އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު
ޢާންމު ދިރިއުޅުމުގައި ގިނަބަކަށް ކުރެވޭ އެންމެ ބޮޑު އެއްކުށަކީ ދިރިއުޅުމުގައި އެއްގޮތަކަށްވެސް އެމީހެއްގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ މީހުންގެ މަތިން ހަނދާން ނައްތައިލެވޭ ކަމެވެ. އެހެންވެ ބުނެލަން މިއުޅެނީ އެބައެއްގެ މަތިން ދުވަހަކުވެސް ހަނޑާން ަނއްތާލައިގެން ނުވާނެ 3 ބާވަތުގެ މީހުންނެވެ.
1 ފުރަތަމައީ ދަތިޙާލުގައި ތިބާ އާއި ވަކިނުވެ އެކުގައި ދެމިތިބި މީހުންނެވެ!
2 ދެވަނައީ ދަތިޙާލެއްގައި އުޅެން ޖެހުމުން ތިބާ ދޫކޮށްލާފައި ދިއަ މީހުންނެވެ.
3 ތިންވަނައީ ދަތިޙާލަތަކަށް ތިބާ ވައްޓައިލި މީހުންނެވެ.
މީގެ ތެރެއިން ފުރަތަމަ މިބުނި މީހުން، ދަތިޙާލުގައި ތިބާއާއި ވަކިނުވެ އެކުގައި ތިބި މީހުންގެ އަގު ވަޒަންނުކުރުމާއި އެމީހުންނާއި ވަކިވުމަކީ މީހަކަށް އަމިއްލައަށް ލިބިގަނެވޭނެ އެންމެ ބޮޑު ދެރައެވެ. ސަބަބަކީ އެފަދަ ދެން ކުރިމަތިވާނީ މާދަމާ ނޫންކަމެއްވެސް ނުއެނގޭނެތީއެވެ! ދަތިޙާލުގައި ތިބާ އާއި ވަކިނުވެ އެކުގައި ތިބި މީހުންނާ ނުވަތަ ހުރި މީހާޢާއި ވަކިވެއްޖެނަމަ ދެން އެފަދަ ޙާލަތެއް ކުރިމަތިވާ ދުވަހު ތިބާއާއިއެކުގައި ހުންނާނީ ކާކުހެއްޔެވެ؟
ދެން މިބުނި ދެބާވަތުގެ މީހުން، ދަތިޙާލެއްގައި އުޅެން ޖެހުމުން ތިބާ ދޫކޮށްލާފައި ދިއަ މީހުންނާއި ދަތިޙާލަތަކަށް ތިބާ ވައްޓައިލި މީހުންގެ މަތިން ހަނދާންކުރުން ހުއްޓާލައިފިނަމަ އެމީހުން ދެން ތިބާއާއި ބައްދަލުކުރާނީ ނުވަތަ އެކުގައި އުޅޭނީ ކުރިން ތިބާއަށް ކުރިމަތިލާންޖެހުނު ޙާލަތަށްވުރެ މާނުރައްކާތެރި ޙާލަތަކަށް ތިބާ ވައްޓައިލުމުގެ ބޭނުމުގައެވެ. މާބޮޑު ދެރައެއް ދިނުމުގެ ބޭނުމުގައެވެ.
އަހުރެމެންނަކީ މުސްލިމުންކަމަށްވުމުން މިދެބާވަތުގެ މީހުންނާއިވެސް ދީނުގައިވާ މިންވަރަށް ގުޅުން ބާއްވަންވާނެއެވެ. އެއީ ބައްދަލުވުމުން ސަލާމް ގޮވުމާއި ހިނިތުންވެލައި ވާހަކަދައްކައިލުމެވެ. އަދި ޢަދާވާތްތެރިކަން ނުބޭއްވުމެވެ. ކަމަކު އެދިއްޖެނަމަ ﷲ ތަޢާލާއަށްޓަކައި އެކަމެއް ވާން އޮތް މިނަވަރަކަށް ކޮށްދިނުމަކީ އެންމެ މަތީ ދަރަޖައެވެ. އެކަން ކުރެވޭނީ ތަޤްވާވެރިންނަށެވެ. އެއަށްވުރެ ބޮޑު ގުޅުމެއް މިދެބާވަތުގެ މީހުންނާއިއެކު ބާއްވަން ހެޔޮނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
15 ޖޫން 2025