އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ ޙުކުމްފުޅުތަކަށް ފުރައްސާރަ ކުރުމަކީ ދީނުން ބޭރުވެދާފަދަ ކަމެއް: ޝައިޚް އަނީލް

ﷲ ގެ ޙުކުމްފުޅުތަކަށް ފުރައްސާރަ ކުރުމަކީ ދީނުން ބޭރުވެދާފަދަ ކަމެއް: ޝައިޚް އަނީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ފުރައްސާރަ ކުރުމަކީ ދީނުން ބޭރުވެދާފަދަ ކަމެއް ކަމަށް ޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ޝައިޚް އަނީލް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ޒިނޭކުރި އަންހެނަކު ރަޖަމް ކުރަން ޙުކުމް ކުރުމުން ޙުކުމް ކުރެއްވި ފަނޑިޔާރަށް ނިޞްބަތްކޮށް ބައެއް މީހުން ފާޑުކިޔަމުން ގެންދާ ވަގުތެއްގައެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިހާރު ވަނީ އެ ޙުކުމް ބާޠިލުކޮށްފައެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ މީސްތަކުންގެ މައްޗަށް ޙުކުމް އިއްވަވާނީ ނުވަތަ ޢުޤޫބާތް ދެއްވަވާނީ ކީރިތި ޤްރްއާނުގެ މައްޗަށް ކަމަށެވެ. ރާއްޖޭގައި ހަދައި އަމަލުކުރާ ޤާނޫނުތަކުގެ މައްޗަށް ނޫން ކަމަށެވެ. 

މަދު މީހަކު ޙުކުމް ކުރެއްވި ފަނޑިޔާރަށް ފާޑުކީ ނަމަވެސް ގިނަ ބައަކު ގެންދަނީ ޤްރްއާނުގައިވާ ގޮތަށް ޙުކުމް ކުރުމުން ފަނޑިޔާރަށް ތަޢްރީފްކުރަމުންނެވެ. އަދި ﷲ ތަޢާލާ ކަނޑައަޅުއްވަވައިފައިވާ ހައްދުތައް ރާއްޖޭގައި ތަންފީޒުކުރަން ފެށުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެކަމަށް ހުރަސް އެޅޭ ގޮތަށް ހުރި ޤާނޫނުތައް އުވާލުމަށާއި ޕީޖީ އިން ކުރާ ދަޢްވާތައްވެސް ﷲ ތަޢާލާގެ ހައްދުތައް ޤާއިމު ކުރަން ހުރަސް ނުއެޅޭނެ ގޮތަށް ކުރުމަށްވެސް ގޮވާލަމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް