އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހަން ގެނައި ޒުވާނާ މާމައާއެކު ފަހަނިކޮށް އަތުލައިގަތުމުން ގެއިން ނުކުންނަން އެންގީ ކާފައަށް!

ފަހަން ގެނައި ޒުވާނާ މާމައާއެކު ފަހަނިކޮށް އަތުލައިގަތުމުން ގެއިން ނުކުންނަން އެންގީ ކާފައަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

ކާފަގެ އުމުރަކީ 62 އަހަރެވެ. މާމަގެ އުމުރަކީ 60 އަހަރެވެ. މާލެ ސިޓީގެ އަވަށެއްގައި ދެމަފިރިން، ދަރިންނާއިއެކު ދިރިއުޅެނީ މާމައަށް ލިބިފައިވާ ބިމެއްގައި ކާފަ ވަޒީފާއަދާކޮށްގެން ހޯދި އާމްދަނީ އާއި ކާފަ ވަޒީފާ އަދާކުރާ މުއައްސަސާއިން ނެގި ލޯނެއްގެ ވެސް އެހީތެރިކަމާއިއެކު އަޅާފައިވާ ގެއެއްގައެވެ. 

ގޭގައި ފަހާ ތަނެއް ހަދަން މާމަ އާއި ކާފަ ނިންމީ މުސްކުޅިވި ދުވަހު އިތުރު އާންމުދަނީ އެއް ހޯދައިގެން އުފަލުގައި ދިރިއުޅުމަށެވެ. ކާފަވެސް ރިޓަޔަރކުރަން ކައިރިވެފައިވާތީ ރިޓަޔަރކުރުމަށްފަހު ދަރިންނަށް އުނދަގޫ ނުޖައްސައި ދިރިއުޅުމުގެ ކަންކަން ކުރުމަށެވެ. 

ދެމަފިރިން އެއްބަސްވެފައި ގޭގައި ފަހާތަނެއް ހުޅުވައި ފަހާނެ ޒުވާނަކު ބަންގާޅުން ގެނައެވެ. ފަހާތަނުގެ ވިޔަފާރި ރަނގަޅުވެ ކުރިއަރަމުން ދިއަ ވަރަކަށް ފަހަން ބޭނުންވާ ސާމާނު ގަތުމަށް މާމަ އާއި ފަހާ ބަންގާޅު ޒުވާނާ މާލެއައުން ގިނަވާން ފެށިއެވެ. ބައެއް ރޭރޭ 8 ޖަހާއިރު އަންނަގޮތަށް 12 ޖަހަންދެން ވެސް އެއްޗެތި ގަތުމުގައި އުޅޭ ކަމަށްވެއެވެ. 

މިދުވަސްވަރު ފައްސަންދާ ބައެއް މީހުންނާއި އަވަށްޓެރިންވެސް ދިއައީ މާމަ އާއި ފަހާ ޒުވާނާ އިތުރު ފެހުމެއް ފަހާ ކަމަށް ޝައްކުކުރަމުންނެވެ. ގާތް ބައެއް މީހުން މިކަމުގެ ވާހަކަތައް ކާފަ ގާތު ދެއްކި ނަމަވެސް ކާފަ މާބޮޑު ސަމާލުކަމެއް ދޭކަމެއް އެމީހުންނަކަށް ނުއަންގައެވެ. 

ކާފަ އެއްރޭ ގެއަށް ދިއައީ 12 ޖަހާ އެހައިކަންހާއިރު އެވެ. ގެއަށް ދިއުމުން ތިއައީ މިރެއަށް ޑިޔުޓީ ނިމިގެންތޯ މާމަ ސުވާލުކުރުމުން ކާފަ ބުނީ 1 ޖަހާއިރު އަދި ދާން ޖެހޭ ކަމަށެވެ. އަދި 1 ޖަހާއިރު ޑިޔުޓީއަށް ދާން ގެއިން ނުކުތެވެ. ނަމަވެސް ޑިޔުޓީއަށް ނުގޮސް ގަޑިއެއްހާއިރު ގެއިން ބޭރުގައި އުޅުމަށްފަހު ގެއަށް ގޮސް ކޮޓަރި ހުޅުވައިގެން ވަންއިރު މާމަ އާއި ފަހާ ޒުވާނާ އެނދުމަތީގައި ފަހަނީއެވެ. 

އެކަމަކުން މާމައަކަށް އެއްވެސް ހާސްކަމެއް ނުލިބެއެވެ. ހަމަޖެހިލާފައި މާމަ ބުނީ ދެން މިފެހުން ހުއްޓައިލެވެން ނެތް ކަމަށާއި ނުރުހޭނަމަ ކާފަ ގެއިން ނުކުތުމެގެން ދިއުމަށެވެ. ގެއަޅާފައިހުރީ ކާފަ ހޯދި ފައިސާއިން ނަމަވެސް ގޯއްޗަކީ މާމައަށް ލިބިފައިވާ ގޯއްޗެއްކަމުން ކާފަގެ ބަސް ހުއްޓުނެވެ. ގެއަކީ މާމަގެ ގޯތީގައި މާމައަށް ރަޖިސްޓްރީކޮށްފައިވާ ގެއަކަށްވާތީއެވެ. 

ކާފައަށް މިހާރު އޮތީ އުމުރު ދުވަހު ކުރި މަސައްކަތް ދޫކޮށްލާފައި އަދި ދަރިންކޮޅުވެސް ދޫކޮށްލާފައި ގެއިން ނުކުމެގެން ދިއުމެވެ. ނޫނީ ދައްޔޫސަކަށްވެގެން ހުރުމެވެ. ފަހަން ގެނައި ޒުވާނާ އަނބުރައި ފޮނުވައިލެވޭނެ ގޮތެއް އޮތް ކަމަކަށްވެސް ނުވެއެވެ. ފަހާތަން މާމަގެ ނަމުގައި ރަޖިސްޓްރީކޮށްފައި ހުރުމުން ވޯކްޕަރމިޓް ހަދާފައިވަނީ މާމަގެ ނަމުގައި ކަމަށްވާތީއެވެ. 

(މިއީ މިއަދުނޫހަށް އިތުބާރުކުރެވޭ ކިޔުންތެރިއަކު ފޮނުވި މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.)

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް