުޢާ އިޖާބަ ނުކުރެއްވެވުން ކަމުގައި ނުދެކޭށެވެ. އަހަރެމެންނަށް ރަޙްމަތަކަށްޓަކައި ވެސް ﷲ ތަޢާލާ، އަހަރެމެން ކުރާ ދުޢާ އިޖާބަ ނުކުރައްވަވައި ލަސް ކުރައްވަވަތެވެ. ވީމާ އޮތީ ދުޢާ ކުރުމަށްފަހު ކުރިމަތިވާ މިފަދަ ކަންކަމަށް ވިސްނައި ކެތްތެރިވުމެވެ. ﷲ ތަޢާލާ އެއްވެސް މީހެއްގެ ދުޢާ އިޖާބަ ނުކުރައްވަވައި ދުލެއް ނުކުރައްވަވާނެތެވެ.

 

- ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް