އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖުބޫރުވެގެން ކަމަށް ބުނެ ނަމަވެސް ޙަރާމްތަކެތި ބޭނުންކުރާނަމަ ދިއުން ކައިރީ ނަރަކައަށް!: ޝައިޚް އިލްޔާސް

މަޖުބޫރުވެގެން ކަމަށް ބުނެ ނަމަވެސް ޙަރާމްތަކެތި ބޭނުންކުރާނަމަ ދިއުން ކައިރީ ނަރަކައަށް!: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

މަޖުބޫރުވެގެން ކަމަށް ބުނެ ޙަރާމްތަކެތި ބޭނުންކުރާނަމަ ދިއުން ކައިރީ ނަރަކައަށް ކަމަށް ވިދާޅުވެ ޙަލާލް ތަކެތި ނޫނީ ބޭނުން ނުކުރުމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އިލްތިމާސް ކުރައްވައިފިއެވެ. 

މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައްޒަމްގައި އިމާމްވެ ހުކުރުކުރައްވަމުން ވިދާޅުވި އަމިއްލަފުޅު ޚުޠުބާގައި ޝައިޚް އިލްޔާސް ވިދާޅުވީ ޙަރާމް ތަކެތި ކައި ބޮއި ބޭނުންކޮށް ހަދާނަމަ އެމީހަކު ކިތަންމެ ގިނަ އަޅުކަމެއް ކުރި ނަމަވެސް އެކަމުގެ ހެޔޮކަމުން އެމީހަކު ދާނީ މަހްރޫމްވެގެން ކަމަށެވެ. އެފަދަ މީހުންގެ ދުޢާ އިޖާބަ ނުކުރައްވަވާނެ ކަމަށެވެ. 

ޝައިޚް އިލްޔާސް ވިދާޅުވީ ލިބޭ އާމްދަނީ މަދުވުން ފަދަ ބައެއް ދަތިތައް ﷲ ތަޢާލާ މިންވަރު ކުރައްވަވަނީ މީސްތަކުން އިމްތިހާން ކުރެއްވެވުމަށް ކަމަށެވެ. އަދި ލިބޭ އާމްދަނި މަދުވުމުން އިތުރު ޢާމްދަނީ ލިބޭނެ މަގުތައް ޝައިޠާނާ މީސްތަކުންނަށް ދައްކާނެ ކަމަށެވެ. 

"ބައެއް ކަންކަން ޙަލާލް ކުރައްވަވާފަ ބައެއް ކަންކަން ޙަރާމް ކުރެއްވެވީ ޙަރާމްކުރެއްވެވި ކަންކަން ކުރުމުން އެމީހަކު އިސްލާމް ދީނާއި ދުރަށް ގެންދާނެ ކަންކަން ކަމުގައިވާތީ. މިއަދު ހަނދާން ކުރަންޖެހޭނެ ކަމެއް ރިޝްވަތު ދިނުމަކީ ވެސް ހިފުމަކީވެސް އެފަދަ މުޢާމަލާތެއް ކުރުމަކީވެސް ޙަރާމަކަމެއްކަން. ރިޝަވަތުގެ ނަން ހަދިޔާއަށް، ގިފްޓަށް ބަދަލުކުރެވިދާނެ. ކޮންމެ ނަމަކަށް ބަދަލުކުރި ނަމަވެސް ރިޝްވަތު ހަރާމް. ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބޭނީ ރިޝްވަތުން ދުރުވެގެން. ރިޝްވަތު ހިފުމާއި ދިނުން އަދި މުޢާމަލާތުކުރުމަކީ ﷲ ލައްނަތް ލައްވަވާފައިވާ ކަންކަން. މާނައަކީ އެމީހަކު އެވަނީ ﷲގެ ރަހްމަތްފުޅުން މަޙްރޫމްވެގެންނޭ." 

ރިޝްވަތަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ޝައިޚް އިލްޔާސް ވިދާޅުވީ "ރިޝްވަތަކީ ކަމަކަށް ކުރިމަތިލައިގެންހުރެ އެކަމަށް ވާސިލުވުމަށްޓަކައި އެމީހަކު ކުރާ ހޭދަ" ކަމަށެވެ. "ޙަރާމްތަކެތި ކައިގެން ހެދޭ ހަށިގަނޑެއް ދުވަހަކުވެސް ސުވަރުގެއަކަށް ނުވަންނާނެ- ޢައުލާކަން ބޮޑީ ނަރަކައަށް! މިއީ އަޅުގަނޑުގެ ބަހެއް ނޫން! ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅު." 

ޝައިޚް އިލްޔާސް ވިދާޅުވީ ދަތިހާލަތެއް ކުރިމަތިވި ނަމަވެސް އަމަލުކުރަން ޖެހޭނީ އިސްލާމީ އިންތަކާއި މިންގަނޑުގެ ތެރެއިން ކަމަށެވެ. އަދި އެ އިންތަކާއި މިންގަނޑު ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތްކަމަށެވެ. "ކޮންމެ މީހަކުވެސް ދުނިޔެއަށް އަންނަނީ ކަނޑައެޅިފައިވާ ރިޒްޤާއިއެކު. އެއްވެސް މީހަކަށް ކަނޑައެޅިފައިވާ ރިޒްޤެއް އެހެން މީހަކަށް ނުލިބޭނެ. އަދި އެމީހަކަށް ކަނޑައެލިފައިވާ ރިޒްޤް ހަމައަށް ނުލިބި މަރެއްވެސް ނުވާނެ. ރިޒްޤް ހޯދަން މަސައްކަތްކުރަން ޖެހޭނީ ޙަލާލް ގޮތުގަ." 

ޝައިޚް އިލްޔާސް ވިދާޅުވީ އަތްމަތި ދަތިވުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ، އެއީ ކުރިމަތި ކުރެއްވެވި އިމްތިޙާނެއްކަމަށް ބަލައި ތަޤްވާވެރިކަން އިތުރުކުރުމާއިއެކު  ދުޢާކުރުން އިތުރުކޮށް ޙަލާލު ގޮތުގައި އާމްދަނީ އިތުރުކުރަން މަސައްކަތް ކުރުމުން އިތުރުކޮށް ދެއްވަވާނެކަން އެއީ ޔަޤީންކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މުސްލިމުންނަކީ އެގޮތަށް އަމަލުކުރަން ޖެހޭ ބައެއް ކަމަށެވެ. 

ޝައިޚް އިލްޔާސް ގެންދަވަނީ ރިބާ ހިމެނޭ ލޯނާއި ރިޝްވަތުން ލިބޭ ފައިސާއާއި ތަކެއްޗަކީ ޙަރާމް ތަކެތި ކަމަށް ވިދާޅުވެ އެކަންކަމާއި ދުރުހެލިވުމަށް އިލްތިމާސް ކުރައްވަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް