އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަތީ ތަޢުލީމުގެ ލޯނަށް 1300 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި

މަތީ ތަޢުލީމުގެ ލޯނަށް 1300 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލި ސްޓޫޑެންޓް ލޯނު ސްކީމަށް 1338 އެޕްލިކޭޝަން ލިބިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފިއެވެ.

މިދިޔަ މާރިޗު މަހު ހުޅުވާލި މި ފުރުސަތުގައި 500 ދަރިވަރުންނަށް ލޯނު ދިނުމަށް ހަމަޖެހިފައިވާއިރު، ލިބުނު އެޕްލިކޭޝަންތަކުގެ ތެރޭގައި އަލަށް ހުށަހެޅި 913 އެޕްލިކޭޝަނާއި، މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ޑޮޕް-އަޕްގެ ގޮތުގައި ހުށަހެޅި 259 އެޕްލިކޭޝަން ހިމެނެއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށެވެ.

މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ލޯނު ސްކީމުގެ ދެބައިކުޅަ އެއްބައި ޚާއްޞަކޮށްފައިވަނީ ހައިލީ ޓެކްނިކަލް ދާއިރާތަކަށެވެ. އަދި މި ދާއިރާތަކުން ކިޔެވުމަށް ހުށަހަޅާ ފަރާތްތަކަށް ލޯނަށް ހޮވުމުގެ މަރުހަލާގައި އިތުރު 10 ޕޮއިންޓް ލިބޭނެއެވެ.

ވުޒާރާއިން ފާހަގަކުރި ގޮތުގައި މިހާތަނަށް 646 އެޕްލިކޭޝަން ވަނީ ރިވިއުކޮށް ނިމިފައެވެ. އަދި ކުރީ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ.

މި އަހަރުގެ ލޯނު ސްކީމްގެ ދަށުން މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނަށް އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް ފުރުސަތު ދީފައިވާއިރު، ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންނަށްވެސް އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ލޯނަށް އެދުމުގެ ފުރުސަތު ނިމިފައިވަނީ މިދިޔަ އޭޕްރީލް 30 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު