އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެވެސް ކިޔައިލާތި!: ފިރިމީހާ މަރުމަތީގަ ހެވިފަ އޮވެގެން އެއެދުނު މީހެއްގެ ކިބައިން އެދުނު ގޮތަށް ދެމަފިރިން އެކުގަ މަރުވި ދެމަފިރިއެއްގެ ވަރަށް އާދައާ ޚިލާފް ޙާދިސާއެއްގެ ވާހަކަ-

ކޮންމެވެސް ކިޔައިލާތި!: ފިރިމީހާ މަރުމަތީގަ ހެވިފަ އޮވެގެން އެއެދުނު މީހެއްގެ ކިބައިން އެދުނު ގޮތަށް ދެމަފިރިން އެކުގަ މަރުވި ދެމަފިރިއެއްގެ ވަރަށް އާދައާ ޚިލާފް ޙާދިސާއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

އެއީ ފިރިމީހާގެ ޢުމުރުން 20 އަހަރު އަދި އަނބިމީހާގެ ޢުމުރުން 16 އަހަރުން ފެށިގެން ކައިވެނިކޮށް ވަރަށް ލޯބިން އެކުގައި އުޅުނު ދެމަފިރިންނެވެ. ދުވަހަކުވެސް ދެބަސްވެ އަރައިރުންވުން ފަދަ ކަމެއް ނުކުރެއެވެ. އަދި އެކަކު އަނެކަކަށް ދޭންޖެހޭ ސަމާލުކަން ނުދީގެން ޝަކުވާކުރާކަށްވެސް ނުޖެހެއެވެ.

ކައިވެނީގައި 16 ދަރިން ލިބިފައިވެއެވެ. ހުރިހާ ދަރިންނަކީވެސް ކިޔަވައި ރަނގަޅު ވަޒީފާ އަދާކުރާ ކުދިންނެވެ. މަންމައާއި ބައްޕައަށް އަޅައިލާ ކުދިންނެވެ.  

ފިރިމީހާގެ ޢުމުރުން 80 އަހަރުފުރުނުއިރު މާމަކާފަ އަދި މުނިމާމަ މުނިކާފަ ކިޔާ 60 ދަރިން ލިބިފައިވެއެވެ. އެއިރުވެސް ދެމަފިރިންގެވެސް ޞިއްޙަތު ޢާންމުގޮތެއްގައި ރަނގަޅެވެ. ދެމަފިރިންކުރެ އެކަކަށްވެސް ސީރިޔަސް ބައްޔެއް ޖެހިފައެއް ނުވެއެވެ.  

ދެމަފިރންވެސް އުޅެމުން އައީ ތަޤްވާވެރި ދިރިއުޅުމެކެވެ. ފިރިމީހާގެ ޢުމުރުން 83 ވަނައަހަރު ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންދިއުމުން ބަލާފައި ޑޮކްޓަރުން ބުނީ މާބޮޑު މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް ޢުމުރުން އެހައި ދޮށިވެފައިވާތީ މޮނިޓަރކޮށްލަން އެއް ދުވަހު ހޮސްޕިޓަލުގައި ބާއްވަން ބޭނުންވާ ކަމަށެވެ.  

އެރޭގެ ދަންވަރު 3 ޖެހުމުން ހޮސްޕިޓަލުގެ ކޮޓަރީގައި ދެމަފިރިން އެކުގައި ދަމުނަމާދުކޮށް ދުޢާކޮށްލައިގެން ފިރިމީހާ ތެދުވެ އެނދުގައި އޮށޯތުމުން އަނބިމީހާ މަގަތުގައި އިށީނގެ ބޮލުގައި ފިރުމައިލި ވަޤުތެވެ. ފިރިމީހާ ދޮރާދިމާއަށް ބަލާލައި ހިނިތުންވެލިއެވެ. އަދި ހިނިތުންވެގެން އޮވެ މަޑުމަޑުން ބުންޏެވެ. "ގެންދާނީ ދެމީހުން އެކުގައިދޯއެވެ!" 

އަނބިމިހާއަށް ކަމެއް ގޯސްވާކަމަށް ޝައްކުކުރެވިގެން އަވަސްއަވަހަށް ޝަހާދަތް ލައިދޭން ފެށިއެވެ. އެއަޑު އިވިގެން ސޯފާގައި އިން ފިރިހެން ދަރިފުޅު ދުވެފައި އައިސް ގާތުގައި ހުއްޓުނު ވަޤުތެވެ. މަންމަގެ ބޯ ބައްޕަގެ ބައްޕަގެ މޭމައްޗަށް ވެއްޓުނު ވަޤުތެވެ.  

ތެޅިގެންފައި އިމަރޖެންސީ ރަނގަބީލަށް ފިއްތައިލުމާއިއެކު ޑޮކްޓަރުންނާއި ނަރުހުން ވަޤުތުން އައިސް އަވަސް އަވަހަސް ދެމީހުންގެ ވިންދު ބަލައިލިއިރު ވިންދު ހުއްޓެނީއެވެ. މަޑުމަޑުން ގޮސް ދެމީހުންގެ ނޭވާލުން ހުއްޓުނީއެވެ. މިފަނާވަނިވި ދުނިޔެއާއި ދެމަފރިން އެކުގައި ވަކިވީއެވެ. ފިރިމީހާއަށ ބުނެވުނު ފަދައިން ދެމަފިރިން އެކުގައެވެ.  

ގާތުގައި ހުރެވުނު ދަރިފުޅަށް އެވަޤުތު ލިބުނު ސިހުން ކިތަންމެހައިވެސް ބޮޑެވެ. އެހެންކަމާއިއެކުވެސް ކަންކަން ހިނގައިދިއަ ގޮތް އެނގޭތީ ހިތް އުފަލުން ފުރުނެވެ. އެންމެ ބޮޑު އުފަލެއް ލިބުނީ ބައްޕަ ބޭނުންވި ގޮތަށް ކަންތައްތައް މެދުވެރިވީތީއެވެ. އަދި ޝަހާދަތް ކިޔަމުން ދެމީހުންވެސް ދުނިޔެއާއި ވަކިވީތީއެވެ. އެއީ ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ ކަންތައް ކަމުގައިވާތީއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! އެންމެންހެން އެބުނަނީ ޒުވާބުނުކޮށް ދެބަސްނުވެ އެކުގައި ނުއުޅެވޭނެ ކަމަށެވެ. އެއީވެސް ދިރިއުޅުމުގެ ބައެއް ކަމަށެވެ. އެދެމަފިރިންގެ ކައިވެނީގައި 63 އަހަރު ހޭދައެކުރީ އެކަން ނުކޮށެވެ. ލޯބިންނެވެ. ލޯބިދީގެންނެވެ. ލިބުނު އުފާވެރިކަން ކޮންފަދަ ހެއްޔެވެ؟

 

- މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަ ހަދިޔާއެއް 

- ޢިބްރަތްތެރި ވާހަކަ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް