އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު
އަޅުގަނޑަކީ ބަނޑަށް 8 މަހުގެ އަންހެނަކީމެވެ. އަޅުގަނޑުގެ ޙާލަތު ހުރިގޮތުން ފިރިމީހާއާއިއެކު ޖިމާޢުވާން ވަރަށް އުނދަގުލެވެ. އެކަން ކޮށްފިނަމަ ތަދުވެ ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވާތީއެވެ. މިޙާލަތުގައި ޢުޒުރުވެރިވުމަކީ ހުއްދަކަމެއްތޯ؟
ކިޔުންތެރިޔާއަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ
އަނބިމީހާ ބަލިވެ އިންނަ ދުވަސްވަރުގައި ޖިމާޢުވުމަކީ ހުއްދަކަމެކެވެ. ނަމަވެސް އެކަމުގެ ސަބަބުން އަނބިމީހާ އަށް ގެއްލުމެއްވާނަމަ ޙަރާމް ވާނެއެވެ. ގެއްލުން ނުވި ކަމުގައިވީނަމަވެސް، އެކަމުގެ ސަބަބުން އަނބިމީހާ އަށް އުނދަގޫވާނަމަ ރަނގަޅީ އެކަން ނުކުރުމެވެ.
ސަބަބަކީ އަނބިމީހާ އަށް އުނދަގޫވާ ކަންތައް ނުކޮށް ދޫކޮށްލުމަކީ އެކަނބަލުންނާއި އެކު ރީތިކޮށް އުޅުމުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ނިސާ ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ) މާނައަކީ: " އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!"
والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
6 ޖުލައި 2025