އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރީތި ބީޗު ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ

ރީތި ބީޗު ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ބ. އަތޮޅުގައި ހިންގާ ރީތި ބީޗު ރިސޯޓުގެ އިންޖީނުގޭގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. 

މިހާދިސާއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ ރީތި ބީޗު ރިސޯޓުގެ އިންޖީނުގެއާއި ވޯކްޝޮޕެއްގައި އަލިފާން ރޯވެފައިވާ ކަމަށާއި އެއަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ސިފައިން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހެނދުނު 11:00 ގައެވެ. 

ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ. 

އެެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، އެހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ރީތި ބީޗް ރިސޯޓުގެ ވަޑާންގޭގެ ގުދަނުގައެވެ. އަދި އަލިފާންގަނޑު ފެތުރިގެން ގޮސް އިމާރާތުގައި ހުރި ފެން ޕްލާންޓެއްގައި ވެސް އަލިފާން ރޯވި ކަމަށާއި އަލިފާންގަނޑުގެ ހޫނުގެ ސަބަބުން އިންޖީނުގޭގެ ސީލިންގަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށް ސީލިންގ ހަލާކުވި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ