އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ފުއްޕާ މައިދައިތައެއްގެ އަޅުވެތިކަމުގަ ދުވަސްތައް ބޭކާރުނުކޮށް ގައިގަ ވަރުހުއްޓާ އެހެން ގޮތެއް ހޯދުމުން ކުރާ ފައިދާ މާބޮޑުވާނެކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ފުއްޕާ މައިދައިތައެއްގެ އަޅުވެތިކަމުގަ ދުވަސްތައް ބޭކާރުނުކޮށް ގައިގަ ވަރުހުއްޓާ އެހެން ގޮތެއް ހޯދުމުން ކުރާ ފައިދާ މާބޮޑުވާނެކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 41 ސިކުންތު

ކައިވެނިކޮށްދިން ޤާޟީ ޚުޠުބާކީއިރު އަހުރެންވެސް އިނީ ވަރަށް ރަނގަޅަށް ވިސްނައި ކަނުލައި އަޑުއަޙާށެވެ! ތަކުރާރުކޮށްވެސް ބުނީ ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވެގެން ލޯބިން އެކުގައި އުޅުމަށާއި ވަފާތެރިވުމަށާއި އެކަކު އަނެކަކަށް އެހީތެރިވުމަށާއި ފިރިމީހާގެ ސިއްރުތައް ހިފެހެއްޓުމަށާއި ބަލިވީމާ އަޅައިލުމަށާއި ދަރިން ލިބުނީމާ ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމަށެވެ. 

ފިރިމީހާގެ މައްޗަށް އިތުރު ޝަރުޠުތަކެއް ކުރިއެވެ. އެއީ އަހުރެންނަށް ޚަރަދުކުރުމާއި އަހުރެންނަށް ހިމާޔަތާއި ރައްކައުތެރިކަން ދިނުމަށާއި އަހުރެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. 

ކައިވެނީގެ ރަސްމިއްޔާތު ނިމިގެން ފިރިމީހާ ބޭނުންވީ އޭނާގެ ގެއަށް އަހުރެން ގެންދާށެވެ! އެވަޤުތުވެސް ބުނީމެވެ. "އަހަރެންގެ ގޭގައިވެސް އުޅެވިދާނެއެވެ. އެކަމަކު އަމުރަށް ކިޔަމަންތެރިވާނަމެވެ. އެކަމަކު ހަންދާންކުރަންޖެހޭނެ ކަމެއް ބުނެފާނަމެވެ. އަހުރެންގެ މައްޗަށް ޤާޟީ ކުރި އަމުރުތަކުގެ އިތުރަށް އަހުރެންނަށް އެއްވެސް ކަމެއް މަޖުބޫރުކުރުވައިގެން ނުވާނެއެވެ. އަހުރެން ކައިވެނި މިކުރީ ތިބާއާއިއެވެ." 

ޖަވާބުގައި ފިރިމީހާ ހިނިތުންވެލިއެވެ. އިތުރު ވާހަކައެއް ނުދައްކައެވެ. އަހުރެންވެސް ނުދައްކަމެވެ. ކާރުގައި ފިރިމީހާގެ ގެއަށް ދިއައީއެވެ. 

އެގޭގައި އުޅޭތާ 4 ވަނަ ދުވަހެވެ. އޮފީހުން އައިސް ފެންވަރާލައިގެން ނުކުމެ ސައިބޯން ފެށިތަނާ މައިދައިތަ އައިސް ކުރިމަތީގައި އިށީނދެފައި ފުރަތަމަވެސް ކުރީ އަމުރެވެ. "މިރޭ ވަރަށް ގިނަ މީހުން ކާން އެބަ އައުދެއެވެ. މަދުނުވާ ވަރަށް ކައްކާށެވެ! ފުރިޖުގައި ކުކުޅާ ގެރިމަސް ހުންނާނެއެވެ. ބޭނުންވާނެ އެހެން އެއްޗެތިވެސް ހުންނާނެއެވެ. އެއްޗެއް މަދުވެއްޖިއްޔާ ގަނެލާށެވެ." 

ދިއައީ ސިއްސައިގެންނެވެ. އެގޭގައި މައިދައިތަގެ އިތުރުން އެކި ޢުމުރުގެ 5 އަންހެނުން އުޅެއެވެ. އެކަމަކު އެހާ ބައިވަރު ކައްކަން އަހުރެންނަށް އެކަނި އަމުރުކުރީތީއެވެ. އެހެންވެ ޖަވާބެއް ނުދެމެވެ. ކޮޓަރިއަށް ގޮސް އޮތީއެވެ. ކައްކާކަށް ނުނުކުންނަމެވެ. އެއީ ފުރަތަމަ ދުވަހު އެކަނި ކައްކައިދީފިނަމަ އެކަން އާދައަކަށްހަދާނެކަން އެނގޭތީއެވެ. 5.30 ހައިއިރު ނުކުތްއިރު އެންމެންވެގެން ކައްކަން އުޅެއެވެ. އެހެންވެ ބަދިގެއަށް ގޮސް މަސައްކަތުގައި ބައިވެރިވީމެވެ. 

ދޭތެރދޭތެރެއިން މިބާވަތުގެ ކަންކަން މެދުވެރިވެއެވެ. އެކަމަކު ބަހެއް ނުބުނަމެވެ. އެހެން އުޅެމުން އައިސް އެއްރޭ ކައިނިމިގެން ސިޓިންގރޫމްގައި އިންދާ މައިދައިތަ ބުންޏެވެ. "މިގޭގައި އުޅެވޭނީ އަހުރެން ބުނާ ގޮތަކަށެވެ." އެއަކަށް ޖަވާބެއް ނުދެމެވެ. ޖަވާބު ނުދިނިމާ ބަނދިވަރު ދިގުކުރަމުން ގޮސް މާދިގުވާންފެށީމާ ބުނީމެވެ. "އަހުރެން ކައިވެނިކުރީ ފިރިމީހާ އާއިއެވެ. މިގެއަކާ ނޫނީ މިގޭ އެންމެންނަކާ ނޫނެވެ. މިގެއަށް އަހުރެން ގެނައީ ފިރިމީހާއެވެ. އެއްވެސް މައްސަލައެއް އޮތިއްޔާ ފިރިމީހާ އާއި ވާހަކަދައްކާށެވެ. ކައިވެނީގެ ޚުޠުބާ ކިޔައިދިން އިރުވެސް ބުނީ ފިރިމީހާގެ ކަންކަން  ކުރުމަށެވެ. ގޭގެ ނޯކަރަކަށްވާކަށް ނުބުނެއެވެ. އެހެން ބުނިނަމަ ކައިވެނި ނުވެސް ކުރާނަމެވެ. އެހިސާބުން މަޖިލީހުން ތެދުވެ ދުވެ ފިލާނަމެވެ." 

އެހިސާބުން މައިދައިތަ މަސައްކަތް ފެށީ ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދުވާށެވެ! އަހުރެން ހިލޭ ފިރިހެނުންނަސް ފޯނުކުރާ ވާހަކަ ފަދަ ވާހަކަތައް ދޮގުހަދައިގެން ދައްކަން ފަށައިފިއެވެ. ފިރިމީހާ ސުވާލުތައް ކުރަން ފަށައިފިއެވެ. އެކަންވެސް މާމައްޗަށް ދިއުމުން ބުނީމެވެ. "މިހާރު މިދިއައީ ތަންކޮޅެއް މައްޗަށެވެ. މިޖެހެނީ ކޮން މައްސަލަތަކެއްކަން އެނގިހުރެވެސް އަހުރެންނަށް ޝައްކުކޮށް ބަސްބުނަނީ ހެއްޔެވެ؟ ދެން ރަނގަޅުވާނީ މިހިސާބުން މިކަން ނިންމައިލިއްޔާއެވެ. އަހުރެން މިދަނީ އަހުރެންގެ ގެއަށެވެ. ދިރިއުޅޭނެ މިނޫންތަނެއް ހޯދާފައި ބަލާ އަންނަން މަސްދުވަސްދޭނަމެވެ. ބަލާނައިނަމަ ވަރިވާން ފޯމުލާނަމެވެ." 

އެެހން ބުނެފައި ނުކުމެގެންދާން އުލެން ފެށުމުން ނުކުތަކަ ނުދިނެވެ. އެހެންވެ ގަދަކަމުން ނުކުންނާކަށް ނުއުޅެމެވެ. އަނެއް ދުވަހު އޮފީސް ނިމިގެން ދިއައީ އެގެއަކަށް ނޫނެވެ. އަޅުގަނޑުމެންގެ ގެއަށެވެ. 

ފިރިމީހާ އަޅުގަނޑާއި ބައްދަލުކުރަން އައީ 3 ދުވަސްފަހުންނެވެ. ބުނީ މަންމަ ވަރަށް ދެރަވެއްޖެ ކަމަށާއި ދެން އެބާވަތުގެ ކަންކަން ނުކުރާނެ ކަމަށް ބުނިކަމަށެވެ. އަޅުގަނޑު ބުނީ މަންމަގެ ވާހަކައަށް އިތުބާރުނުކުރާނެ ކަމަށެވެ. އެހެން ބުނުމުން ދިއަގޮތަށް ގުޅައިވެސް ނުލައި ހުރެފައި އައީ ގެއިން ނުކުތްތާ 26 ވަނަ ދުވަހުއެވެ. ބުނީ އެކަނި ކުލި ނުދެއްކޭނެކަމަށާއި އަޅުގަނޑުގެ އަތުންވެސް ބައެއް ބޭނުންވާ ކަމަށެވެ. އެއިރު އަޅުގަނޑު ހުރީ ވަރަށް ފޫހިވެފައެވެ. އެއީ ޚަބަރުވެސް ބަލާނުލައި އެހައިދުވަހު ހުރީތީއެވެ. އެހެންވެ ބުނީމެވެ. "ކައިވެނިކޮށްދިން މީހާ ޚުޠުބާގައި ކިޔާފައިވަނީ ތިއަހެންނަކުން ނޫނެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ފިރިމީހާގެ ކަމެއް ކަމަށެވެ. އެހެންވެ ތިއަ ގޮތަށް ތިއަކަން ކުރެވޭކަށް ނެތެވެ. ބޭނުމިއްޔާ ކަލެއަށް މިގޭގައި އުލެވިދާނެއެވެ. ކުލި ދައްކާކަށް ނުޖެހޭނެއެވެ. އަހުރެންގެ މައިންބަފައިންނަށް ނޯކިރީކޮށްދޭކަށްވެސް ނުޖެހޭނެއެވެ." 

އޭނާގެ ޖަވާބަކަށްވީ ވަރިކުރުމެވެ. އެކަމަކަށް ކަންބޮޑެއް ނުވަމެވެ. ސަބަބަކީ އެބާވަތުގެ މައިދައިތައަކާއިއެކު ދިރިއުޅެން މަސައްކަތްކޮށްގެން ރަނގަޅު ދިރިއުލުމެއް ނުލިބޭނެކަން ޔަޤިންކުރެވޭތީއެވެ. 

ދެވަނަ ކައިވެނިކުރީ އަހަރެއްހައިދުވަސްފަހުންނެވެ. އެކައިވެނީގައި މިހާރު 10 އަހަރުވެއްޖެއެވެ. ދިރިމިއުޅެނީ ފިރިމީހާގެ މަންމަވެސް ގޮވައިގެންނެވެ. ތަފާތަކީ މިހާރުގެ މައިދައިތައަކީ ތަްްވާވެރިއަކަށްވުމުން އަޅުގަނޑާއިމެދުގައިވެސް ދަރިއަކު ފަދައިން ދެކޭ ކަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް ފުއްޕާ މައިދައިންގެ އަތްދަށުނުވާށެވެ. އަޅަކަށްވެ އަބަދު ގުދަށް އޮތަސް ހެޔޮބަހެއް ނުބުނާނެއެވެ. ވީމާ ގައިގަ ވަރުހުއްޓާ ދެވަނަ މަގެއް ހޯދުމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ.

 

- ޝާކިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް