އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 59 ސިކުންތު
ރީތިވުމަށްޓަކައި ދަތް ހެދުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި ފިރިހެނުންގެ ފިރިހެނުންގެ ދަތްކޮށާ އެއްވަރުކުރުމަކީ ކޮންކަހަލަކަމެއް؟
- ޠަބީޢީ ގޮތުން ދަތް ހުންނަ ގޮތާއި ތަފާތުކޮށް ހުރެއްޖެނަމަ، ނުވަތަ ދަތެއް އުނިވެފައިވާތީ ދަތެއް ހަދައިފިނަމަ މައްސަލަ އެއް ނެތެވެ. ފިރިހެނުންގެ ދަތް ކޮށާ އެއްވަރު ކުރުމަކީ ހުއްދަ ކަމެކެވެ. އަދި އަންހެނުންގެ ދަތްވެސް ކޮށާ އެއްވަރު ކުރުމަކީ ހުއްދަ ކަމެކެވެ. والله أعلم
އިތުރު ސުވާލާ ޖަވާބު:
ފޮތް މައުރަޟަކުން ފޮތް ގަތުމުން ދިން ކޫޕަން ކޮޅުފޮށްޓައް ވައްޓާލައިގެން ގުރުއަތުން އިނާމެއް ދިމާވެއްޖެ ނަމަ އެއީ ހުއްދައެއްޗަކަށް ވާނެތަ؟ ފޮތް ގަތީ އަގުހެޔޮކޮށް ލިބޭތީ
މި ޙާލަތުގައި އޭނާ ގަތީ ކޫޕަނެއް ނޫނެވެ. ފޮތެވެ. ފޮތް ގަތުމުން ލިބުނު ކޫޕަނެކެވެ. އަނެއްކޮޅުން ފޮތް ގަތީކީ ކޫޕަން ހޯދުމުގެ ނިޔަތަކުވެސް ނޫނެވެ. އެހެންކަމުން މައްސަލަ އެއް ނެތެވެ. ނަމަވެސް ކޫޕަނުގެ ބޭނުމުގައި ފޮތް ގަންނަމަ ހުއްދަ އެއް ނުވާނެއެވެ.والله أعلم
ތިމަންންގެ އިޒްނަ ނުހޯދާ އެއްވެސްތާކަށް ގޮއްސިނަމަ ތީ ތިމައްނަގެ އަންބެއް ނޫނޭ ބުނެފައޮއްވާ ފިރިމާހާގެ އިޒްނަނެތި އަނބިމީހާ އެއްވެސް ތާކަށް ގޮއްސިނަމަ ވަރިވާނެތޭ؟
- މި ޙާލަތުގައި ވަރިވާނެއެވެ.والله أعلم
ޙައްޖަ ނުވަތަ އުމްރާއަށްދިޔުމަށް ތިމާއާއި ތިމާގެ އެއްބަޑުއެއްބަފާ ދައްތަގެ ފިރިމީހާއާއި އެކުދެވޭނެތޯއެވެ؟ މިހެން މިދެންނެވީ އެކަނި ޙައްޖަ ނުވަތަ އުމްރާއަށް ނުދެވޭތީއެވެ.
- އެއްބަޑު އެއްބަފާ ދައްތަގެ ފިރިމީހާ އަކީ މަޙްރަމެއް ނޫނެވެ. ވީމާ، އޭނާ އާއި އެކު ދަތުރު ކުރުން ހުއްދަވެގެންނެއް ނުވެއެވެ. والله أعلم
އަނބިމިހާގެ ހައިޟުގެ ދުވަސްވަރު ޖިމާޢުވުމަކީ ހަރާމްކަމަށް ވާތީ ފިރިމީހާއަށް އޭނާގެ ޝާޚުވަތްތެރިކަން ފުއްދުމަށް ފިރިމީހާއަށް އޭނާ ގެ އަތުން އަމިއްލައަށް އެދުން ފުއްދިދާނެތޯއެވެ.
- ފިރިމީހާ އަށް އޭނާގެ އަމިއްލަ އަތުން އެދުން ފުއްދުން ހުއްދަވެގެންނެއް ނުވެއެވެ. ނަމަވެސް އަނބިމީހާގެ އަތުން ފިރިމީހާގެ އެދުން ފުއްދައި ދެވިދާނެއެވެ. والله أعلم
މައިންބަފައިންނަށް ހެޔޮދުޢާކުރުމަށްޓަކައި ކުރާނެ ރަނގަޅުދުޢާއެއް ބުނެދީފާނަންތޯ؟
(رب ارحمهما كما ربياني صغيرا) މީގެ އިތުރުންވެސް އެމީހަކު ބޭނުން ދުޢާ އެއް ބޭނުން ބަހަކުން ކުރެވިދާނެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
6 ޖުލައި 2025