އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: މަންމައަށްޓަކާ ޙަޔާތް ޤުރްބާންކުރަމުން ދިއަ ރީތި ޒުވާން އަންހެން ކުއްޖަކަށް ދުނިޔެއިން ލިބޭނެ އެންމެ ބޮޑު އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: މަންމައަށްޓަކާ ޙަޔާތް ޤުރްބާންކުރަމުން ދިއަ ރީތި ޒުވާން އަންހެން ކުއްޖަކަށް ދުނިޔެއިން ލިބޭނެ އެންމެ ބޮޑު އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 1 ސިކުންތު

އެއީ 24 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. އެހައިމެ ރީތިވެސް ކުއްޖެކެވެ. ހުރީވެސް ކިޔަވައިގެންނެވެ. ނަމަވެސް ދިރިއުޅުމަކަށް ދެވޭކަށް ނެތެވެ. ވަޒީފާއަކަށްވެސް ދެވޭކަށް ނެތެވެ. މަންމަގެ ބަލި ޙާލުހުރިގޮތުން މަންމައާއި ދުރުގައި އުޅެވެން ނެތުމުންނެވެ. ބަލިޙާލުގައި އޮތް މަންމަ ބަލައިދޭނެ ފިރިހެނަކާއިވެސް ބައްދަލުނުވާތީއެވެ.  

އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. ގޯތިތެރޭގައި ތަރުކާރީ އާއި މާމެލާމެލި ހައްދައިގެން އެވިއްކައިގެން ލިބޭ އެއްޗަކުން މަންމަ ބަލަހައްޓަން މަސައްކަތްކުރެއެވެ. ނަމަވެސް މައްސަލައަކަށްވަނީ މަންމައަށް ބޭސްފަރުވާ ކުރާނެ ވަރަށް ފައިސާ ނުލިބޭ ކަމެވެ.  

އެއްދުވަހަކު ނާސަރީއަކުން ފެނުނު ވަރަށް ރީތި ފިފެންމާ ކުރިއެއް ގަތެވެ. ގެންގޮސް ގޭގައި އިންދަމުން ބުނެލިއެވެ. "މިގަހުގައި އަޅާ މައުހާ ރީތި ދިރިއުޅުމެއް އަހުރެންނަށް މިގަހުން ލިބޭނެއެވެ. އިން ޝާ ﷲ."  

ދުވަސްކޮޅަކުން ގަސް ހެދި މާއަޅަން ފަށައިފިއެވެ. ފުރަތަމަ އެޅި 3 މާ ރީތިކޮށް ޕެކްކޮށްލައިގެން ވިއްކަން ނުކުމެ ހިނގަނިކޮށް ރެސްޓޯރަންޓެއްގެ ބޭރުގައި ކާން އިން މީހަކު ފެނުނެވެ. ގޮސް އޭނާގެ ކަރީގައި ހުއްޓިފައި މަލެއް ގަނެފާނަންތޯ ސުވާލުކުރިއެވެ. އަގު އެހުމުން ބުނީ ހިތުން ރުހުމުން ދިން ވަރެއް ކަމަށެވެ.  

އޭނާ ބުންޏެވެ. " 3 މާވެސް ގަންނާނަމެވެ. އެކަމަކު އަހުރެންނާއިއެކު މިތަނުގައި އިނދެ އިހަސް ރަނގަޅަސް ކާށެވެ." އެކުއްޖާ ބުނީ ދިން ދަޢުވަތަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށެވެ. ނަމަވެސް މަންމަ ނުކައި އެހައި ބަލިޙާލުގައި އޮއްވައި މިފަދަ ތަނަކުން ކާން އުނދަގޫ ކަމަށެވެ. 

ޒުވާނާ އަވަސް އަވަހަށް ބިލްދެއްކިއެވެ. ބޭނުންވީ އޭނާގެ މަންމަ ދެކެލަންދާށެވެ. އަންހެންކުއްޖާ އެކަމަށް ރުހުމުން ދެމީހުން އެކުގައި ގޮސް ގެއަށް ވަދެ މަންމަ އާއި ބައްދަލުކުރިއެވެ. ޒުވާނާއަށް ވަރަށް އަސަރުކުރިއެވެ. ބުންޏެވެ. "މަންމާއެވެ! އަހުރެންގެ މަންމަ ވަނީ ނިޔާވެފައެވެ. ވީމާ މަންމައަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުން މަންމަމެން ދެމައިންގެ ހުރިހާ ޚަރަދަކާއި މިޙަވާލުވީއެވެ. އަވަހަށް ހޮސްޕިޓަލަށް ދަމާ ހިނގާށެވެ."  

ހޮސްޕިޓަލަށް ގެންދިއުމުން ވަގުތުން މަންމަ އެޑްމިޓްކުރިއެވެ. އަދި އެއްވެސް މީހަކަށް މަންމަ ޢާއި ބައްދަލުކުރެވޭނީ ކޮންމެ ދުވަހަކު ހަވީރު 1 ގަޑިއިރުގެ ވަޤުތަކަށް ކަމަށްވެސް ބުންޏެވެ. އެހިސާބުން ޒުވާނާ ބުނީ އެދެމީހުން މިވަޤުތު ހޮސްޕިޓަލުން ދަނީ ކަމަށެވެ. އެއްވެސް ކަމަކަށް ބޭނުންވެއްޖެނަމަ އޭނާގެ ނަންބަރަށް ގުޅުމަށެވެ.  

އެެހން ބުނެފައި އަންހެންކުއްޖާ ގޮވައިގެން ނުކުމެ ކާރަށް އަރާފައި ބުންޏެވެ. "އަހުރެން ތިބާއަށް ދޭން އޮތް ސާޕްރައިޒް ނުވަތަ ޙައިރާންކަން ވަރަށް ބޮޑެވެ. ޤަބޫލުކުރާނަން ހެއްޔެވެ؟"  

ޖަވާބުގައި އަންހެން ކުއްޖާ ބުނީ އޭނާގެ ޢިއްފަތްތެރިކަން ނުގެއްލޭނެ ކޮންމެ ކަމަކަށްވެސް ކެތްތެރިވާނެ ކަމަށެވެ. އަދި އެނޫން ގޮތަކުން ސިއްސުވައި ނުލެވޭނެ ކަމަށެވެ. މަންމަ އޭނާ ތަރުބިއްޔަތުކޮށްފައި ހުރީ ކަންކަމަސް ކުރިމަތިލާން ކެރޭނެ ގޮތަށް ކަމަށެވެ.  

ޒުވާނާ ޖަވާބެއް ނުދެއެވެ. ކާރުދުއްވަމުން ގޮސް މަޑުކުރީ ކައިވެނިކޮށްދޭ މީހެއްގެ ގެއަށެވެ. ބެލްޖަހައި އެތެރެއަށް ވަދެފައި ބުންޏެވެ. "އަހުރެން މިއައީ ކަމަކުއެވެ. މިއަންހެން ކުއްޖާގެ ގާތުގައި އަހައި އަހުރެންނާއި ކައިވެނިކުރަން ރުހޭނަމަ އަހުރެމެން ދެމީހުންގެ ކައިވެނިކޮށްދޭށެވެ."  

އަންހެން ކުއްޖާ ބުންޏެވެ. "އަހުރެންގެ ކުށެއް ޘާބިތުނުވާހައި ހިނދަކު ވަރިކޮށް އެއްލައިނުލަން މިނާ އެއްބަސްވާނަމަ އަހުރެން މިހުރީ ކައިވެނިކުރަން ރުހިގެންނެވެ. އެސުވާލުކޮށްލަދީފައި ކައިވެނި ކުރިއަށް ގެންދާށެވެ."  

ކައިވެނިކޮށްދޭ މީހާ ޙައިރާންވިއެވެ. ދެމީހުންގެ މެދުގައި ވާހަކަ ދެކެވި އެއްބަސްވެގެން ނޫނީ ކައިވެނިކުރަން އައުމަކީ ކުރިމަތިވާ ކަމަކަށް ނުވާތީއެވެ. އެހެންކަމާއިއެކުވެސް ދެމީހުން އެދުނު ގޮތަށް ދެމީހުންނާއި ސުވާލުކޮށް ޖަވާބުދިނުމުން ކައިވެނިކޮށްދިނެވެ.  

ކައިވެނީގެ ކަންކަން ނިމުމުން ފުރަތަމަ ދިއައީ އޭނާގެ އޮފީހަށެވެ. އޮފީހަށް ގޮސް އެދުވަހު ކުރަން ހުރި މަސައްކަތް ނިންމާލުމަށްފަހު މުވައްޒިފުން ގެނެސް ކުދަ ޗުއްޓީއެއް ނަގަނީ ކަމަށް ބުނެފައި ނުކުމެގެން ދިއައީ ފިރިމީހާގެ ގެއަށެވެ. ބޮޑު ތަނަވަސްގެއެކެވެ. ނޯކަރުންތައް ބައިވަރެވެ.  

ސިޓިންރޫމްގައި ދެމީހުން އިށީނދެލާފައި ފިރިމީހާ ބުންޏެވެ. "ރޭ އަހުރެންނަށް ހުވަފެނެއް ފެނުނެވެ. އެހުވަފެނުގައި ފެނުނީ އަހުރެންގެ މަންމައެވެ. މަންމަ ހުރީ ފިނިފެންމަލެއް ހިފައިގެންނެވެ. ބުންޏެވެ. "ދަރިފުޅާއެވެ! ހަމަ މިކަހަލަ މަލެއް ހިފައިގެން ހުރި އަންހެން ކުއްޖަކު ވަރަށް އަވަހަށް ދަރިފުޅާ ބައްދަލުކުރާނެއެވެ. އޭނާގެ އަތުން މައު އަތުލާށެވެ! އަދި އެކުއްޖާއަކީވެސް މާފުރިހަމަ މަލެކެވެ. އެމައު ދަރިފުޅު ބިނދެފިނަމަ ދަރިފުޅަށް ޢުމުރަށްވެސް ފިނިފެންމަލުގެ އުފާވެރިކަން ލިބިލިބި ހުރެވޭނެއެވެ. ކޮންމެވެސް އެމައު ދޫކޮށްނުލާށެވެ! މޯޅިވިޔަނުދީ ގެންގުޅޭށެވެ!  

އެއީ ހުވަފެނެކެވެ. ފެންނަ ކޮންމެ ހުވަފެނެއް ދިމައެއްވެސް ނުވާނެއެވެ. ނަމަވެސް ރޭފެނުނު ހުވަފެން މިއޮތީ މެންދުރުވުމުގެ ކުރިން ދިމާވެފައެވެ. އަހުރެން ކުރި ހުރިހާ ކަމެއް މިކުރީ މަންމަ ބުނި ގޮތަށް ކަންކަން ކުރާށެވެ! އަހުރެން އަހުރެންގެ ރަނގަޅުވާހަކަ ދައްކާކަށް ނެތީމެވެ. އެކަން ތަޖުރިބާކުރަމުން ގެންދާށެވެ! މިއީ ހަމަ ތިބާގެވެސް ގެއެވެ. ބޭނުން ގޮތަކަށް އުޅޭށެވެ. މަންމައަށް ޝިފާ ލިބުމުންވެސް ގެންނާނީ މިގެއަށެވެ. މަންމަ އަށް ދޭނީވެސް އަހުރެންގެ މަންމަ އުޅުނު ބޮޑު ކޮޓަރިއެވެ."  

އަންހެން ކުއްޖާއަށް ބުނެވުނެވެ. "ހުވަފެނަކު ނޫނެވެ! އަހުރެންގެ މަންމަ އަބަދުވެސް ބުނެއެވެ. މަނަމް އެންމެ ގިނައިން ދުޢާކުރަނީ ދަރިފުޅަށް ހެޔޮލަފާ ރަނގަޅު ފިރިއަކު ދެއްވެވުން އެދިގެންނެވެ. އަވަސްއަރައި ނުގަންނާށެވެ! އިރާދަ ދަރިފުޅަށް ލިބޭނީ ހެޔޮލަފާ ފިރިއެކެވެ."  

އެދެމަފިރިން އެކުގަ އުފަލުގައި ދިރިއުޅެމުން އައިސް މިހާރުވަނީ ކައިވެންޏަށް 40 އަހަރުވެފައެވެ. މިވާހަކަ ފޭސްބުކްގައި ލިޔެފައިވަނީ 40 އަހަރުފުރުން ފާހަގަކުރާށެވެ!

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް