އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރާ ދުޢާ މިހާރުވެސް ﷲ ތަޢާލާ ވަޤުތުން ޢިޖާބަކުރައްވަވާކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

ކުރާ ދުޢާ މިހާރުވެސް ﷲ ތަޢާލާ ވަޤުތުން ޢިޖާބަކުރައްވަވާކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

"އެއީ ދެބެއިން އެކުގައި ބާޒާރަށް ދިއަ ދުވަހެކެވެ. ބޭބެއަކީ ވަރަށް ފަސޭހައިން ހަނދާންނެތޭ މީހެކެވެ. އެހެންވެ ކޭޝްކާޑު ޢާންކޮށް ގެންގުޅޭނީ ފޯނުކަވަރުގެ ޕޮކެޓެއްގައެވެ. އެކަމަކު އެދުވަހު ޛީބަށް ލައިގެން ގެންގުޅެން ފެށީމާވެސް ގެއްލިދާނެކަމަށާއި ފަރުވާތެރިވުމަށް ބުނީމެވެ.  

ކޮންމެއަކަސް އެނބުރި ގެއަށް އައިސް ބެލިއިރު ކޭޝްކާޑެއް ނެތެވެ. ބޭބެ ހީކުރީ އަހުރެން ފޮރުވީކަމަށެވެ. ނަމަވެސް ނުފޮރުވާކަމަށް ބުނުމުން ކާޑު ގެއްލުނީކަން ޤަބޫލުކޮށް ފެނޭތޯ ނުކުތީމެވެ. ވަރުބަލިވަންދެން ހިނގިރިއިރުވެސް ނުފެނުމުން ބޭނެ ނިންމީ ބޭންކަށް ގުޅައި ކާޑު ކެންސަލުކުރާށެވެ.  

އެނބުރި ގެއަށް އަންނަމުން އަހުރެން ދުޢާއެއް ކުރީމެވެ. ކާޑު ނުގެއްލި އަނބުރާ ލިބުން އެދިގތެންނެވެ. ކުރި ދުޢާއަކީ إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ އެވެ.  

އެނބުރި ގެއަށް އައިސް ވަންނަން މައިދޮރާށި ގުޅުވާފައި ހިނގައިގަތްތަނާ ކާޑު ފެނުނެވެ. ކާޑު އޮތީ ގޯތިތެރެއަށް ވެއްޓިފައެވެ. އަހުރެމެން ދެބެއިންވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވެ ޙަމްދުކުރީމެވެ."  

މިޙާދިސާއަށް ބަލާށެވެ! އެދެބެއިން ކާޑު ހޯދަން ގެއިން ނުކުންނާނީވެސް ގޯތިތެރެބަލަމުންނެވެ. އެކަމަކު އެއިރު ނުފެނުނީއެވެ. ދުޢާކުރުމަށްފަހު އެނބުރި އައިސް ވަންތަނުން އެއޮތީ ފެނިފައެވެ.  

ލިބިގަންނަން ޖެހޭ ފިލާވަޅަކީ މިފަދަ ޙާލަތެއް ކުރިމަތިވިޔަސް ފުރަތަމަ ކަމަކަށްވެސް ދުޢާކުރުމުގެ މުހިންމު ކަމެވެ. ދުޢާކުރަންވީ ހޯދަން ހިނގަހިނގައި ނުފެނުމަކުން ނޫނެވެ. ހޯދަން މަސައްކަތް ފަށަމުންނެވެ. އަދި ކޮންމެ ކަމަކަށް ބޭނުންވިޔަސް ފުރަތަމަ ކަމަކަށް ދުޢާކުރާށެވެ! އެކަމެއް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް