އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތެދުވެރި އެކަކު ވެސް ނެތް ކަމަށް ބުނާއިރު ތިމާގެ ހައިޞިއްޔަތު ކޮބާ؟

ތެދުވެރި އެކަކު ވެސް ނެތް ކަމަށް ބުނާއިރު ތިމާގެ ހައިޞިއްޔަތު ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

މި ދިވެހިރާއްޖޭގައި ތެދުވެރި އެކަކު ވެސް ނެތް ކަމަށް ބުނުމަކީ މިހާރަކަށް އައިސް ވަރަށް ބައަކު ކުރާ ކަމެކެވެ. އުފެދޭ ސުވާލަކީ މިގޮތަށް ބުނާއިރު ބުނާ މީހާގެ ހައިޞިއްޔަތު ކޮބައިތޯއެވެ؟ އަމިއްލަފުޅަށްވެސް ތިމާއަކީ ތެދުވެރިއެއް ނޫން ކަމަށް ޤަބޫލުފުޅު ކުރައްވަނީތޯއެވެ؟ ތެދުވެރިވުމަށް މާތް ﷲ އަންގަވާފައި ވަނީ ވަކި މީހަކަށް ނުވަތަ ވަކި ބައަކަށް ނޫނެވެ. އެންމެންނަށެވެ.

ޤައުމުގެ ވެރިންފަދައިން ޤައުމުގު ހުރިހާ ރައްޔިތުންނަށެވެ. އެންމެހައި މުސްލިމުންނަށެވެ. ދުނިޔޭގެ އެންމެންނަށެވެ. ތިމާއަކީ ތެދުވެރިއެއް ކަމަށްވެ ތިމާގެ އަނބިދަރިންނަކީ ތެދުވެރި ބައަކަށް ހަދަން މަސައްކަތް ކުރުމަކީ އެންމެންގެ މައްޗަށް އޮތް ޒިންމާއެކެވެ.

އެ ޒިންމާއިން ބަރީޢަ ވެވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ތިމާ އާއި ތިމާގެ ބެލެނިވެރިކަމުގެ ދަށުގަތިބި މީހުންނަކީ ތެދުވެރިން ކަމުގައި ހެދިއްޖެނަމަ ހަމަ ގައިމުވެސް އެބައަކު ވާނީ ތެދުވެރިން ކަމުގައެވެ. ތެދުވެރިވުމަކީ ހަމައެކަނި ވަޒީފާގައި ޔެދުވެރިވުމެއްވެސް ނޫނެވެ. ހަވާލުކުރެވޭ ފައިސާ އާއި އަމާނާތަށް ތެދުވެރިވުމެއްވެސް ނޫނެވެ. ތެދުވެރިކަމުގެ މާނަ އެއަށްވުރެ މާ ފުޅަލެވެ. ނުވަތަ މާ ބޮޑެވެ.

ތެދުވެރިވުމުގެ ތެރޭގައި ތިމާގެ އަނބިދަރިންނަށާއި މައިން ބަފައިންނަށް ތެދުވެރިވުން ވެސް ހިމެނެއެވެ. ވަފާތެރިވެ އޯގާށތެރިވުންވެސް ހިމެނެއެވެ. އަދާކުރަންޖެހޭ ވާޖިބުތައްވެސް ހިމެނެއެވެ. އަދާކުރަންޖެހޭ ފަރުދީ ޒިންމާތައްވެސް ހިމެނެއެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް ތެދުވެރިވުންވެސް ހިމެނެއެވެ. ފަރުޟު 5 ނަމާދު ކުރުމާއި އެހެންވެސް ފަރުޟުތައް އަދާކުރުން ހިމެނެއެވެ.

މާތް ﷲ ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުންވެސް ހިމެނެއެވެ. ދިވެހި މުޖުތަމައުއަށް ބަލައިފިނަމަ ފަރުދީ ޒިންމާތަކުގައި ތެދުވެރިވުން އޮތް ހިސާބު ކޮންމެ މީހަކުވެސް އެމީހާގެ އަމިއްލަ ނަފުސާއިމެދު ވިސްނައިލުމުން އެނގޭނެއެވެ. ވީމާ މުޖުތަމައުގެ މަތިން ވިސްނުމުގެ ކުރިން ތިމާގެ އަމިއްލަ ނަފުސުގެ މަތިން ވިސްނައިލުން ބުއްދިވެރިއެވެ. ފަރުދީ ޒިންމާތަކުގައި ތެދުވެރި ނުވުމުން ދޭނެ އަދަބެއް ޤާނޫނު އަސާސީގައި ނެތިދާނެއެވެ. ނަމަވެސް އިލާހީ ޤާނޫނުގައި ވަރަށް ސާފުކޮށް ވަނީ ބަޔާން ކުރައްވަވައިފައެވެ.

އެ ޤާނޫނުގެ ދަށުން ކުށްވެރިވެއްޖެނަމަ އަދަބު ނުލިބޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެ ޤާނޫނުގެދަށުން ލިބޭ އަދަބުވެސް އިންތިހާއަށް ބޮޑުވާނެކަން އެއީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ. ތެދުވެރިވުމަށް ދީނީ ޢިލްމުވެރިން އެ ގޮވާލައްވަނީ މިފަދަ ސަބަބުތައް ހުރުމުންނެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި މުޖުތަމައުގެ ކަންތައްތަކާއި ހަވާލުވެގެން ތިބޭ ބައެއްގެ ޒިންމާ ބޮޑުވާނެއެވެ. ނަމަވެސް އެއިގެ މާނައަކީ ފަރުދީ ޒިންމާ ކުޑަވުމެއް ނޫނެވެ. މުޖުތަމައުގެ ޒިންމާއެއް ޙަވާލުވެގެންވެސް ތެދުވެރިކަމާއިއެކު މަސްއޫލިައްޔަތު އަދާ ކުރެވޭނީ ފަރުދީ ޒިންމާވެސް ތެދުވެރިކަމާއިއެކު އަދާކުރާ މީހަކަށެވެ. ފަޟީލަތުއްޝައިޚް އިލްޔާސް ހުސައިންގެ ޚުޠުބާ ތެދުވެރިކަމަށް އަމާޒުކުރެއްވެވީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް