އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާގެ އެކްސްޓާނަަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގެންފި

އިންޑިއާގެ އެކްސްޓާނަަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގެންފިއެވެ.

އެކަމަނާ މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކަމަނާއަށް މަރުހަބާ ދަންނަވާފައިވަނީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ.   

އަދި ރާއްޖޭން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާއިޝަތު މުހައްމަދު ދީދީ އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދިރު ވެސް އެއާޕޯޓުން ސުޝްމާ އަށް މަރުހަބާ ދެންނެވި އެވެ.

ސުޝްމާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި ދެގައުމުގެ ދެމެދުގައި މިހާރު އެކުލަވާލެވިފައިވާ އެއްބަސްވުންތަކާއި އަދި ކުރިއަށް އޮތްތަނުގައި އެކުލަވައިލާނެ އެއްބަސްވުންތަކާބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާނެއެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު