އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެވެސް ކިޔައިލާތި!: މަންމައާ ބައްޕަ ބަލައިދޭން 5 ދަރިންގެ ކިބައިން އެދުމުން ދަތިޙާލުގަވެސް އެކަމަށް ކުރިމަތިލި ހަމައެކަނި ދަރިފުޅަށް ތަނަވަސްކަމާ ގެދޮރު ލިބުނު ގޮތުގެ ވާހަކަ-

ކޮންމެވެސް ކިޔައިލާތި!: މަންމައާ ބައްޕަ ބަލައިދޭން 5 ދަރިންގެ ކިބައިން އެދުމުން ދަތިޙާލުގަވެސް އެކަމަށް ކުރިމަތިލި ހަމައެކަނި ދަރިފުޅަށް ތަނަވަސްކަމާ ގެދޮރު ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 8 ސިކުންތު

އަނބިމީހާގެ ޢުމުރަކީ 64 އަހަރެވެ. ފިރިމީހާގެ ޢުމުރަކީ 70 އަހަރެވެ. 5 ދަރިން ލިބި ބޮޑެތިކުރެވިފައިވީނަމަވެސް ކޮންމެ ކުއްޖަކުވެސް ދިރިއުޅެނީ އަމިއްލައަށެވެ. ގޭގައި ދިރިއުޅެނީ ދެމަފިރިން އެކަންޏެވެ.

ދެމަފިރިންނަށް ފައިސާގެ ދަތިކަމެއް ނެތެވެ. ފިރިމީހާގެ މަސައްކަތުން އެކށީގެންވާ ޢަދަދަކަށް ފައިސާ އެއްކުރެވިފައިވާތީއެވެ. އެކަމަކު އެކަން އޮތީ ބޮޑު ސިއްރެއްގެ ގޮތުގައި ބާއްވައިފައެވެ. އެއްވެސް ދަރިއަކަށް އެކަމެއް ނުއަންގައެވެ. 

އަނބިމީހާ ދޭތެރެދޭތެރެއިން ބަލިވާން ފެށުމުން ދަރިއެއްގެ އެހީތެރިކަމަށް ބޭނުންވާން ފެށިއެވެ. އެހެންވެ ދެމަފިރިން މަޝްވަރާކޮށްފައި އެއްދުވަހަކު 5 ކުދިންނަށް ދީގެން ގެއަށް ގެނުވައި ސައިދިނެވެ. ސައިހަދައިދިނީވެސް ބައްޕައެވެ. ވަރުބަލިވާ ވަރުން މަންމައަށް ތެދުވެ ނުއުޅެވޭތީއެވެ. 

ސައިބޮއި ނިމިގެން އެންމެ އެކުގައި ތިބެފައި ބައްޕަ ބުންޏެވެ. "މަންމައަށް ބޭސްކުރަން ޚަރަދުކުރަން ހަދައިގެން އަތްމަތި ހުސްވެއްޖެއެވެ. މިތަނުގެ ކުލި ދެއްކޭކަށްވެސް ނެތެވެ. މަންމަ ޢާއި ބައްޕަގެ ޒިންމާ އުފުލައިދޭން މިހައިތަނަށް ތިއަކުދިންގެ ކިބައިން ނުއެދުނު ނަމަވެސް މިއަދު މިވަނީ ތިއަ ކުދިންގެ އެހޯީތެރިކަމަށް އެދެންޖެހިފައެވެ. ވީމާ ގޮތެއް ނިންމާށެވެ! އަހަރެެމްނ ދެމަފިރިން ބަލައިދޭނެ ދަރިއަކު އަހަރެމެން ގެންދާށެވެ. މިތަނުގައި ބައިތިއްބައިގެން ހުރިހާ ދަރިންވެގެން ބަލައިދިނަސް މައްސަލައެއް ނެތެވެ. ދަރިން ބޭނުންވާ ގޮތަކަށް އެކަން ނިންމާށެވެ!" 

އެހިސާބުން 3 ފިރިހެން ދަރިންގެ އަނބިން އެތަނުން ނުކުތުމުން 3 ދަރިންވެސް އެމީހުންގެ ފަހަތުން ނުކުމެގެންދިއައީއެވެ. އެ 3 ދަރިންގެ ޖަވާބު ފެނުނީ ޢަމަލުންނެވެ. އެމީހުން ދިއަތަނާ ދޮށީ އަންހެން ދަރިފުޅުގެ ފިރިމީހާ އެތަނުން ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން ދަރިފުޅުވެސް ނުކުމެގެންދިއައީއެވެ. ވީމާ އެލިބުނީ އެދަރިފުޅުގެ ޖަވާބެވެ. 

ދެން އިނީ ހަގު އަންހެން ދަރިފުޅެވެ. ކުޑައިރުވެސް މަންމަ ޢާއި ބައްޕަގެ އެހީތެރިކަން އެންމެ ނުލިބުނު ދަރިފުޅާއި އޭނާގެ ފިރިމީހާއެވެ. އެދަރިފުޅު ބުންޏެވެ. "މަންމާއެވެ! ބައްޕާއެވެ! އަހުރެމެން ދިރިއުޅެނީ އެންމެ 2 ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. 3 ދަރިންވެސް ތިބުމާއިއެކު ކުއްލިއަކަށް ބައްޕައާއި މަންމަ ގެންދަން ވަރަށް އުނދަގޫވާނެއެވެ. ނަމަވެސް އަހުރެމްންނަށް ދަތިވިނަމަވެސް މިތަނަށް ކުލިދައްކައިދޭނަމެވެ. މަންމައާއި ބައްޕަގެ ޙާލުބަލާނަމެވެ. ނިކަމެތިވިޔަކަ ނުދޭނަމެވެ. ކައިބޮއި ހަދާނެ ފައިސާ އަތުގައި އެބަހުރިހެއްޔެވެ؟ އަހުރެމެން ބަލާނީ 3 ކޮޓަރީގެ އެޕާތްމަންޓެއް ލިބޭތޯއެވެ. ލިބުނީމާ އެތަނަށް ބަދަލުވެފަ މަންމަމެންގެންދާނެވެ. އެއިރުން ޚަރަދާއިދޭތެރޭ ވިސްނާކަށް ބައްޕައަކަށް ނުޖެހޭނެއެވެ." 

އެހިސާބުން ބައްޕަ ބުންޏެވެ. "ދެދަރިންނޭވެ! މިއީ 4 ކޮޓަރީގެ ތަނެކެވެ. ތިއަ ދަރިން ތިއަ އުޅޭތަން ދޫކޮށްލާފައި މިތަނަށް ބަދަލުވާށެވެ! މިބުނަނީ ތެދަށެވެ. ބައްޕަ މިކުރިކަމަކީ 5 ދަރިން އިމްތިޙާން ކުރީއެވެ. 4 ދަރިން އަމިއްލައަށް ފޭލްވީތާއެވެ. ފާސްތިއަވީ ތިއަ ދަރިފުޅެވެ. މިިތަނަށް މިހާރު ކުލި ދައްކާކަށް ނުޖެހޭނެއެވެ. މިތަން ބައްޕަ މިވަނީ އަގުއަދާކޮށް މިލްކުކޮށްފައެވެ. އަދި ބުނަންހެއްޔެވެ؟ އެއްވެސް މީހެއްގެ ޢުމުރެއް ނުއެނގޭނެއެވެ. ވީމާ ބައްޕައާއި މަންމައަށް ދުނިޔޭގައި ދެން ތިބެވޭނީ ކިތައް އަހަރު ކަމެއް ނުއެނގެއެވެ. ޢާންމު ޢުމުރު ކަމުގައި ވެއްޖެނަމަ ދަރިފުޅަށް ބުރަނުވެ ބައްޕަމެންނަށް ޚަރަދުކުރެވޭނެ ގޮތްވެސް އޮތީ ހަމަޖެހިފައެވެ. ބައްޕަގެ އެކައުންޓުގައިވެސް ފައިސާކޮޅެއް ހުންނާނެއެވެ. އަދި ބައްޕަ ޙިއްޞާވެފައިވާ ވިޔަފާރިއަކުން ބައްޕަމެންނާއި ތިއަ ދަރިންނަށްވެސް އުޅެވޭވަރަށް ކޮންމެ މަހަކު ފައސާ ލިބޭނެއެވެ.  އިން ޝާ ﷲ" 

އަދި ބުނަން ހެއްޔެވެ؟ ބައްޕަމެން ދުނިޔޭގައި ނެތްދުވަހަކުން މިތަނާއި ބައްޕަގެ އަތުގަ އެހައިތަނަށް ހުރިނަމަ ހުރި ހުރިހާ ތަނަވަސްކަމެއް ތިއަ ދަރިފުޅަށް ލިބޭނެ ގޮތަށް ވަޞިއްޔަތްކުރާނަމެވެ. ދަރިންގެ މެދުގައި އިންޞާފްވެރިވާން އޮތްކަން އެނގެއެވެ. އެކަމަކު އެކަމަށްވެސް ޝަރުޠެއް އޮންނާނެތާއެވެ. ދަރިންގެ ޒިންމާއެއްވެސް އޮންނާނެތާއެވެ. އެދަރިން އެމީހުންގެ ބައި ދޫކޮށްލީމާ ބައްޕަ ކަންކަން ކުރާނީ މިމަގުންނެވެ." 

ދަރިފުޅު ބުންޏެވެ! "ބައްޕަ ތިއަ އެދުނު ގޮތަށް މާދަމާ މިގެއަށް ބަދަލުވާނަމެވެ. ނަމަވެސް އެއީ ބައްޕަގެ އަތުގައި ހުރި ތަނަވަސްކަމުގެ ބޭނުމަކު ނޫނެވެ. މަންމައާއި ބައްޕަ ބަލައިދޭށެވެ! އަހަރެމެން ދެމަފިރިންގެ މަސައްކަތުން ލިބޭ އެއްޗަކުން މިހާރުވެސް އުޅޭ ގޮތަށް އުޅޭނީއެވެ." 

ކޮންފަދަ ޢިބްރަތްތެރި ޙާދިސާއެއް ހެއްޔެވެ؟ މައިންބަފައިންނަށް އަޅާލައި އެހީތެރިވެދޭންޖެހޭ ދުވަހު އެކަމުގެ ޒިންމާ އުފުލުމަކީ ދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ ކަމެކެވެ. ތިމާމެންގެ ބޭނުންތައް ނުފުއްދައިވެސް މައިންބަފައިންނަށް އެހީތެރިވެދީ އަޅައިލާނަމަ ﷲ ތަޢާލާ އެދަރިއަކަށް އާޚިރަތް ދުވަހު މާބޮޑު އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

ޢިބްރަތްތެރި ވާހަކަ-

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް