އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދެމަފިރިންގެ މެދުގަ އުފެދުނު ފޫހިކަން ނައްތާލައި ކުރިއާ އެއްގޮތްގޮތްވާން ކުރި މަސައްކަތްތަކުގެ ތެރެއިން ކިޔުންތެރިއެއްގެ ކާމިޔާބު ތަޖްރިބާއެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ދެމަފިރިންގެ މެދުގަ އުފެދުނު ފޫހިކަން ނައްތާލައި ކުރިއާ އެއްގޮތްގޮތްވާން ކުރި މަސައްކަތްތަކުގެ ތެރެއިން ކިޔުންތެރިއެއްގެ ކާމިޔާބު ތަޖްރިބާއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

ޒަވާޖީ ޙަޔާތުގެ ވަކި ހިސާބަކުން ދެމަފިރިންގެ މެދުގައި ފޫހިކަން އުފެދުމާއި އެޙާލަތުގައިވެސް ދެމަފިރިން ވަކިޥާން ބޭނުން ނުވުމާއި އެހެނަސް އެކުގައި އުޅެން އުނދަގޫވުން ފަދަ ކަންކަން ކުރިމަތިވާތީ ބައެއް ކިޔުންތެރިންގެ ކިބައިން ލިބިވާ ސުވާލުތަކަށް ޖަވާބެއްގެ ގޮތުން މިގެނެސްދެނީ މިފަދަ ޙާލަތެއް މެދުވެރިވި ދެމަފިރިއެއްގެ ތަޖުރިބާގެ ވާހަކައެވެ. 

ޢަމަލުކުރައްވައި ނިކަން ތަޖުރިބާ ކޮށްލައްވަބައްލަވާށެވެ! އެއްވާހަކަ ބުނެލާނަމެވެ. އެދެމަފިރިން ފަދައިން ނަމާދުކުރާ ބައަކަށް ފުރަތަމަވެލައްވާށެވެ! 

އަހަރެން އަހަރެންގެ ބައިވެރިޔާދެކެ ވަރަށް ލޯބިވެއެވެ. އަދި ބައިވެރިޔާވެސް އަހަރެން ދެކެ ވަރަށް ލޯބިވިއެވެ. އެހެނަސް ކައިވެންޏަށް 4 އަހަރުވަރުވީތަނާ ބައިވެރިޔާގެ ލޯބި ގެއްލުންފެށިއެވެ. އުނިވާންފެށިއެވެ. އެކަމަކީ ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. 

ސަބަބެއް ހޯދަން މަސައްކަތްކޮށްކޮށްވެސް އޮޅުންފިލާނެ ގޮތެއް ނުވިއެވެ. ޖަވާބަކަށްވަނީ ބުނެދޭން ނުއެނގޭކަމަށާއި ހަމަ ފޫހިވަނީ ކަމަށެވެ. 

މިކަމާއި ގުޅިގެން މަޝްވަރާކުރުމުން މީހުން ބުނިހާ ކަމެއްވެސް ކުރީމެވެ. އުޅުންވެސް ތަފާތު ގޮތްގޮތަށް ބަދަލުކުރީމެވެ. ބައިވެރިޔާ އުފާވާނެހައި ކަންކަންވެސް ކޮށްދިނީމެވެ. ނުކުރީ އެންމެ ކަމެކެވެ. އެއީ ސިހުރުވެރިއެއްގެ ގާތަށް ގޮސް ފަންޑިތަހެދުމެވެ. އެއީ އަހަރެން އެއްގޮތަކަށްވެސް ޤަބޫލުނުކުރާ ކަމަކަށްވާތީ އެކަމެއް ނުކުރަމެވެ. 

ދުޢާކުރުން ގިނަކުރީމެވެ. ހަމަ ކޮންމެ ނަމާދެއްގެފަހުގައިވެސް ދުޢާކުރީމެވެ. ދަމުނަމާދުގައިވެސް ދުޢާކުރީމެވެ. އިސްތިޣްފާރުކުރުން ގިނަކުރީމެވެ. 

މިގޮތަށް ކަންކަން ކުރަމުން ދަނިކޮށް އަޑު އިވުނު ދަރުސަކާއި ގުޅިގެން އިތުރު މަސައްކަތެއް ފެށީމެވެ. އެދަރުސަކީ އާޔަތުލްކުރުސިގެ މަތިވެރިކަމާއިބެހޭ ގޮތުން އަޑުއިވުނު ދަރުސެކެވެ. އެ ދަރުސްގައި އެންމެ ބޮޑަށް ބާރު އެޅީ ފަތިސް ނަމާދަށްފަހު އާއި މަޣްރިބް ނަމާދަށްފަހު އާޔަތުލް ކުރުސި، އިޚްލާޞް، ފަލަޤް، ނާސް 3 ސޫރަތް 3 ފަހަރު ކިޔެވުމަށާއި ނިދުމުގެ ކުރިންނާއި ކޮންމެ ނަމާދަކަށްފަހު އަދި ގެއިން ނުކުންނަމުން އާޔަތުލްކުރުސި ކިޔެވުމަށެވެ.  

ކޮންމެއަކަސް މަޣްރިބް ނަމާދަށްފަހު 3 ފަހަރަކު ނޫނެވެ. ކިޔެވުނުހައި ގިނައިން ކިޔަވަން ފެށީމެވެ. ވަރުބަލިވުމުން އަމިއްލަ އަތަށް ފުމެލައިގެން ގޮސް ބައިވެރިޔާގެ ގައިގައި އަތްއުނގުޅާލަން ފެށީމެވެ. 

ބައިވެރިޔާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އެކަމަކުން ކަމަށް ބުނާކަށް ނުކުރޭނެއެވެ. ނަމަވެސް ބަދަލު އަންނަން ފެށީ އެކަންކުރަންފެށިފަހުން ކަމަށް ބުނަންކެރެއެވެ. މާގިނަ ދުވަސްތަކެއްނުވެ ހަމަ ކުރީގެ ލޯބި އަހަރެންނަށް އަނބުރައި ލިބުނެވެ. އަދި ފަހުން އެނގުނު ގޮތުގައި ބައިވެރިޔާވެސް އައީ ހަމައެކަން ކުރަމުންނެވެ. އަހަރެން ގާތު ނުބުނަނީއެވެ. 

ކޮންމެއަކަސް އަހަރެންގެ މިތަޖުރިބާ މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާ މިކޮށްލީ ފައިދާއެއް ކުރާނެ ކަމުގެ އުންމީދުގައެވެ. އަދި ބުނެލަން ބޭނުންވަނީ ބައިވެރިޔާގެ ކިބައިން މިފަދަ މައްސަލަތައް ކުރިމަތިވަނީ ޙަޤީޤަތުގައި ފޫހިވެގެން ނޫން ކަމަށާއި ސިޙުރާއި އސްފީނާއިން މިފަދަ ކަންކަން މެދުވެރިވާކަން އެއީ ހަމަ އެނގޭ ކަމެކެވެ. މިފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ނިކަން މި "ފަންޑިތަ" ތަޖުރިބާކޮށްލަބަލާށެވެ! ހަމަ ޔަޤީނުންވެސް ޤުރްއާން ކިޔަވައި ސުންނަތަށް ޢަމަލުކުރުމުން ލިބޭނީ ފައިދާއެވެ!

 

- އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް