އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އދ. އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފަށައިފި

އދ. އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

އދ. އަތޮޅު ކައުންސިލުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓުކުރުމުގެ ޚިދުމަތް މިއަދު ވަނީ ފަށައިފައެވެ. މި ޚިދުމަތް ފެށުމާއެކު އދ. އަތޮޅުގެ ރައްޔިތުންނަށް އެ ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޚިދުމަތް އދ. އަތޮޅުގައި ފެށުމާއެކު އައިޑީ ކާޑު ހެއްދުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، އަވަސްވެގެންދާނެއެވެ. އަދި މިއީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ފަހިވެގެންދާނެ ކަމެއް ކަމުގައިވެސް އެ ފަރާތުން ފާހަގަކުރައްވައެވެ.

ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.

އައިޑީ ކާޑަކީ ރައްޔިތުންގެ އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ މުހިންމު ލިޔުމަކަށްވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އިތުރުން ދިވެހީން އާންމުކޮށް ގޮސް އުޅޭ ބޭރު ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު