އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ ޚަރަދުތައް ބޮޑުވެފަ ޝަކުވާތައް ގިނަކަމުން ކަރުނައަޅަމުންވެސް ތެދުވެރިވި ޒުވާނަކަށް ބޮޑު ތަނަވަސްކަމަކާ އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ޥާހަކަ-

ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ ޚަރަދުތައް ބޮޑުވެފަ ޝަކުވާތައް ގިނަކަމުން ކަރުނައަޅަމުންވެސް ތެދުވެރިވި ޒުވާނަކަށް ބޮޑު ތަނަވަސްކަމަކާ އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ޥާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 27 ސިކުންތު

ގޭގައި ކަރަންޓް މައްސަލައެއް ދިމާވެގެން ޙައްލުކުރަން ގެނުވި 25 ވަރަކަށް އަހަރުގެ ޒުވާނެކެވެ. އެއިރު ދަންވަރު 11.30 ހާއިރެވެ. މަސައްކަތް ނިންމައި އަގުދިނުމުންވެސް ދާން ނުއުޅެ ޒުވާނާ އެދުނީ 15 ވަރަކަށް މިނިޓް މަޑުކޮށްލުމުގެ ހުއްދައަށެވެ. ސަބަބެއް ކަމަށް ބުނީ ނުކުންނަ ތަނުން ކަމެއް މެދުވެރިވެދާނެތީ ކުރެވުނު މަސައްކަތް ރަނގަޅުކަން ޔަޤީންކޮށްލަން ބޭނުންވާތީ ކަމަށެވެ. 

އުފަލާއިއެކު އެފުރުޞަތު ދީފައި އިރުކޮޅަކުން ބަލައިލިއިރު ޒުވާނާ ލޮލުން ކަރުނަ ފުހެނީއެވެ. މެޑަމް ކަންބޮޑުވެ ޒުވާނާ އާއި ސުވާލުކުރުމުން ކިޔައިދިނެވެ.  

"މެޑަމްއެވެ. ދުވާލު ހަތަރުދަމު މަސައްކަތް އެބަކުރަމެވެ. ކިތަންމެ ދަންވަރަކު މީހަކު ގުޅިޔަސް ގޮސް މަސައްކަތްކޮށްދެމެވެ. ކޮންމެ ދުވަހަކުވެސް އެކަށީގެންވާ ވަރަކަށް އުޖޫރަވެސް ލިބެއެވެ. އެކަމަކު އެއްވެސް ވަރަކަށް ރައްކައުކުރެވޭނެ ގޮތެއް ނުވެއެވެ. މިއަދު ލިބޭ އެއްޗެއް އަނބިމީހާ މާދަމާ ހުސްކުރާނެއެވެ. އެކަމަކު މަކަރު ނުހަދަންވެގެން ލިބޭ އެއްޗެއް ކޮންމެ ދުވަހަކުވެސް އެކުގައި އަނބިމީހާގެ އަތަށް ދެމެވެ.  

މައްސަލައަކީ ހުސްކުރާ ކަމެއްވެސް ނޫނެވެ. ބޮޑެތި ޚަރަދުތައް ނުކުރެވިގެން އަބަދުވެސް ޝަކުވާވެސް ކުރެއެވެ. ފަހަސް ރައްކައުނުކޮށް ބޮޑެތި ޚަރަދުތައް ކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ މިހެން އުޅެއުޅެ ބަލިވެއްޖެއެވެ. އަޅުގަނޑުގެ އަމިއްލަ ގެދޮރެއް ނެތެވެ. މައިންބަފައިންނެއް ނެތެވެ. ހަމްދަރުދީވާނެ އެކަކުވެސް ނެތެވެ. ދިރިމިއުޅެނީ އޭނާގެ ގެދޮރުގައެވެ. އެހެންވެ ކެތްތެރިވަނީއެވެ. އެކަމަކު ކެތްތެރިކަން ކޮޅުން ލައިފިއެވެ. ދެން މިޙާލަތުގައި ރުއިން ނޫން ކުރެވެން އޮތީ ކޮން ކަމެއް ހެއްޔެވެ؟"  

މެޑަމް ވިސްނައިލިއެވެ. ޒުވާނާގެ ހުރި ރަނގަޅުކަމެވެ. އޭނާއަށް ކުރިމަތިވެފައިވާ ޙާލާއިމެދުގައެވެ. ހިތުގައި ހަމްދަރުދީ އުފެދުނެވެ. ބުންޏެވެ! "ޒުވާނާއެވެ! ތިއައީ ދުނިޔޭގައި އުޅެވޭނެ ގޮތެއް ނޫނެވެ. ދައްތައަށް އިތުބާރުކުރާށެވެ! އަނބިމީހާއަށް ނަޞީޙަތްދޭށެވެ! ޤަބޫލުކޮށް އިޞްލާޙްނުވިނަމަ ދޫކޮށްލާފައި މިގެއަށް އަންނާށެވެ! އަމިއްލަ ދަރިއަކު ފަދައިން ބަލާނަމެވެ. އެއްވެސް އަގެއްވެސް ބޭނުމެއް ނޫނެވެ. ދައތަގެ ތިބީ 2 އަންހެން ދަރިންނެވެ. ފިރިއަކު ނެތެވެ. ފިރިމީހާ ވަނީ ނިޔާވެފައެވެ. ތަނަވަސްކަން އެބަހުއްޓެވެ. ތިއަ ކުއްޖާއާއިމެދު ދައްތަ ދެކެން ބޭނުންވަނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ."  

މެޑަމް ބުނި ހެޔޮ ބަސްތަކަށް ޝުކުރުއަދާކޮށްފައި ޒުވާނާ ނުކުމެެގންދަމުން ބުނީ "މަންމަ" ބުނި ގޮތަށް ކަންތައް ކުރާނެ ކަމަށެވެ.  

ކޮންމެއަކަސް އަނބިމީހާއަށް ދިން ނަޞޭޙަތުން އެއްވެސް ފައިދާއެއް ނުކުރުމުން ވަރިކޮށްލާފައި އެގެއަށް ދިއުމުން "މެޑަމް" ޒުވާނާއަށް މަރުޙަބާކިޔައި ހުންނާނެ ކޮޓަރިއެއް ދެއްކިއެވެ. އަމިއްލަ ގެ ކަމަށް ދެކެގެން ގޭގައި އުޅެން ބުންޏެވެ.   

ދުވަސްކޮޅެއްވީތަނާ މެޑަމްގެ ދޮށީދަރިފުޅު އޭނާއަށް ޝައުޤުވެރިވާކަން މަންމައަށް އެނގުމުން ކައިވެނިކޮށްދިނެވެ. ކައިވެނިކޮށްދިނުމުގެ ކުރިން ޒުވާނާއަށް އެއްވެސް ޗަރުޠެއް ނުކުރެއެވެ. ނަމަވެސް ދަރިފުޅަށް ޝަރުޠުތަކެއް ކުރިއެވެ. "ދަރިފުޅާއެވެ. ކައިވެނި ތިއަކުރަނީ އަޅައިލާނެ އެއްވެސް މީހަކު ނެތް ނިކަމެތި މީހަކާއިކަން ދަންނަންވާނެއެވެ. ޚައިވެނިކުރަންވާނީ އެކަން ޤަބޫލުކޮށްގެން ހުރެއެވެ. އޭނާއަށް ދިމާވި ޙާލަތުގެ ސަބަބުން މަތީ ތަޢުލީމް ލިބިފައެއް ނެތެވެ. އެކަމަކު އަންތބަކު ގޮވައިގެން އުޅެވޭނެ ވަރަށ އޭނާގެ މަސައްކަތުން އާމްދަނީ އެބަ ހޯދައެވެ. އޭނާގެ ކުރީގެ އަނބިމީހާ ފަދަ އަންހެނަކަށް ވެގެންނުވާނެއެވެ. އަދި ބުނަން ހެއްޔެވެ؟ ނިކަމެތި މީހަކާއި ކައިވެނިކޮށް ލޯބިން އުޅޭނަމަ އެމީހަކަށް މާތް ﷲ ގެ ލޯބިވެވޮޑިގަތުން ލިބޭނެއެވެ. އެއިރުން ނުލިބޭނެ އުފާވެރިކަމެއް ނުއޮންނާނެއެވެ."  

ކައިވެންޏަށްފަހު ގޭގެއަށް ގޮސް މަސައްކަތްކުރުން ހުއްޓުވައި މަސައްކަތްކުރާނެ ތަނެއް ހަމަޖައްސައިދިނެވެ. ގޭގެއަށް ފޮނުވާނެ މުވައްޒިފުން ގެންގުޅެން މަގުފަހިކޮށްދިނެވެ. އެކަންކަން ކޮށްދިނުމުން ތިއަހައި ބޮޑު ޚަރަދެއް ތިއަކުރީ ކީއްވެގެންތޯ ސުވާލުކުރުމުން އަނބިމީހާ ބުންޏެވެ. "މަސައްކަތުދާ ގެއަކުން ތިބާ ޖަހައި ގަންނާނެ ފުރުޞަތު ނުދޭންވެގެންނެވެ. އެހެން އެއްވެސް ބޭނުމެއް އޮވެގެނެއް ނޫނެވެ."  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެއްގެ ކުރު ޚުލާޞާއެކެވެ. މިވާހަކަ ކިޔާފައި އަޅުގަނޑަށް ރޮވުނެވެ. އެއީ މިފަދަ ޒަމާނެއްގައިވެސް ކެތްތެރިވެ ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރާ ޒުވާނުން ތިބިކަން އެނގުމުންނެވެ. ހަމައެއާއިއެކު ކެތްތެރިކަމުގެ އަގު ދުނިޔޭގައިވެސް ލިބުމަށް އެއްވެސް އިމެއް ނެތަކަން ޤަބޫލުކުރެވުމުންނެވެ.  

ޔަޤީންކުރަންވީ ތެދވެރިކަމާ ކެތްތެރިކަމަށް ﷲ ދުނިޔޭގައިވެސް ދެއްވަވާ ބަދަލުގެ ފުރިހަމަކަމެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް