އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައިގެ އަލިފާނުގެ ހޫނުމިން ފަސްސަތޭކަ އަހަރުގެ ރާސްތާއަށް ފޯރާނެކަން އެނގޭއިރު އެއަލިފާނަށް ވަންނަން ޖެހިދާނެކަމަށް މިއަދު ބިރު ނުގަނެ ސަލާމަތްވެވޭނެ ގޮތެއް ނެތް!

ނަރަކައިގެ އަލިފާނުގެ ހޫނުމިން ފަސްސަތޭކަ އަހަރުގެ ރާސްތާއަށް ފޯރާނެކަން އެނގޭއިރު އެއަލިފާނަށް ވަންނަން ޖެހިދާނެކަމަށް މިއަދު ބިރު ނުގަނެ ސަލާމަތްވެވޭނެ ގޮތެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ޙަދީޘްފުޅުގައި ވަނީ މީހަކު ބާރަށް ދަތުރުކުރާނަމަ އުޑާއި ބިމާއި ދެމެދުގައި ހުރީ 500 އަހަރު ދަތުރުކުރުމުގެ ރާސްތާ ކަމަށެވެ. އަޅުގަނޑުމެންގެ އުމުރުގައި މިއުޅެނީ 100 އަހަރު ހަމަ ނުވެގެންނެވެ. ވީއިރު 500 އަހަރުގެ ދުރުމިން ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ!

އެނގިގެން މިދިއައީ ނަރަކައިގެ ހޫނުކަން 500 އަހަރުގެ ރާސްތާއަށް ފޯރާކަމެވެ. ވީމާ 500 އަހަރުގެ ދުރުމިނުން އިޙްޞާޞްކުރެވޭނެ ނަރަކައިގެ އަލިފާނުގެ ހޫނުމިނަށް އެބަ ބިރުވެތިވެވޭހެއްޔެވެ؟

ނަރަކައިގެ އަލިފާނަކީ 500 އަހަރުގެ ދުރުން ހޫނުކަން އިހްޞާޞް ވާނެ އެއްޗަކަށްވާއިރު އެފަދަ ހޫނު އަލިފާނާއިމެދު ބިރުވެތިވުމަށް ﷲ ތައާލާ އެންގެވުމުން އެކަން މިއަދު މިއުޅެނީ ގިނަ ބައަކަށް ޤަބޫލު ނުކުރެވިގެންނެވެ.

ނަރަކައަށް ވެއްޓިގަންނާނީ އަބާއްޖަވެރިން ކަމާއި އެފަދަ މޮޔައިންނަކީ ކޮންބައެއްކަންވެސް ﷲ ތައާލާ ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. "ތިމަން ﷲ އެބައިމީހުންނަށް އުޅެންވާގޮތް ބަޔާންކޮށްދެއްވެވުމުން އެ ގޮތް (އެކަންކަން) ދޮގުކޮށް ފުރަގަސްދިން މީހުންނެވެ."

ދޮގުކުރުން އޮންނާނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ދޮގުކުރާކަމަށް ދުލުން ބުނެ ދޮގުކޮށްލުމެވެ. އެއީ ވަރަށް ފަސޭހަ ގޮތެކެވެ. ދެން އޮތީ އެއަށްވުރެ ބޮޑު ގޮތެކެވެ. އެއީ ދޮގުކުރާ ކަމަށް ދުލުން ނުބުނެ އަމަލުން އެކަން ދެއްކުމެވެ. މިސާލަކަށް ނަމާދު ނުކުރާނެ ކަމަށް ދުލުން ނުބުނި ނަމަވެސް ނަމާދު ނުކޮށް ހުރުމެވެ. "ނަމާދުކުރަންޖެހޭކަން އޭނާއަށް އެނގެއެވެ. ނަމަވެސް ނަމާދެއް ނުކުރެއެވެ. އެފަދަ މީހާއަކީ ބޮޑު ދޮގުވެރިއެކެވެ. އެހެނީ އޭނާ އެވަނީ ﷲ ތަޢަލާގެ އެންގެވުމަށް ފުރަގަސްދީފައެވެ. ﷲ ތާޢާލާގެ ޥަޙީ އޭނާ ދޮގު ނުކުރާނަމަ އޭނާ ނަމާދަށް އަންނާނެއެވެ."

ނަރަކައިގެ އަލިފާނުން ސަލާމަތްވުމަށްޓަކި ނަމާދާއި އެހެނިހެން ހެޔޮ އަމަލުތައް ކުރެވޭނީ މިއަދުއެވެ. މަރުވެ ކައްވަޅަށް ދިއުމުން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހިސާބުން އެބައި ނިމުނީއެވެ. ދެން އަންނާނީ ސުވާލުތަކެވެ. ނުކުރީ ކީއްވެތޯ އާއި ކުރީ ކީއްވެގެންތޯއެވެ. އެހިސާބުން ޖެހޭނީ ޖަވާބުދާރީ ވާށެވެ.

ނަރަކައިގެ އަލިފާނަށް ބިރުވެތިވެ ސަލާމަތްވުމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤްރްއާނުގައި އަމުރުފުޅު ކުރައްވަވައިފައެވެ. އެފަދައިން ﷲ ތާޢާލާ އަމުރުފުޅު ކުރައްވާފައި ވަނިކޮށް ނަރަކައިގެ އަލިފާނަށް ގޮސް ވެއްޓި ގަންނާނީ ބުއްދި ސަލާމަތުން ނެތް މޮޔައިންނެވެ. އެހެނީ އެފަދަ މީހުންނަކީ ﷲ ތަޢާލާއަށާއި ކީރިތި ޤްރްއާނަށް ބިރު ނުގަންނަ މީހުންނެވެ. ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ އާޔަތްތައް ޤަބޫލު ނުކުރާ އަދި އިތުބާރު ނުކުރާ މީހުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް