އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާ ބަލިވެ އިނުމުން ބާކީކޮށްލި ތަނަވަސް މީހަކަށް ފަހުން ދަރިއަކުވެސް ނުލިބި ހުރިހާ ތަނަވަސްކަމެއް އެދަރިފުޅަށް ލިބުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާ ބަލިވެ އިނުމުން ބާކީކޮށްލި ތަނަވަސް މީހަކަށް ފަހުން ދަރިއަކުވެސް ނުލިބި ހުރިހާ ތަނަވަސްކަމެއް އެދަރިފުޅަށް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 22 ސިކުންތު

އަމީރަކީ ތަނަވަސް ޒުވާނެކެވެ. އޭނާގެ އުމުރުން 25 އަހަރުގައިވެސް އަމިއްލަ ވިޔަފާރިކުރެއެވެ. މުވައްޒިފުންގެ ގޮތުގައި 10 ވަރަކަށް މީހުން ގެންގުޅެއެވެ. އެއިގެ ތެރެއިން އަންހެން ކުއްޖަކަށް ލޯބި ހުށަހަޅައި އޭނާއާއި ގުޅުނެވެ. ނަމަވެސް ބަލިވެ އިންކަން އެނގުމުން އޭނާ އާއި ވަކިވިއެވެ. 

އެހިސާބުން ޒަރީނާއަށް ލިބުނު ހިތާމައިގައި އޭނާ މާލެ ދޫކޮށްލިއެވެ. އޭނާގެ ރަށަށް ބަދަލުވީއެވެ. އަމީރާއި ޢުމުރަށް ވަކިވީއެވެ. އެހެންވެ އެއްވެސް ކަމެއްގެ އެއްވެސް މައުލޫމާތެއް އަމީރަކަށް ނުދެއެވެ.  

އަމީރު 3 ކައިވެނިކުރިއެވެ. ނަމަވެސް ދަރިއަކު ނުލިބެއެވެ. އަމީރަށް ވިސްނެއެވެ. މިއީ އޭނާ ކުރި ކުށުގެ ޖަޒާއެވެ. އެހެން ނޫންނަމަ ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުންނަށް އޭނާއަށް ދަރިއަކު ހޯދައި ނުދެވޭންވީ ކީއްވެގެން ހެއްޔެވެ؟  

އަމީރުގެ އުމުރުން 60 އަހަރެވެ. ވިޔަފާރީގައި ކުރިއަށްދާން އަމިއްލައަށް މަސައްކަތްކުރުމުގެ ވިސްނުން ދޫކޮށްލައި މުވައްޒިފުންނާއި މަސްއޫލިއްޔަތުތައް ޙަވާލުކުރިއެވެ. ކުންފުނި ހިންގުން ޙަވާލުކުރީ ޒަރީރުއާއިއެވެ.   

ކުންފުނި ހިންގުމާއި ޒަރީރު ޙަވާލުވެ ފުރަތަމަ އަހަރު ފުރިގެން ބޭއްވި ޙަފްލާގައި އަމީރު ޒަރިރަށް ވަރަށް ތަޢްރީފްކުރިއެވެ. އެއީ ޒަރީރުގެ މަސައްކަތުން ރަނގަޅު ފައިދާއެއް ކުންފުންޏަށް ހޯދައިދީފައިވާތީއެވެ.  

ޙަފްލާގެ ރަސްމީބައި ނިމި ކެއުމަށް އިންޞާފްކުރުމުގެ ވަޤުތެވެ. ކާތަކެތި ނަގައިގެން ގޮސް ޒަރީރު އިށީނީ އަންހެނަކާއި ފިރިހެނަކު ތިބި މޭޒެއްގައެވެ. އެއީ ޙަފްލާއަށް ޒަރީރު ގެނައި ދެމީހުންނެވެ. އެކަން އަމީރަށް އެނގުމުން އަމީރުވެސް ގޮސް އެމޭޒުގައި އިށީނެވެ.  

އަންހެން މީހާ އިނީ މޫނުބުރުގާއަޅައިގެން ކަމަށްވުމުން އޭނާގެ މޫނެއް އަމީރަކަށް ނުފެނެއެވެ. އެހެންވެ ޒަރީރުއާއި ސުވާލު ކުރިއެވެ. "މިއީ މަންމަ އާއި ބައްޕަ ހެއްޔެވެ؟" ސުޥާލަށް ޖަވާބުދިނީ އަންހެންމީހާއެވެ. "ނޫނެކެވެ. "ޒަރީރުގެ މަންމަ ޢާއި ދޮން ބައްޕައެވެ."  

އެހެންބުނުމާއިއެކު ޒަރީރު ދިއައީ ސިއްސައިގެންނެވެ. މިހައިތަނަށް އޭނާ ހުރީ ދޮންބައްޕައަކީ ބައްޕަކަމަށް ޤަބޫލުކޮށްގެންނެވެ. އެހެންވެ ބުނެވުނެވެ! "މަންމާ!"  

އަމީރަށް ލިބުނު ސިހުން މާބޮޑެވެ. އެއަޑަކީ އޭނާ އާއި ގުޅުން ހުރި އަޑެއްކަން އިޙްޞާބްކުރެވުނެވެ. ކޮންމެވެސް ވަރަކަށް ވިސްނެންވެސް ވިސްނުނެވެ. ނަމަވެސް އިތުރަށް ބަހެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ.  

މަންމަ ވާހަކަ ދައްކަން ފެށިއެވެ. "ދަރިފުޅާއެވެ! މިއީ ކޮންމެވެސް ދުވަހަކުން ދަރިފުޅަށް އެނގެންޖެހޭނެ ކަމަކަށްވާތީ މިކިޔައިދެނީއެވެ. ދަރިފުޅު އެދުނީމާ މިރޭ މިއައި އެންމެ ބޮޑު ބޭނުމަކީވެސް މިވާހަކަ ދައްކައިލާނެ ފުރުޞަތެއް ލިބުމެވެ. ވީމާ މިކިޔައިދެނީއެވެ. ދަރިފުޅުގެ އަޞްލު ބައްޕައަކީ އަމީރެވެ. މިއީ ދޮންބައްޕައެވެ." އެހެން ބުނެފައި މޫނުމަތީގައި އޮތް ފޮތިކޮޅު ނަގައި އަމީރަށް އޭނާއަކީ ކާކުކަން ދައްކައިލިއެވެ. ބުންޏެވެ. "މިއީ ބުރުގާ ނެގީއެއް ނޫނެވެ. އަމީރަށް ޔަޤީންކަން ދިނީއެވެ. އަމީރު ބޭނުންނަމަ ޑީއެންއޭ ހަދާށެވެ!"  

އަމީރަށް ބުނެވުނެވެ. "ކުރެވުނު ފާފައެއް ވަނީ ކުރެވިފައެވެ. ކުރެވުނު ކުށެއްވެސް ވަނީ ކުރެވިފައެވެ. މިއީ އެވާހަކަ ދައްކަންވީ ވަޤުތެއް ނޫނެވެ. ނިކަން ވިސްނައިލަބަލާށެވެ! ނޭނގިނަމަވެސް އަހުރެންގެ ވިޔަފާރި ޙަވާލުކުރެވިފައި މިވަނީ ޙަވާލުކުރަންޖެހޭނެ ފަރާތާއެވެ. މިއީ ތަޤްދީރެވެ. ބައްޕައަށް މާފުކޮށްފައި މަސައްކަތާއިގެން ކުރިއަށްދާށެވެ. މިހާރު ނުދީހުރި ބާރުތައްވެސް މާދަމާ ޙަވާލުކުރާނަމެވެ. ބައްޕަގެ ހުރިހާވެސް ދަރިއަކީ ތިއައީއެވެ. ހަމައެކަނި ބައްޕައަކަށް ނޫނެވެ. މަންމައާއި ދޮންބައްޕައަށްވެސް އެހީތެރިވެގެން ކުރިއަށްދާށެވެ. ބައްޕައަށް ކުރެވުނު ބޮޑުކުށުގެ ކައްފާރާއަކަށެވެ!"  

ދޭނެ ޖަވާބެއްވެސް ޒަރީރަކަށް ނުވިސްނުނެވެ. ބޮލުގެ އިޝާރާތުން "އާނއެކެވެ!" ބުނެފައި އިސްދަށަށް ޖަހައިލީއެވެ.  

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ގެނެސްދޭން ބޭނުންވި ސަބަބަކީ ލޯބިވެގެން އަންހެން މީހާ ބަލިވެ ބައިންދާފައި ނިކަމެތިކޮށްލާ މީހުންނަށް ފިލާވަޅަކަށެވެ. ޒުވާން އުމުރުގައި އެބާވަތުގެ ކުށެއް ކުރެވުނަސް އެދަރިއަށްވެސް ދަރީގެ ޙައްޤު އަދާކުރަން ހިތްވަރުދިނުމަށެވެ. އަމީރަކީ އެކަމުގައި ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކި މީހަކަށްވާތީއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް